ޔޭޔޭ ޕްރޮމޯޝަނުގެ އުމްރާ ދަތުރު ލިބުނު މީހުން--
15 ފެބުރުއަރީ 2022 - 12:40
ބީއެޗްއެމް ޓްރޭޑާސް އިން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސްކްރެޗް އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމުތައް އިއްޔެ ހަވާލުކޮށްފި އެވެ.
އެ ކުންފުނިން މި ހަފްލާގައި 13 ނަސީބުވެރިއަކަށް ވަނީ އިނާމް ހަވާލުކޮށްފަ އެވެ. މި އިނާމުތަކުގެ ތެރޭގައި އެޕަލް ވިޗް ސީރީޒް 6 އާއި ސެމްސަން ގެލެކްސީ ބަޑްސް އާއި ސްކޫޕީ ސައިކަލެއްގެ އިތުރުން ބޮޑު އިނާމެއްގެ ގޮތުން އުމްރާ ދަތުރުތަކެއް ވަނީ ދީފަ އެވެ.
އިއްޔެ އިނާމްތައް ހަވާލު ކުރި މީހުން އިނާމުތަކާއެކު-- ފޮޓޯ: ބީއެޗްއެމް ޓްރޭޑާސް
އުމްރާ ދަތުރު ތިން މީހަކަށް ވަނީ ލިބިފަ އެވެ. އެއީ ސިލްވާ ބީޗް، ބ. ފުޅަދޫ، އަހުމަދު ޝުޖާއު އާއި ނޫރީގެ ހދ. ވައިކަރަދޫ، އިބްރާހިމް އަމީރު އާއި މެރީ ރޯސް، ސ. މަރަދޫ، ޝަހުރުއްޒަމާން ވާފިރު އެވެ. މި މީހުން މިއަހަރުގެ ރޯދަ މަހު އުމްރާއަށް ފުރާނެ ކަމަށް ބީއެޗްއެމުން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށްގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މުޅި ޕްރޮމޯޝަނުގެ ދަށުން 33 އިނާމް ވަނީ ދީފަ އެވެ.
މިއަހަރު ވެސް ބީއެޗްއެމް އާއި ޔޭޔޭ ގުޅިގެން ޕްރޮމޯޝަންތައް ހިންގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy