17 ޖެނުއަރީ 2022 - 19:27
ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ހުސް ކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން މިއަދު އަންގައިފި އެވެ.
ސިނަމާލެ ބްރިޖް އެޅި ދުވަސްވަރު، އެ މަންޒަރު ބެލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޮނުޒިޔާރަތްކޮޅުގައި ހެދި "ބްރިޖު ވިއުއިން ޕްލެޓް ފޯމް" ސަރަހައްދުގައި ހިންގަމުން ދިޔަ ނިއު ޕޯޓް ރެސްޓޯރަންޓް ހުސްކުރުމަށް ސެޕްޓެމްބަރު 26، 2019 ގައި ސިވިލް ކޯޓުން ހުކުމް ކުރުމާއެކު، ޕްލޭނިން މިނިސްޓްރީން ކުރިން ވެސް ވަނީ އެ ސަރަހައްދަށް އެ މިނިސްޓްރީގެ މުއައްޒަފުން ފޮނުވައި، އެ ތަން ހުސްކުރުމަށް މަސައްކަތް ކޮށްފަ އެވެ.
އެކަމަކު، އެ ހުކުމް ސްޓްރާޑާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހުއްޓާލާފައި ވަނިކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި އެ ބިން ސަރުކާރާ ހަވާލު ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހައި ކޯޓުން ވެސް އެންގި އެވެ. ނަމަވެސް އޭގެ ފަހުން އެ ހުކުމް ތަންފީޒު ކުރާކަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރި ކަމެއް އެނގިފަައެއް ނެތެވެ.
އެކަމަކު، ޕްލޭނިން މިނިސްޓްރީން ސްޓްރާޑާ ކުންފުންޏަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، ނިއު ޕޯޓް ހިންގާ ބިން ދައުލަތާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފައި ވާތީ، މިއަދުން ފެށިގެން 25 ދުވަހުގެ ތެރޭގައި އެ ތަން ހަވާލު ކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ހުސް ނުކޮށްފި ނަމަ މިނިސްޓްރީގެ ފަރާތުން އެ ބިން ހުސް ކުރާނެ ކަމަށާއި އޭގެ ސަބަބުން ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމަކާއި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށް ލޮނުޒިޔާރަތްކޮޅުން ބޮޑު ބިމެއް ސްޓްރާޑާ ކުންފުންޏަށް ދިނުމަށް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހައުސިން މިނިސްޓްރީން އެ ކުންފުންޏާއެކު ސޮއިކުރީ ސެޕްޓެމްބަރު 22، 2016 ގައެވެ.
އެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ދައުލަތަށް ލިބެ އެވެ.
ދައުލަތުން ހުށަހެޅި ގޮތަށް ސިވިލް ކޯޓުން އަމުރުކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލު ކުރުމަށާއި 1،149،271ރ. އާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިސްލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްގުބަސް
18 January 2022
މަސްސަލަ އަކީ ވަކިބަޔައް އެމްޑީޕީން ބަދަލުދީ ވަކި ބަޔަކު ތަފާތުވާތީ
ކުށް ބަސް
18 January 2022
މައްސަލަ އަކީ "މަސްސަލަ" އެވެ.
ބޭރުވެލާ
17 January 2022
ކޮރަޕްޝަނާ ފަސާދައިގެ ތެރެއިން ދައުލަތަށް ގެއްލުންވާ ގޮތަށް ދީފަ ތިބި ހުރިހާ ތަނެއް އަތުލަންވީ....އެމްއެމްޕީއާރުސީ އިން ދޫކުރި ފަޅުތަކާ ރަށްތައް ލިބުނު މީހުން ހުދުކާފޫރައްވީބާ؟ ނަސަންދުރާ ވެސް ހާލިސް ރަނަށް ވީ ބާ؟ ހަމަހަމަ ކަން ގާއިމު ކުރުމަށް ގޮވާލަން....
ޖެންޓަލްމަން
17 January 2022
މުއީޒަށް ބާރުލިބޭ ދުވަހަކުން ތިބިމާ ތިތާ ރެސްޓޯރަންޓް އަޅާނެ ފައިސާޔާ އެއްކޮށް ޒާހިދު ރަމީޒަށް ދޭނެ އެތާ ގަވާއިދާހިލާފަށް އަޅާފަހުރި 6*6 ފޫޓުގެ ތަންކޮޅެއްގެ ބަދަލަށްވެސް މުއީޒު ޒާހިދު އަށް 15 މިލިއަން ރުފިޔާ ދީފަ ވެއްޖެ
ބޮޑުކައްކާ
17 January 2022
އެކޮއެ..! ރާކަނިމަސް ރަގަޅުތަ..
ކަންއޮތްގޮއް
17 January 2022
ދެންއަންނަ ވެރިކަމާ ޔާމީނު ބައްދަލުކުތާނީ ޖަލުގަ އޮވެ..
ފައިހިއްޕި
17 January 2022
ޔާމީނުގެ ވަސްޖެހުނު މީހަކުވެސް ނޭތޭ މިވަރުގެ ގޭސްގަޑެއް އަބުރާނުލާ.. އަމިއްލައަށް ބޯބޮޑި.. މުއިއްޒުވެސް ހެޔޮނުވާނެ އިންސާނުންނަށް މިވަރު ލޮޓި ދޭކަށް..
ބަރާކް ހުސޭން އޮބާމާ
17 January 2022
ދެންއަންނަ ސަރުކާރެއްގާ ބޮޑުބަދަލު ވައްޓާލާނެ. ބަދަލުދިނުމުގެ ކަންތައްގަނޑުން ދެން މިގައުމު މިންޖެއްނުވާނެ.
ހާސަރު
17 January 2022
މިފަހަރު ތިތަން ހުސްކުރާތި ތިތަނުގެ ސަބަބުން މުޅި ތިސަރަހައްދުގެ ރީތިކަން އެއޮތީ ގެއްލިފަ.
ގުދޯގުދޯ
17 January 2022
އެހެންވެތަ ދަންޖައްސަން ގޮވި؟
ބޮޑުމީހާ
17 January 2022
ދެން އަންނަ ވެރިކަމެއްގައި މިލިއަނުން ބަދަލު ދޭންޖެހޭނެކަމެއް! އެހެން ނޫންނަމަ އަސްލަމް އެމްޑީޕީއަކު ނުހުންނާނެ