ހިރިލަންދޫ އޭޓީއެމް--
09 މާޗް 2022 - 14:38
ތ. ހިރިލަންދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
އެ އޭޓީއެމް ސެންޓަރާ އެކު ހިރިލަންދު އާއި އެ ރަށް ކައިރީގެ ރަށްތަކުގެ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާ ކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މިއީ ތ. އަތޮޅުގައި ހުޅުވި ހަތަރު ވަނަ އޭޓީއެމް އެވެ. އެ ބޭންކުގެ ބްރާންޗުތައް ގުރައިދު އާއި ވޭމަންޑޫގައި ހުންނައިރު ތިމަރަފުށީގައި ސެލްފް ސާވިސް އޭޓިއެމް ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ އޭޓީއެމަކީ ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި އޭޓީއެމްއެއް ކަމަށެވެ. އަދި އެ އޭޓީއެމްގެ ސަބަބުން އާއްމުންނަށާއި ވިޔަފާރިތަކަށް ވެސް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 80 ސެލްފް ސާވިސް އޭޓީއެމް ސެންޓަރާއި 138 އޭޓީއެމް ހުޅުވާފަ އެވެ. އަދި 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް އެ ބޭންކުން އަންނަނީ ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy