ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލުން އައްޔަން ކުރެއްވި ޝަރީދު (ކ) އާއި އެ މަގާމުގައި ކުރިން ހުންނެވި މުޣުނީ (ވ)--
01 މާޗް 2022 - 18:20
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު މިއަދު ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިކަން އަންގައި ސްޓެލްކޯއަށް ފޮނުވި ސިޓީ "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ޝަރީފު މިއަދުން ފެށިގެން މަގާމާ ހަވާލުވެވަޑައިގަންނަވާމެ އެވެ.
ޝަރީފް އެ މަގާމަށް ހަމަޖައްސަން ސަރުކާރުން އުޅޭ ކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ދެކެވުނެވެ. އެނގިފައިވާ ގޮތުގައި އީސީގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވެ ޝަރީފް އިސްތިއުފާ ދެއްވުމާ އެކު އޭނާއާ އެ މަގާމު ހަވާލުކުރަން އުޅުނެވެ. ނަމަވެސް އެ ކުންފުނީގެ އެތެރޭގެ ބައެއް ކަންކަމާ ގުޅިގެން އެ ނިންމުން ފަހުން ބަދަލުކުރީ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވަނީ ވިދާޅުވެފަ އެވެ.
އީސީގެ ރައީސްގެ މަގާމުގެ ކުރިން ޝަރީފު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވައިފަ އެވެ. ނަމަވެސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަންނެވި 2018ގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމުން ޝަރީފަށް މިހާރު ކުރެ އެވެ.
މި ތުހުމަތުތައް ޝަރީފް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ.
މުޣުނީ މަގާމުން ވަކި ކުރެއްވުމަށް ފަހު އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ އަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި ކަށަވަރެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
02 March 2022
ފެށުނީއްސުރެ މުގުނީގެ މިލްކެއްހެން ގެންގުޅުނު ސްޓެލްކޯއިން ފައިނަލީ ތި ބޭރުވީ. ވަހީދު ވެރިކަމުގެ ޒަމާނުން ފެށިގެން މުގުނީއާއި ސްޓެލްކޯ ވަތްކެއްނުވި. ސަރުކާރާ އިދިކޮޅު ހިޔާލުގެ އެމްއާރުއެމްގެ އަދި އެކަކު އެހެރީ ބޭކާރު އެމްޓީޑީސީގަ އެމްޑީކަމުގަ، ފިސާރި އަވަހަށް ބޭރުކުރަން ޖެހޭނެ
ކައުންސެލަރު
02 March 2022
މަސައްކަތެއް ކޮށްދިނީމާ އެކަމުގެ ބަދަލު ދޭން ޖެހޭނެއެވެ. ވޯޓް އަނެކަތި ވޯޓް އަނެކަތި.............. އިސްލާމް ދީނުގައި އަންގަވާފައި އޮންނަނީ މީހަކު ލައްވާ މަސައްކަތެއް ކުރުވައިފިއްޔާ ދާ ނުއޮބެނިސް މަސައްކަތުގެ އުޖޫރަ ދިނުމަށް. ވޯޓް އަނެކަތި ވޯޓް އަނެކަތި............
ކައުންސިލަރު
02 March 2022
އިސްލާމު ދީނުގައި އޮންނަނީ ހުއްދަ ކަންކަން ކުރުމަށް، މަސައްކަތުގެ ގޮތުގައިވެސް. އެހެންވީމާ މާނަ އޮޅުވަޔެއް ނުލެވޭނެ ޖުމުލައެއްގެ އެއްފަޅީގަ ހިފައިގެން ދަމާ ރޯނު އެދުރަކަށްވެސް
ޔެންޑެބުޅިން
02 March 2022
ރަނގަޅު ނިންމުމެއް. ހިންގުންތެރި މީހުނަށް ކޮންމެ ސަރުކާރެއްގައިވެސް ފުރުސަތުދޭންވާނެ. އެހެޔޮ ކޮންމެ ޕާޓީއެއްގެ މީހަކަށްވިޔަސް، އަމާނާތްތެރިކަމާއެކު އިޚްލާސްތެރިއްޔާ އޮޑިން ޖާގަދޭންވާނެ.
އިޙްސާސް
02 March 2022
ޝަރީފު އަށް މިމީހުންދޭ އިނާމުގެ ބައެއްތަމީ؟
އެހެ
02 March 2022
ދެން އެ ނޫން ކޮން އެއްޗެއް އެއީ؟
ކޮއެ
02 March 2022
ޢެނަރޖީއޮތޯރިޓީއެއް ނުހުންނާނެ! މިހާރު ހުންނާނީ ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ
ހުވާ
01 March 2022
ކޯލިޝަންތެރޭ އެމްޑީކަން ދޭނެވަރުގެ ގާބިލުމީހުން ކުންފުނިތަކަށް ހަމަވާވަރަށް ނެތީތޯ ނުވަތަ ސަރުކާރަށް ބަލަދުއަރާތީ މަގާމެއްދިނީތޯ؟
ލޯތްބޭ ޔާރު
02 March 2022
ކޮންމެ މީހަކީ ޕާޓީއެއްގަ އުޅެންޖެހޭ މީހަކަށް ވާންޖެހޭނެ ކަމުގައި ދެކިގެން ނުވާނެ. ޝަރީފުގެ ކެތްތެރިކަމާ އިޚުލާސްތެރިކަން ފެނިގެން ދިޔަ، އަމާނާތްތެރިކަން ކުރިޔަށް ނެރި، ހިތާ ދެކޮޅަށްވިޔަސް ޒިންމާ އަދާކުރީމަ. އެކަހަލަ މީހުން ދޫކޮށްލާފަ ޕާޓީ މީހަކަށް ވީތީ ވަކި ގޮތެއް ހެދުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމުގައި ނުވެދާނެ
ރަދީފު ބިން ރަފައިދާ
01 March 2022
ކޮންމެސަރުކާރެއްއޮތަސް ޝަރީފުމެންގެ މުސާރަ ބަރާބަރަށް ހިންގާނެ. އޭނާއަށް އެނގޭ ޓްރާންސްފަވާންޖެހޭވަގުތާ ކުރިއަށް ކުޅޭނެވަގުތާ ފަހަތަށްކުޅޭންޖެހޭ ވަގުތު.
ބޮޑުމީހާ
01 March 2022
އެމްޑީޕީން ޝަރީފަށް ސިޔާސީ މަގާމެއް ދޭން މި މަޖްބޫރުވީ ލައްކަ އަޑިނޭގޭ ސިއްރުތަކެެއް ހުރީމަތާ
ކުޑަމީހާ
02 March 2022
ތިހެން ނުކިޔާތޯ ބަލަން އެހާ ދުވަސްކޮށްފަ މަގާމު އެ ދިނީ. އެކަމުވެސް ތިކަން ހަނދާން ހުރީތާ.
ރައްޔިތުންގެ މަސައްކަތް ހުއްޓުވާ ބައެއް.
01 March 2022
ލައިސަންސެއް އޮވޭތޯ. މިގައުމުގައި ޑޮކްޓަރުންނާއި ޓީޗަރުންގެ މަސައްކަތް ލައިސަންސެކޭ ކިޔައި ހުއްޓުވާވިއްޔާ.ރައްޔިތުންގެ މަސައްކަތް ހުއްޓުވާ ބައެއް.
ކޮރަލް
01 March 2022
ހެޔޮ ބަދަލެކޭ ނުބުނެ ވޭނެ އެވެ. އެއް ޕާޓީ އިން އަނެއް ޕާޓީ އަށް ބަދަލު ވާ މީހުންނެވެ. ސްޓޭބްލް ބަޔަކަށް މަގާމް ދޭން ވީ އެވެ.