ކޮންސިއުމާ ފެއާއެއް ކުރިއަށް ދަނީ: ފައިސާޕޭ ބޭނުންކޮށްގެން ބީއެޗްއެމުން ވިޔަފާރިކުރެވޭނެ. ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
19 ޖެނުއަރީ 2022 - 18:04
ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ބީއެޗްއެމް ޓްރޭޑާސްގެ އޮންލައިން ފިހާރަ މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިސާޕޭއިން ފައިސާ ދެއްކޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
ބީއެޗްއެމް ޓްރޭޑާސް އިން ބުނީ ބީއެމްއެލްގެ އިތުރުން އެމްއައިބީ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ގޮތްތައް ފަހިކޮށްދިނީ ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ. ބީއެޗްއެމްގެ އޮންލައިން ފިހާރައިން 24 ގަޑި އިރު ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެ އެވެ.
ބީއެޗްއެމްގެ އޮންލައިން ފިހާރައަށް www.store.bhmtraders.com މި ވެބްސައިޓް މެދުވެރިކޮށް ވަދެވޭނެ އެވެެ.
އޮންލައިން ފިހާރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެ ފުރުސަތު ހުޅުވާލީ 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތު ގޯސްވެ މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުންނެވެ.
ބީއެޗްއެމް އިން ރާއްޖޭގައި ވިޔަފާރި ކުރަން ފެށީ 1982 ގަ އެވެ. އޭގެ ފަހުން އެ ކުންފުނިން އަންނަނީ ރާއްޖޭގައި ބޭނުން ކުރާ ނަން މަޝްހޫރު އެތައް ބްރޭންޑެއްގެ ކާބޯތަކެތި އެތެރެ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިމަނިކުދޮންބެ
20 January 2022
ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ފިހާރަ، ހިނގާނެހެން ހީވާ ދެތިން ބްރޭންޑެއް ލިބުމުން ބައެއް ވިޔަފާރިވެރިން އޭގެ ތެރެއަށް އާއްމުކޮށް ބާޒާރުގަ ލިބެން ހުން މުދާވެސް ލައިގެން ހެސްކިޔާފަ އަގުބޮޑުކޮށް ވިއްކަނީ.