މަދިރި ނައްތާލަން ސޮނެވާގައި ބޭނުންކުރާ "ބީޖީ މޮސްކެޓާ" ސިސްޓަމް.
28 ޑިސެމްބަރ 2021 - 11:44
ޖަންގައްޔެއްހެން އޮންނަ ސޮނެވާފުށީގައި މިހާރު މަދިރިއެއް ނޫޅެ އެވެ، އެކަމަކު ފޮގެއް ވެސް ނުކުރެ އެވެ. އެކަން ކޮންޓްރޯލް ކުރީ ކިހިނެއްތޯ ކުރާ ސުވާލަށް، އެ ރިސޯޓްގެ އެއް ހިއްސާދާރު އަދި ސީއީއޯ ސޯނޫ ޝިވްދަސާނީގެ ޖަވާބަކީ މި އެވެ.
"އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ސޮނެވާފުށީގައި މަދިރި ނައްތާލުމުގެ ޕްރޮޖެކްޓެއް ހިންގަމުން އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ"
މަދިރި ނައްތާލަން ފޮގު ނުޖަހައި، އާ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމާ އެކު، އެ ރިސޯޓުތަކުގައި މަދިރީގެ އާބާދީ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މަދިރި ނޫޅެއޭ ބުނާވަރަށް އެކަން ކޮންޓްރޯލްވެއްޖެ އެވެ.
ސޯނޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޮނެވާޖާނީގައި ވެސް މި ޕްރޮޖެކްޓުގައި ފެށިތާ ދޮޅު އަހަރުވީއިރު، އެ ރިސޯޓުތަކުގެ މަދިރީގެ އާބާދީ 98 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ.
ސޮނެވާގައި ބޭނުންކުރަނީ، މަދިރި ނައްތާލުމުގެ ތަފާތު އުފެއްދުންތައް ނެރޭ ޔޫރަޕުގެ ކުންފުންޏެއް ކަމަށްވާ "ބަޔޯޖެންޓްސް" އިން އުފައްދާފައިވާ އެކަމަށް ހާއްސަ "މޮސްކިޓޯ ޓްރެޕް ސިސްޓަމް" އެވެ.
A testament to the success of our mosquito project, I’m incredibly proud that in 2021 we reached a milestone 2.5 years without pesticide fogging at #sonevafushi, and 1.5 years at #sonevajani. Our mosquito population has now collapsed by 98%. pic.twitter.com/RRCBCN6OWK
— Sonu Shivdasani (@SonuShivdasani) December 27, 2021
މަދިރި ނައްތާލުމަށް، 16 އަހަރު ވަންދެން އެކި ދިރާސާތައް ކުރުމަށް ފަހު، "ބަޔޯޖެންޓްސް" އިން ވަނީ ތަފާތު ތިން ސިސްޓަމެއް އުފައްދައިފަ އެވެ. އެއީ އައުޓްޑޯ ތަންތަނަށް ހާއްސަ ދެ ސިސްޓަމަކާއި އިންޑޯ ތަންތަނަށް ހާއްސަ ސިސްޓަމެކެވެ. ސޮނެވާގައި ބޭނުންކުރަނީ މީގެ އައުޓްޑޯ ސިސްޓަމެއް ކަމަށްވާ "ބީޖީ މޮސްކިޓާ" އެވެ.
މި "ބީޖީ މޮސްކިޓާ" ސިސްޓަމް މަސައްކަތް ކުރަނީ "އިންސާނެއްގެ" ގޮތުގަ އެވެ. މި ސިސްޓަމް ޖެއްސުމުން މީގެ ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ސަބަބުން މަދިރިތައް އެއާ ގާތްވެ އެވެ. އަދި ގާތްވުމުން އޭގެ ތެރެއަށް ދަމައިގަނެ، މަދިރި މަރާލަ އެވެ. މަދިރި އިންސާނުންގެ ގައިގައި ހަފަނީ، އިންސާނުން ނޭވާލުމުން ބޭރުވާ ވައި ނުވަތަ ކާބަންޑައިއޮކްސައިޑްގެ ސަބަބުންނެވެ.
މި ސިސްޓަމަށް ކާބަންޑައިއޮކްސައިޑް ފުޅި ގުޅައިގެން، މީގެ މަސައްކަތް އިތުރަށް ހަލުވި ވެސް ކުރެވެ އެވެ. މި ސިސްޓަމްތަކުން މާހައުލުގެ ތެރޭގައި އުޅޭ އެހެން، ފައިދާ ކުރަނިވި ސޫފިތަކަށް ކުރާ އަސަރު ވެސް ވަރަށް ކުޑަ އެވެ.
"ބަޔޯޖެންޓްސް" ގެ އުފެއްދުންތަކުން މަދިރި ނައްތާލުމުގެ އިތުރުން މަދިރި އާލާވުން ވެސް ކުޑަކޮށްދެ އެވެ. އަދި މި އުފެއްދުންތަކުން ބޮޑަށް ޓާގެޓް ކުރަނީ ވެސް، ޑެންގޫ އާއި ޗިކަންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ޖައްސާ މަދިރިތައް ނައްތާލުމަށެވެ.
"ބީޖީ މޮސްކިޓާ" ސިސްޓަމެއްގެ އަގު އުޅެނީ 279 ޑޮލަރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިއްކޮ
28 December 2021
ސޯނޫގެ ޚަރަދުގައި ކޮންމެ ރަށަކަށް ތީގެ މަދިރި މަރާ މެޝިނެއް ދިނިއްޔާ ކީއްތަވާނީ.. ސޯނޫ އަށް މި ކޮމެންޓް ފެންނާނެ ނަމަ ދޯ؟ ސޯނޫގެ ލިޔުންތައް މި ނޫހުން ދުށިން… އެހެންވީމާ މި ނޫހުން އޭނާއަށް މި މެސެޖް ދެއްވައްޗޭ.
ތިމާވެށިހަލާކުކުރާމީހާ
28 December 2021
ޢެންވަރަންމަންޓު ފުރެންޑްލީ ޓެގު ޖަހާގެން އުޅުއްވާ ބޭފުޅެއް. ޙަގީގަތަކީ ފަރުދާގގެ ފުރަގަހުގައި 2 ރިޒޯޓުންވެސް ތިމާވެށި ހަލާކުކުރަމުންދަނީ. ޜަށުގައި ހުންނަ ތިމާވެއްޓާ ރައްޓެހި މެޝިންތައް ހުންނަނީ ރީއްޗަކަށް ބަހައްޓާފަ. ޢަސްްލު އެ އެއްޗެހި ބޭނުމެއް ނުކުރޭ. ގިނަ ރިޒޯޓުތަކުން ހަދަނީ ހުސްދޮގު.
އާދަންބެގެ މައިޓު
28 December 2021
ޗިކަންގުންޔާ އެއް ނޫން ޗިކުންގުންޔާ
އެޑްމުންޑޯ
28 December 2021
279 ޑޮަލަރަކީ ރާއްޖޭގެ އެންމެ އައިދާގެ މީހާއަށްވެސް ގަނެވޭ ފެންވަރު ، ސުވާލަކީ ، ފަސޭހައިން ތިލިބޭނީ ކޮންތާކުންތޯ ؟؟ ތީގެ ސިސްޓަމެއް ނުގަނެވާކަށްނެތް ،،،،
މަށައްހީވަނީ
28 December 2021
ލިއުންކިޔާފަ މަށައްހީވަނީ އެންމެ ސިސްޓަމަކުން އަދި މިކަމެއް ނުނިމޭނެހެން. ރަށަކައް އެތައްބައިވަރު ސިސްޓަމެއް ބޭނުންވާނެހެން.
ހަސަނު
28 December 2021
ޔޫރޯ އިސްޓޯރުގަ އެ ހުރޭތަ؟
ސިކްސް ސެންސެސް ތަކުރު
28 December 2021
ސޯނޫ ހަމަ ތި މަދިރިތައް ދަމައިގަންނަގޮތަށް ކޮންމެ ވެރިކަމެއް އޮތަސް ސިޔާސީ މީހުން ދަމައިގަނޭ! އެހެންވެ އޭނަ ބޭނުން ކޮންމެ ކަމެއް ބޭނުންގޮތަކަށް ކުރަން ހުރަސްއަޅާ ގަވައިދުތައް ނައްތާލެވޭ ކުޑައަގަކަށް.
ޙިނި
28 December 2021
ހަރަދު ކުރަންކެރިގެން މަދިތިމަދުކުރެވޭނީ ، މަޓީ ގެ ވިސްނުން ހުރީ ކަންޑައް ކުނިނާޅަންޏާ ރިސޯޓުތައް ބަންގުރޫޓުވެދާނެ، މިކަހަލަ ވިސްނުން ހުންނަ މީހުން ތަންތާގެ ވެރިންނައް ތިބީ
ބައިސެންޓް
28 December 2021
އެކަމަކު ކާބަންޑާ އޮކްސައިޑް ބޭރުކުރާ މިންވަރު މައްޗަށް ދިއުމަކީ ބޮޑު މައްސަލައެއް ނޫންތޯ؟؟ އެއްކޮޅުން ކާބަން ނިއުޓްރަލްއޭ ގޮވާ އިރު އަނެއް ކޮޅުން ކާބަން މެކުހަށް..
ބައިރުފިޔާ
29 December 2021
ކާބަން އާ ކާބަންޑައިއޮސްއިޑާ މިއީ ތަފާތު ދޭއްޗެއް ކޮކީ!