ވިނީޝިއުސް (ވ) އާއެކު ވީއޭއެމްގެ ރައީސް ރަޏޭ --- ފޮޓޯ: ވީއޭއެމް
09 ޖެނުއަރީ 2022 - 16:30
ބީޗް ވޮލީ ގައުމީ ޓީމުގެ ކޯޗްގެ މަގާމަށް ބްރެޒިލްގެ ތަޖުރިބާކާރެއް ކަމަށްވާ، ވިނީޝިއުސް މާޓިންސް ހަމަޖައްސައިފި އެވެ.
ވީއޭއެމްގެ ރައީސް، މުހައްމަދު ރަނޭޝް ކުރިން "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި، ވިނީޝިއުސް އަކީ ކޯޗެއްގެ އިތުރުން، ކޯޗިން އެޑިއުކޭޝަނަލް ޕްރޮގްރާމްތަކުގައި ކިޔަވައި ދިނުމުގެ ވެސް އެކްސްޕާޓެކެވެ. ރަނޭ، އޭރު ވިދާޅުވީ، ދިވެހި ކޯޗުން ތަމްރީން ކުރުމުގައި ވިނީޝިއުސްގެ ބޭނުން ހިފާނެ ކަމަށެވެ.
ވިނީޝިއުސް ވެގެންދާނީ، ބީޗް ވޮލީ ގައުމީ ޓީމަށް ހަމަޖައްސާ ބރުގެ ފުރަތަމަ ކޯޗަށެވެ. ވީއޭއެމުން ބުނެފައި ވަނީ، އަންހެން ސީނިއާ ޓީމަށާއި ފިރިހެން ސީނިއާ ޓީމަށް ވެސް ބޭރުގެ ކޯޗުން އައްޔަން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ ވޮލީ ޓީމުތަކަށް ބޭރުގެ ކޯޗުން ހަމަޖެއްސުމަށް، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމްއިއްޔާ (އެފްއައިވީބީ) ން ވަނީ ތިން ކޯޗުންގެ ނަން ރެކޮމެންޑް ކޮށްފަ އެވެ. ވިނީޝިއުސް އަކީ އޭގެ ތެރެއިން އެއް ކޯޗެވެ. އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ، އޮކްޓޯބަރު މަހު ވަނީ ރާއްޖެ ވަޑައިގެން، ބިޗް ވޮލީބޯޅައިގެ ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. ގްރާސާ، ގަބޫލުކުރައްވާ ގޮތުގައި ރާއްޖެ އަކީ ބީޗް ވޮލީބޯޅައިގެ މުހިންމު ހަބަކަށް ވެވިދާނެ ގައުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
09 January 2022
ގައުމު ދަރާވިކިފާއޮތަސް ތަނެއްގާ މީހެއްހުރިއްޔާ އެބަގެނެވޭ. މީވެސް ފަހެ އަރަތެއްނޫންތަ؟