ސެމްސަން ގެލެކްސީ އެސް 22 އަލްޓްރާ--
02 މާޗް 2022 - 18:10
ސެމްސަންގެ އެންމެ ފަހުގެ ފޯނުތަކުގެ ތެރޭގައި ހިމެނޭ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ޕްރިއޯޑަ ކުރުމުގެ ފުރުސަތު އުރީދޫން މިއަދު ހުޅުވާލައިފި އެވެ.
ފޯނު ޕްރިއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.
އުރީދޫން ޕްރީއޯޑަ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު ހަ މަސް ވަންދެން، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަަތަމަަ ލައްވާ އުރީދޫ ސިމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަރު ކުރާ ފޯނުތަކާ އެކު ސެމްސަން ގެލެކްްސީ ބަޑްސް2 ވެސް ހިލޭ ލިބޭނެ އެވެ.
އުރީދޫން ޕްރިއޯޑާގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 18އާ ހަމައަށެވެ.
ސެމްސަން ގެލެކްސީ އެސް22 އަލްޓްރާ އަކީ 5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ފޯނެކެވެ. މި ފޯނު ފަަރުމާކޮށްފައިވަނީ ސެމްސަންގުގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާ އެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ކޮލިޓީ ރަނގަޅު ފޮޓޯ އާއި ވީޑިއޯ ކުރެވޭ ގޮތަށެވެ.
މި ފޯނުތަކުގެ ތަފާތު ކުލަތައް ސެމްސަންގުން ވަނީ ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރާ
03 March 2022
ބަލަ އެއްފަހަރާ ނިގަނެވޭނެތީ ނޫންބާ އިންޑިއާ ގަވެސް އަދި ރާއްޖޭގަވެސް އެހެން ތަންތާގަ ވެސް ކްރެޑިޓަށް މުދާ ދޫކުރަނީ. މަފު މުސާރަލިބޭ މީހުނަށްވެސް ބޭނުންވާ އަގުބޮޑު ތަކެތި ފޯރުކޮށްދިނުމުގެ ބޭނުމުގަޔާ ވިޔަފާރި ވެސް ކުރިއެރުވުމަށް ނޫންބާ.ކޮބާ މައްސަލައަކީ ދަރަންޏަށް ނެގިޔަސް އަދާކުރެވޭނެ ނަމަ އޯކޭނު.
ގޯސްހެންހީވަނީ
02 March 2022
ޓެލެކޮމް ކުންފުނިތަކުން ފޯނު ވިޔަފާރިއަށް ވަންނަކަށް ނުޖެހޭ.
ބޮނަކުއާ
02 March 2022
ވަޒީފާއަދާކުރާ 90 ޕަސެންޓް މީހުންގެ އެވްރެޖް މުސަރައަށްވުރެ ބޮޑުތަނުން ތިފޯނުއަގު ބޮޑުވާނެ، އިންޑިއާގައިވެސް ހުރީ ފެށޭއަގު ދިވެހި 22،000 އަށްވުރެ މަތީގައި. އެކަމަކު އަހަރުމެން އަތުގައި މީތީ އޮންނާނެ، ރައްޓެއްސެއްގެ އަތުން ލޯނެއްނަގައިގެންނަމަވެސް.