ރިޕޯޓް / ރާއްޖެ-އިންޑިއާ

އިންޑިއާ ފަސްޓުން އިންޑިއާ އައުޓަށް: މުޅި އިންޑިއާ ގޯސްވީ ކީއްވެ؟

"މައްސަލައަކީ އެހެން ގައުމުތަކެއް ނޫން. މި ގައުމު ހިންގަން ތިބި މީހުން. އެ މީހުންގެ ނާގާބިލް ކަން. މި ސަރުކާރުން އިންޑިއާ އަށް ބަރޯސާވޭ. ޔާމީން ބަރޯސާވީ ޗައިނާ އަށް. ހަމަ އެއްތާކު މި ޖެހެނީ."

އިންޑިއާ އައުޓް ކެމްޕޭންގައި ކުރީގެ ރައީސް ޔާމީން -- ފޮޓޯ: ޕީޕީއެމް

20 ޑިސެމްބަރ 2021 - 11:42

66 comments

އޮކްޓޯބަރު 2015ގެ ތެރޭގައި އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރަށް ފަހު އެ ގައުމުގެ ސަރުކާރުން އާންމު ކުރި ނޫސް ބަޔާނުގައި ވެ އެވެ؛

"ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފަސްޓް ޕޮލިސީ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވާތީ އުފާކުރަމެވެ."

ޗައިނާ އާ ގުޅުން ބަދަހި ކުރުމުގެ ކުރިން، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު އޭރު ހުރީ އިންޑިއާ ފަސްޓް ޕޮލިސީ އަށެވެ. ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން އޭރު އިދިކޮޅުން ދެއްކި ހުރިހާ ވާހަކަތަކަކަށް އޭރުގެ ވަޒީރުން ވެސް ދެއްވި ރައްދަކީ ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް ޕޮލިސީ" އެވެ.

އެކަމަކު މައިދާން އެނބުރި، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޔާމީން މަގުމައްޗަށް ނުކުމެވަޑައިގެންނެވި އިރު، އެމަނިކުފާނު ތުރުކުރައްވައިގެން ހުންނަވާ ޓީޝާޓުގައި ބޮޑު އަކުރުން މިހާރު ޖަހާފައި އޮންނަނީ "އިންޑިއާ އައުޓް" އެވެ. މިއީ ވޭތުވެދިޔަ ދެތިން ދުވަހަކު އެންމެ ގަދައަށް ބަހުސް ކުރި އެއް މައްސަލަ އެވެ. އަދި މިވަރުގެ ކަމެއް 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރަށް ހުންނެވި ސިޔާސީ ލީޑަރަކު ކުރައްވަން ހެޔޮވާނެތޯ، މިއީ ވެސް އާންމު ސުވާލެކެވެ.

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ-- މިހާރު ފައިލް ފޮޓޯ

އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމެވެ. އެކަމަކު މި ސަރުކާރުން ދައްކަން ބޭނުންވި ވާހަކައެއް ވެސް ނޫނެވެ. އިންޑިއާގެ އެއްބަސްވުންތަކުގައި ޝަރުތުކޮށްފައި އޮތް ގޮތަށް އެކަން ފޮރުވައިގެން ތިބެ، "ޓެކްނިކަލް މީހުން" ނޫން ބައެއް ނެތޭ އެތައް ފަހަރަކު މީޑިއާ ކުރިމަތީގައި ވެސް މި ސަރުކާރުން ބުންޏެވެ. ފަހު ގަޑީގައި މަޖިލީހަށް ވައްދައި، މައްސަލަ ހޫނު ކޮށްލުމުން 70 އަށް ވުރެ ގިނަ ސިފައިން ރާއްޖޭގައި ތިބި ކަމަށް ޑިފެންސް މިނިސްޓްރީ އާއި ދިވެހި އަސްކަރިއްޔާ އިން އެއްބަސްވި އެވެ.

މިކަމަކީ ޔާމީން އާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަކި އެއްޗެއް ނުބުނެ، ވަކި ސްޓޭންޑެއް ނެގުމުގެ މާ ކުރިން ވެސް އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ. މި މައްސަލައިގައި އާންމުން ދޭތެރެއަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ.

މިހާރު އިންޑިއާ އައުޓް ލޯގޯ ޖެހި ބަޔާންތަކާއި ޕާޓީގެ ހަރަކާތްތަކުގައި އެ ސްލޯގަންގެ ޓީޝާޓުތައް ބޭނުންކޮށް އިންޑިއާ އައުޓް ހަރަކާތްތައް ފުޅާ ކުރި ނަމަވެސް، ޔާމީން މިނިވަންވުމުގެ ކުރިން "މިހާރު"އާ ވާހަކަ ދެއްކެވި އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅަކު ވެސް ވިދާޅުވި ގޮތުގައި އޭނާ "އިންޑިއާ އައުޓް" ކެމްޕެއިނާ ވަރަށް ދެކޮޅެވެ.

އިދިކޮޅުން ކުރަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިނެވެ. އެ ގައުމާ ގުޅުން އޮތުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް އެކޭ ނުކިޔާނަން ދުވަހަކު ވެސް. އިންޑިއާ މިލިޓަރީ އައުޓް އަކީ ރަނގަޅު ގޮތް،" އޭނާ ވިދާޅުވެފައި ވެ އެވެ.

އިންޑިއާ އާ ދެކޮޅަށް ޕީޕީއެމުން ބޭއްވި މުޒާހަރާއެއް: އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިން މިހާރު ވަނީ އިންޑިއާ އައުޓް ކެމްޕެއިން އަށް ބަދަލުވެފައި --. ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް ޔާމީން މިނިވަންވުމަށް ފަހު އިދިކޮޅު ހަރަކާތްތަކުގެ މިސްރާބު ވަރަށް ފާޅުގައި އަނެއްކާވެސް "އިންޑިއާ އައުޓް" އާ ދިމާލަށް އެނބުރިއްޖެ އެވެ. އަދި މިހާރު އެ ޕާޓީގެ ޖަލްސާތަކުގައި ދައްކަނީ ވެސް ހަމައެކަނި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައެއް ނޫނެވެ.

ޔާމީން ނާކާމިޔާބުވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު "ވަގަށް ނެގީ އިންޑިއާގެ އެހީތެރިކަމާ އެކީ" ކަމަށް ދިމާލަށް ބުނެފި އެވެ. އެ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ވެސް އޮތީ އިންޑިއާގެ އެހީތެރިކަން ކަމަށް ތުހުމަތު ކުރެ އެވެ. ނޮވެމްބަރު 3 ގެ ހަމަލާއަކީ ވެސް އިންޑިއާ ފަހަތުގައި އޮވެގެން ކުޅުނު ގޭމެއް ކަމަށް ވެސް ތުހުމަތު ކޮށްފި އެވެ.

"އަސްލު މައްސަލައަކީ އިންޑިއާ ސިފައިން ތިބުން. އެކަމަކު އިދިކޮޅުގެ ވާހަކަތައް މި ހުންނަ ގޮތުން ހީވަނީ އެހެން ހަސަދައެއް ސީދާ އެ ގައުމާ އޮންނަހެން. ބޭނުމަކީ ސިފައިން މި ގައުމުން ނެރުން. އިންޑިއާ އާ ގުޅުން ކަނޑާލުމެއް ނޫން،" ހާރިޖީ ދާއިރާގެ ވަރަށް ސީނިއާ ލެވަލެއްގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އެހެންކަމުން ޕީޕީއެމް އިން ކުރިން އެންޑޯޒް ކުރި "އިންޑިޔާ މިލިޓަރީ އައުޓް" ކެމްޕެއިން މިހާރު "އިންޑިޔާ އައުޓް" ކެމްޕެއިނަށް ބަދަލުވީ ކީއްވެތޯ ސާފުކޮށްދޭން ޖެހެ އެވެ. ޕީޕީއެމް އަށް މައްސަލައަކަށް ވަނީ ހަމައެކަނި އިންޑިޔާ ސިފައިން ތިބުންތޯ ނޫނީ އިންޑިޔާތޯ އެ ޕާޓީން ނުބުންޏަސް އެބަ ސާފުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރުގެ މަގާމް އަދާ ކުރެއްވި އަދި އެމްއެންޕީގެ ނައިބު ރައީސް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި އިންޑިޔާ އައުޓްއަކީ ސީދާ ޔާމީންގެ އިނީޝިއޭޓިވްއެއް ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެ އެވެ. އެހެންކަމުން އެއީ ކުރިޔަށް އޮތް ތަނުގައި އެމަނިކުފާނުގެ ގިނަ ޝަރީއަތްތަކެއް އޮތުމުން ސަރުކާރަށް ޕްރެޝަރު ކުރަން ކުރައްވާ ކަމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ ވައްކަމުގެ ގިނަ މައްސަލަތަކެއް އަދި ޝަރީއަތްތަކެއް ކުރިއަށް އޮތީމަ ސަރުކާރަށް ޕްރެޝާ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި. އިތުރު ކަމެއް މިއަކު ނެތް،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ ވައްކަމުގެ ގިނަ މައްސަލަތަކެއް އަދި ޝަރީއަތްތަކެއް ކުރިއަށް އޮތީމަ ސަރުކާރަށް ޕްރެޝާ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި. އިތުރު ކަމެއް މިއަކު ނެތް-- ރިޔާޒު

އިންޑިއާ، ޗައިނާ، އެމެރިކާ، ރަޝިޔާ ނުވަތަ ކޮންމެ ގައުމެއް ވިޔަސް އަބަދުވެސް ބޭނުން ވާނީ ދުނިޔޭގައި އެ ގައުމެއްގެ އޮންނަ ސަރަހައްދުގައި ނުފޫޒާއި ބާރު ގަދަކުރުމަށެވެ. އެ ނުފޫޒުގެ ދަށަށް ގައުމެއް ވަނުމަކީ އެ އިރެއްގައި ވެރިކަމުގައި ހުންނަ މީހާގެ މައްސަލައެއް ކަމަށާއި ވަކި ގައުމެއް ނުބައި ނުކުރެވޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ކޮމިޓީގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މައްސަލައަކީ އެހެން ގައުމުތަކެއް ނޫން. މި ގައުމު ހިންގަން ތިބި މީހުން. އެ މީހުންގެ ނާގާބިލް ކަން. މި ސަރުކާރުން އިންޑިއާ އަށް ބަރޯސާވޭ. ޔާމީން ބަރޯސާވީ ޗައިނާ އަށް. ހަމަ އެއްތާކު މި ޖެހެނީ." ރިޔާޒް ވިދާޅުވި އެވެ.

ޔާމީން ވެރިކަމުގައި ހުންނެވިއިރު ވެސް އިންޑިއާ އާއެކު އެއްބަސްވުންތަކުގައި ސޮއި ކުރެއްވި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އޭރު ވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިއްބެވެ. ހެލިކޮޕްޓަރުތައް ވެސް އޮޕަރޭޓް ކުރި އެވެ. އެކަމަކު އޭރު "އިންޑިއާ އައުޓް ކުރަން ނޫޅުނީ ކީއްވެތޯ" އޭނާ ސުވާލު އުފެއްދެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔާމީން ވެރިކަމުގައި ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ތިބުމުގެ ކަންބޮޑުވުން އޮތެވެ.

އިންޑިޔާ ސިފައިން ރާއްޖެ އައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެނައި ފުރަތަމަ ހެލިކޮޕްޓަރާ އެކު އެވެ. އަދި ދެވަނަ ހެލިކޮޕްޓަރު ގެނައީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ދެވަނަ ހެލިކޮޕްޓަރު ނެގިއިރު ވެސް އަޅުގަނޑުމެން ހަމަ ދަންނަވައިފައި އޮންނާނީ ބޭނުންވަނީ ޑޯނިއާ ފްލައިޓެކޭ ހެލިކޮޕްޓަރުތައް ގެންގޮސްފައި މިގޮތަށް ހަމަޖައްސައިދޭން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އަސްކަރީ ބަޔަކު ތިބި ނަމަވެސް އަވަށްޓެރި ގައުމަކަށް ވާތީ އެ މީހުން ބޭރު ކުރުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން އެތައް ފަހަރަކު ގިނަ މަސައްކަތްތަކެއް ކުރީ ސަރުކާރުން ކުރި އެވެ. ގިނަ މަޝްވަރާތަކަށް ފަހު ވެސް އެ މީހުން ފައިބަން ދެކޮޅު ހެދުމުން އިންޑިއާ ސިފައިންގެ ވިސާ ވެސް އާ ނުކުރަން ނިންމި ކަމަށާއި އޭގެ ފަހުން އެ މީހުން ތިބީ ވެސް ގަވައިދާ ހިލާފަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާ އަކީ އަވަށްޓެރި ގައުމަކަށް ވާތީ ޑިޕްލޮމެޓިކް އުސޫލުން އެކަން ކުރެވޭތޯ ވަރަށް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އެކަން ނުވުމުން އިންޑިއާ ސިފައިންގެ ވިސާ ކަނޑާލި އެވެ. އަދި އެ މީހުން ތިބީ ވެސް ގަވައިދާ ހިލާފަށެވެ. ފުރައިގެން ދާން ޖެހޭ ކަމަށް ބުނެ ސީދާ ސިޓީ ވެސް ފޮނުވި އެވެ. އެވަރުން ވެސް ނުފޭބި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ޑިޕްލޮމެޓިކް އުސޫލުން ބަލައިފި ކަމަށް ވެއްޖިއްޔާ ގައުމަކުން އަނެއް ގައުމަކަށް އެންގޭނެ އެންމެ ހަރުދަނާ އުސޫލެއްގެ މަތިން ވާނީ އިންޑިއާ ސިފައިން ފައިބަން އަންގާފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިޕްލޮމެޓިކް އުސޫލުން ބަލައިފި ކަމަށް ވެއްޖިއްޔާއާ ގައުމަކުން އަނެއް ގައުމަކަށް އެންގޭނެ އެންމެ ހަރުދަނާ އުސޫލެއްގެ މަތިން ވާނީ އިންޑިއާ ސިފައިން ފައިބަން ވާނީ އަންގާފައި-- އާދަމް ޝަރީފް

ދެން އޮތީ ގަދަކަމުން އިންޑިއާ ސިފައިން ބޭލުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ކުރިން އިންޑިއާ އާއެކު ގިނަ މަޝްވަރާތަކާއި ޑައިލޮގްތައް ބާއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެވަނަ ދައުރެއް ޔާމީނަށް ލިބިވަޑައިގަތް ނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބެވޭނެ އުސޫލުތައް ހަމަޖައްސަވާ އެކަން ކުރެއްވީސް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރާއި އެމްޑީޕީން މި މައްސަލަ ދެކެނީ އެހެނެއް ނޫނެވެ. މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "މިހާރު" އަށް ވިދާޅުވި ގޮތުގައި ރާޑަރުތައް އޮން ކުރުމަކީ އިންޑިއާ ސިފައިން ބޭތިއްބުމެއް ނޫނެވެ. އަދި އިންޑިއާ ކަނޑު ބެލެހެއްޓުމަކީ ވެސް އިންޑިއާ ސިފައިން ތިބުމެއް ނޫނެވެ. ސިފައިން ތިބުމަކީ ހަތިޔާރު ހިފައިގެން ތިބުން ކަމަށާއި އެގޮތަށް ތިބި އެކަކު ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުން ނުފެނޭ އިންޑިޔާގެ އަސްކަރީ ބޭސްތައް ހަދައިގެން ހަތިޔާރު އެޅި ސިފައިން ތިބޭ ތަނެއް."

އިންޑިއާ އާ ގާތް ގުޅުމެއް ބޭއްވުމަކީ ޔުނައިޓަޑް ނޭޝަން ޑްރަގް އެންޑް ކްރައިމްގައި މަސައްކަތް ކުރާ ގައުމުން ގުޅިގެން ކުރާ މަސައްކަތެއް ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި ކަނޑު ބަލަހައްޓަން އިންޑިއާ އިން އެހީވުމަކީ ސަލާމަތާއި ރައްކާތެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ މި ސަރަހައްދު ބެލުމަށްޓަކައި މަސައްކަތް ކުރުމަކީ ލިބޭ ބޮޑު އެހީތެރިކަމެއް. އިންޑިއާ ކަނޑުގައި ޑްރަގް ވެއްދުމަށް މަސައްކަތް ކުރޭ. އިންޑިއާ އައުޓް ގޮވުމުގެ ބޭނުމަކީ އެ ފަރާތްތަކާ ބައިވެރިވެގެން ވެރިކަން ވައްޓާލުން،" ބޮންޑޭ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް އިން އިންތިޒާމުކޮށްގެން ހަވީރު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރުގައި ބައިވެރިވި ބައެއް ކާރުތައް، ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކައިރިން މަގު ބަންދުކޮށް ސައިކަލް ބުރު ހުއްޓުވައިފައި --. ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެ އަށް އިންޑިއާގެ ޑްރަގް އިންޓެލިޖަންސް ލިބުން ހުއްޓި، ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެއްވެސް އެހީތެރިކަމެއް ނުލިބި ރާޑަރުތައް ވެސް ނަގައިފި ނަމަ އޭގެ ގެއްލުން އިންޑިއާ އަށް ވާނެ ކަން ކަށަވަރެވެ. އެކަމަކު ރާއްޖެ އަށް ވެސް އޭގެ ފައިދާ އަށް ވުރެ ބޮޑީ ގެއްލުން ކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އވެެ.

އިންޑިއާ މިލިޓަރީ މި ގައުމުން ބޭރު ކުރިޔަސް އިންޑިއާގެ އެހީތެރިކަން ޔާމީން ކުރިން ވިދާޅުވި "ނެއިބާހުޑް ފަސްޓް - އިންޑިއާ ފަސްޓް" ޕޮލިސީއެއްގެ ދަށުން ރާއްޖެ އަށް ވަރަށް މުހިންމެވެ. ދިވެހިން ބޭނުން ވިޔަސް ނުވިޔަސް އިންޑިއާ ފަސްޓް ޕޮލިސީއަކީ މި ގައުމު ޖިއޮގްރަފީ ގޮތުން އޮތް ތަނާއި އުފެދިފައި އޮތް ގޮތުގެ ސަބަބުން މުހިންމު ޕޮލިސީއެއް ކަމަށް ޑިޕްލޮމެޓުން އިއްތިފާގުވެ އެވެ.

ނަމަވެސް ފެންނަނީ 2023 ގެ އިންތިހާބަކަށް ވާދަ ކުރައްވާ ޔާމީންގެ ސިޔާސަތު އިންޑިއާ ފަސްޓް ޕޮލިސީން އިންޑިއާ އައުޓް ޕޮލިސީއަކަށް ބަދަލުވާ ތަނެވެ. އަދި އެއީ ހަމައެކަނި ސިފައިން ތިބޭތީއެއް ވެސް ނޫނެވެ. ސިޔާސީ އެތައް ސަބަބެއް އޭގެ ފަހަތުގައި އޮތް ކަން އިދިކޮޅުގެ ވާހަކަތަކުން އެބަ އެނގެ އެވެ. މާދަމާ ދަނޑިމާރު އަޅައިގެން އިންޑިޔާ ސިފައިން ނެރުނަސް، އިންޑިއާ ނެތް ހާރިޖީ ސިޔާސަތެއް ގެންގުޅޭ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

66 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 6%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމްކު

25 December 2021

ވާނޭގޮތް ދެވޮޑިގެންވަނީ މާތްﷲ. އަހަރެމެންނަށް އެނގެނީ ވަމުން މިހިރަދާގޮތް. ރާއްޖެ އަޅުވެތިވަނީ.

The name is already taken The name is available. Register?

ހިރުނދު

21 December 2021

ހައިމާކުގެ ގިޔަރު ސިސްޓަމާ ކުޅޭހެން އެކިފަހަރު އެކިގިޔަރުން މިޖީލު މަގުފުރަށއްދަން ޔާމީނު ތިޔަގޮވާ ގޮވެލިފަތީގެ އަޑުއަހާފަ ތަހުތަށް ގެންނާކަށް ޝައުގެއްނެތް! 5އަހަރުގެ ދައުރުގަ ތީގެހުރި ނުލަފާކަން ހަމައެއްލަމައެއްނެތްކަން ސާބިތުކޮށްދީފަވަނީ!މިކަހަލަ ނުބާނުލަފާ މީހުންގެކިބައިން ކިބައިން އިންސާނިއްޔަތު ސަލާމަތްކުރައްވާތޯ ދުއާކުރަންޖެހޭ! ތިޔައީ100% ދޮގުވެރިޔެއް އަނިޔާވެރިޔެއް! މިހާރުވެސް ގޮވަމުން އެދަނީ ތިމަންނަކުރާ ކޮންމެކަމަކީ ގާނޫނޭ ހަމައޭ އަދުލޭ!

The name is already taken The name is available. Register?

އަލިތޯފީ

21 December 2021

ޔާމީން ކިތަންމެވަރަކަށް ތެޅުނަސް ވެރިކަމެއް ދެނެއް ނުލިބޭނެ. އިންޝާﷲ

The name is already taken The name is available. Register?

76543

21 December 2021

މަހާތުމާ ގާންދީ ނުކުތީ އިނގިރޭސިން ބޭރުކުރަން. އެޒަމާނުގެ ރައްޔިތުންނޫޅޭ އޮޅިގެންނެއް. އެމީހުންދަނޭ، އެތަނުގައި ތިބި އިންގިރޭސި ސަރުކާރުގެ މީހުންކަން ބޭރުކުރަން މިއުޅެނީ. އެއީ އިންޑިޔާގެ ސިޔާސީ ލީޑަރެއް. އޭނާ އެންމެ ކުރީގަ ހުރެ މުޅި އިންޑިޔާގައި ހިނގީ އިނގިރޭސިން އިންޑިޔާއިން ބޭރުކުރަން. އެއީ މިނިވަންކަމަކީ އިންސާނާއަށް މުހިންމު އެއްޗެއް. އެކަން ހޯދައިދޭން މަސައްކަތްކުރަނީ ގިނަފަހަރު ގައުމު ދެކެ ލޯބިވާ ސިޔާސީ ލީޑަރުން.

The name is already taken The name is available. Register?

5656

21 December 2021

ދިގު އާޓިކަލްއެއް. އެކަމަކު ހަގީގަތް ލިޔަން ފަށާފަ ހަގީގަތް ފާޅުކުރަން ނުކެރި ނިންމާލާ ޖުމްތަތައް ގިނަކަން ފާހަގަ ކުރެވޭ. މިސާލަކަށް، މަޑުއްވަރީ ދާއިރާގެ މެންބަރުގެ ވާހަކަ ފުރިހަމައެއްނޫން. ކުރީސަރުކާރުން، އިންޑިޔާގެ ހެލިކޮޕްޓަރ ގެންދިއުމަށް 2 ފަހަރު އިންޑިޔާ ސަރުކާރަށް އެންގި. އެކަމަކު އަތުގަ ހިފައިގެން ދަމާފަ ނުބޭލީމަ ނުގޮސްތިބީ. ވިސާ އިތުރު ނުކުރީމަވެސް ނުފޭބި.

The name is already taken The name is available. Register?

އަސަރު69

21 December 2021

އިންޑިއާ އައުޓެއްނޫން. އެކަމަކު އިންޑިއާ ސިފައިން އައުޓް. އިންޑިއާ މިލިޓަރީ އައުޓް. އެއްޗެއްކިޔާއިރު އެކިޔެނީ ކިހާވަރެއްގެ އެއްޗެއްތޯވެސް ބަލާލުން ރަނގަޅު. މާކީނަކަސް، ފާސީނަކަސް، އެކިޔޭ އެއްޗެއްގެ ސަބަބުން ދިވެހި ރައްިޔުންނަށް ގެއްލުމެއް ވާހެން ހީވާ ދުވަހުިން ފެށިގެން އަނެއްކާވެސް ހައްޔަރުކުރަން ޖެހިދާނެ.

The name is already taken The name is available. Register?

އިބްރ

21 December 2021

އިންޑިއާ ސިފައިން ބޭރުކުރަން ލިބިފައިމިވާ ފުރުސަތުގައި އިންޑިއާ އެމްބަސީވެސް ބޭރުކުރަންޖެހޭނެ. އެހެންނޫނީ ދިވެެހީން އަބަދަދުގެ އަބަދަށް ހިތާމަކުރަންޖެހިދާނެ. އިންޑިއާ އެމްބަސީއަކީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް ފާޅުގައި ވަންނަ ބައެއްކަމަށް ރާއްޖޭގައި ވެރިކަންކޮށްފައިވާ ދެ ރައީސުން ވަނީ ވާހަކަދައްކަވާފައި. އަދި ރ ނަޝީދު އިންޑިއާ އެމްބަސީއަށް ވައްދައި ދިވެހި ފުލުހުންނަށް ފިލުވިކަން ނޭނގޭ އެއްވެސް ދިވެއްސަކު ނެތް.

The name is already taken The name is available. Register?

ކައުންސެލަރު

21 December 2021

އޮޅުވާނުލާ. ނުނީ ނޭނގޭ ކަމަށް ނުހަދާ. ނޫނީ ތަންދޮރު ވަކިވޭ އަމިއްލަޔަށް. މިނޫހުގައި މިކަހަލަ ޚަބަރު އައިމާ އަހުން ހައިރާނެއްނުވަން ފަހަރެއްގައިވެސް. އިންޑިޔާ ފަސްޓް ޕޮލިސީގައި ބުނާއެއްއްޗަކީ އެހެން ގައުމުތަކަށްވުރެ އިންޑިޔާއަށް އިސްކަން ދިނުން. މީގައި މިބުނަނީ އަމިއްލަ ގައުމު ފުނޑާލާށެކޭނޫން. އެނގިއްޖެ، ފަހަރެއްގައިވެސް އެއީ ދިވެހިރާއްޖެއަށް ސިފައިން ފޮނުވައިގެން އިންޑިޔާގެ ބާރުގެ ދަށަށް ގެންނަވާހަކައެއްނޫން. ރަނގަޅު ދެން! މިވެސް ނޫސްވެރިކަން

The name is already taken The name is available. Register?

ކައުންސެލަރު ބަފާ

21 December 2021

ކަލެއަކަށްނޭއްގޭނެ ލިޔަންވީއެއްޗެއް ކަމުނުދަނިންޔާ ނުތޮރުފިބަލަ

The name is already taken The name is available. Register?

ޙަސަން ލޭކް

21 December 2021

މިގައުމަށް ބަންގްލަދޭސް މީހުނަށްވުރެ ނުރައްކާ ކަމެއްނެތް

The name is already taken The name is available. Register?

އެމްސް

20 December 2021

ބޮޑު ޚިޔާނާތުގެ އަޑު ކަނޑުވާލަން ޖައްސާ ސްޓަންޓެއް!

The name is already taken The name is available. Register?

69878

21 December 2021

ބޮޑު ހިޔާނާތެއް ބަޔަކު ވެއްޖެތަ؟ އެކަން އެއީ ވީކަމެއްނަމަ 236 މީހުންގެ މައްސަލަ ޝަރިއަތުގައި އުޅޭނެނު. ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ސަރުކާރުން ކިޔާއެއްޗެއް ބޮޑު ހިޔާނާތެކޭވެ. ރައްޔިތުންނަށް ވާފައިދާއެއް ދައްކަބަލަ. އަދީބު ނެގި ލާރި ލިބުންތަ؟ ޒިޔަތު ނެގި ލާރި ލިބުންތަ؟ ރެހެންދި ފުލެޓް ގަތް ކަޅުފައިސާތައް ލިބުނުތަ؟ ގާނޫނެއްނެތޭ މިއިން އެއްވެސް ފައިސާއެއް ހޯދޭނެ. ކުރެވޭނެހާވެސް ކަމަކީ، މީހަކު ޖަލަށްލުން އެކަނި. އެކަމުން ރައްޔިތުންގެ ޖީބުފުރެންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454