މާފުށި ކައިރީގައި ހެދި ޕިކްނިކް އައިލެންޑް ހިއްކާ ނިންމާފައި. އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން--ފޮޓޯ:އެމްޓީސީސީ
19 ޑިސެމްބަރ 2021 - 16:01
ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފަ އެވެ.
މި މަޝްރޫއު ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަށް 10.8 މިލިއަން ރުފިޔާގެ ހޭދަވާނެ އެވެ.
މާފުށި ކައިރީ ޕިކްނިކް އައިލެންޑެއް ހަދާއިރު މާފުއްޓަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާފުއްޓާ ކައިރިން ވަކި ރަށެއްގެ ގޮތުގައި 25 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމައިފަ އެވެ.
މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި އޮތް ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަސްޓު
19 December 2021
ބިރަކާއި ނުލައި ޕާރޓީކުރަން މާފުށި ކައިރިން ބިންކޮޅެއް ހިއްކާލީއޭ ބުނޭ.. މާފުށީ ގިނަ ރައްޔިތުންނަށް ތިޔަތަނުން ފައިދާއެއް ނުކުރާނެ. ދެންވެސް ޑޮލަރުތައް ވަންނާނީ މުއްސަދިންގެ ޖީބަށް.
އެމްސް
19 December 2021
ކޮންމެ ސަރުކާރަކުންވެސް ބިން ހިއްކަނީ، ހިކި ބިން ރާއްޖޭގަ ނެތިގެން ބާ؟
ޢަލަމާ
19 December 2021
ބޭނުންވަނީ ޖީބަށް އެއްޗެއް