ސޮނެވާ ޖާނީ: އިންސްޓަގްރާމުގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ހޮސްޕިޓާލިޓީ ބްރޭންޑަކީ ސޮނެވާ--
14 ޑިސެމްބަރ 2021 - 16:59
ދުނިޔޭގެ ހޮސްޕިޓަލިޓީ ބްރޭންޑުތަކުގެ ތެރެއިން އިންސްޓަގްރާމުގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބްރޭންޑަށް ސޮނެވާ ވެއްޖެ އެވެ.
އިންސްޓަގްރާަމުގައި މިހާތަނަށް "އެކްސްޕީރިއެންސް ސޮނެވާ" އަށް ވަނީ އެއް މިލިއަން ފޮލޯވަރުން ލިބިފަ އެވެ.
މިހާތަނަށް އެންމެ ގިނަ ފޮލޯވަރުން ތިބި ހޮސްޕިޓަލިޓީ ބްރޭންޑަކީ ފޯ ސީޒަންސް ހޮޓެލްސް އެންޑް ރިސޯޓްސް އެވެ. އެއީ 1.1 މިލިއަން ފޮލޯވަރުންނެވެ.
I'm delighted to announce that we've reach 1 million followers on Instagram, making @DiscoverSoneva one of the most followed hospitality brands on the platform.
— Sonu Shivdasani (@SonuShivdasani) December 14, 2021
އެއް މިލިއަން ފޮލޯވަރުން ހަމަވުމުން ސޮނެވާގެ ވެރިޔާ ސޯނޫ ކުރެއްވި ޓްވީޓް--
ސޮނެވާގެ ފޮލޯވަރުން ޓޫރިޒަމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތަކަށް ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލް އާއި ހިލްޓަން ގްރޫޕާއި އިންޓަ ކޮންޓިނެންޓަލް އާއި ކޮންރަޑާއި ފެއާމޮންޓް އާއި ރިޒް ކާލްޓަން އަށްވުރެ ވެސް ގިނަ އެވެ. މީގެ ތެރެއިން ގިނަ ބްރޭންޑުތަކުގެ ފޮލޯވަރުންގެ އަދަދު 500،000އަށް ވެސް ނާރަ އެވެ.
ސޮނެވާއިން ރާއްޖޭގައި ދެ ރިސޯޓު ހިންގަ އެވެ. އެއީ ސޮނެވާ ޖާނީ އާއި ސޮނެވާފުއްޓެވެ. މީގެ އިތުރުން ސޮނެވާ އެކުއާގެ ނަމުގައި އެ ރިސޯޓުގެ ޔޮޓެއް ވެސް ރާއްޖޭގައި އޮޕަރޭޓް ކުރެ އެވެ.
ރާއްޖޭގެ އިތުރުން އެ ބްރޭންޑުގެ ދަށުން ސޮނެވާ ކިރީގެ ނަމުގައި ތައިލެންޑުގައި ވެސް ރިސޯޓެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy