ކުޅިވަރު

ގްރީންގެ ޓީމު އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް

ލީގުގެ މެޗެއްގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު: ގްރީން އަށް ދިމާވެފައިވާ ހާލަތުގެ ޒިންމާ ނަގާ ކަމަށް އޭނާ ބުނި. .-- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

14 މާޗް 2022 - 12:37

2 comments

ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް ގްރީން ސްޓްރީޓްސް އިން ނެރުނީ ތަފާތު ނަތީޖާތަކެކެވެ. ސީޒަނަށް ތައްޔާރުވާން އެ ޓީމަށް ޕްރެކްޓިސް ކުރެވުނީ ފަސްވަރަކަށް ދުވަހު އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލާ ވަރަށް ގާތަށް އެޓީމު ޖެހިލި އެވެ. މި ސީޒަންގައި ވަރުގަދަ މާޒިޔާ ބަލި ކުރި ފުރަތަމަ ޓީމަކީ ވެސް ގްރީން އެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ފެނުނު ތަފާތު ކުޅުން އެ ޓީމުން ދެއްކިއިރު ވެސް ޓީމުގައި މައްސަލަތައް ހުއްޓެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަ އާއި ސީޒަނަށް ރަނގަޅަށް ތައްޔާރު ނުވެވުމުގެ މައްސަލަތަކެވެ. އެކަމަކު ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު ބުނިގޮތުގައި މުސާރައިގެ ވާހަކަ ދައްކާކަށް ކުޅުންތެރިން ބޭނުމެއް ނުވެ އެވެ.

ވިކްޓަރީ ސްޕޯޓްސް ކަލްބް އަދި ވެލެންސިއާގެ ކެޕްޓަންކަން ވެސް ކުރިން ކުރި، ރިލޭ އެ ކްލަބްތަކުގައި ކުރި ތަޖުރިބާތަކަށް ރިއާޔަތްކޮށް ބުނީީ މުސާރައިގެ ވާހަކަ ދައްކައިގެން ކުރިއަށްދާން އުނދަގޫކަން އޭނާ އަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

ގްރީން ކުރިން ކުޅުނު މެޗެއްގެ ތެރެއިން: ޕްރެޒިޑެންޓްސް ކަޕްގައި އެޓީމުން ދެއްކި ކުޅުން ލީގުގައި ނުދެއްކޭ --- ފައިލް ފޮޓޯ: އެފްއޭއެމް

"ކޮންމެ ކުޅުންތެރިޔަކަށް ވެސް އެނގޭނެ އަނެއް ކުޅުންތެރިޔާގެ ހާލަތު. އެކަމަކު އެއިން އެއްވެސް ކަމެއް ނުދައްކާ ދަނޑު މަތީގައި ރަނގަޅު ބޯޅައެއް ކުޅެވޭތޯ މި މަސައްކަތް ކުރަނީ. ކުޅުންތެރިން މިކުޅެނީ ކުޅޭ ހިތުން،" ރިލޭ ބުނެފައިވެ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ނެރުނު ނަތީޖާތަކުން އެކަން ސާބިތުވެ އެވެ.

އެކަމަކު ދިވެހި ޕްރިމިއާ ލީގުގައި އެ ކުޅުމެއް އެޓީމުގެ ފަރާތުން ނުދެއްކެ އެވެ. ހަ މެޗު ކުޅެ ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާއާ ދެކޮޅަށް ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅުނު ޓީމު، ލީގުގައި އިއްޔެ މާޒިޔާ އަތުން ބަލިވީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އިއްޔެގެ މެޗުގައި އެޓީމުގެ ކުޅުމުން ޓެކްޓިކަލް ޑިސިޕްލިން ނުހިފެއްޓުނެވެ. މާޒިޔާގެ ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) ހިފެއްހެއްޓުމުގައި ގްރީންގެ ކުޅުންތެރިންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

ދިވެހި ލީގުގައި ގްރީންގެ ނަތީޖާތައް ދަށް ވެފައިވާ ސަބުތަކާ ބެހޭގޮތުން އެޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ޕްރެޒިޑެންޓްސް ކަޕްގެ ފަހުން ކުރިމަތިވި މައްސަލަތަކަށް އަދި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

ގްރީން އާއި ގްރާންޑޭ ކުޅުނު މެޗެއްގެ ތެރެއިން: ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައި .-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އިރާދަކުރެއްވިއްޔާ އެމައްސަލަތައް ހައްލުކޮށްގެން ކުރިން ދެއްކި ކުޅުން ދައްކަން މަސައްކަތް ކުރާނަން،" ނިސްތާރު ބުންޏެވެ.

"ނަތީޖާތައް ގޯސްވުމުގެ ޒިންމާ އަޅުގަނޑު ނަގަން. ކަންކަން ރަނގަޅު ކުރުމުގައި އަޅުގަނޑު މިދަނީ ހައްލު ހޯދޭތޯ މަސައްކަތް ކުރަމުން. މުޅި ޓީމު މަސައްކަތްކޮށްގެން މިހާލަތު ބަދަލު ކުރެވޭނެ."

ލީގުގެ ފުރަތަމަ ބުރުގައި ގްރީން ކުޅޭ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ދިއުމަށް ގްރީން އަށް ހުރަސް އެޅުނީ އެ މުބާރާތުގެ ލީގު ބުރުގައި އީގަލްސް އަތުން ބަލިވުމުންނެވެ. އީގަލްސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ރޭ ވެލެންސިއާ ބަލިކޮށް އެ ޓީމުން ވަނީ ލީގު ތާވަލުގެ ދެވަނަ އަށް ޖެހިލައިފަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަގިއްޔާ

14 March 2022

މިކަމަކާ ނުގުޅިދާނެ އެކަމަކު ބައްސާމުކާރިން އަހާލަން ބޭނުން. ފުޓްބޯޅައަކީ ވަރަށްގިނަބައެއްގެ މަގުބޫލު ކުޅިވަރަކަށްވާއިރު އެންމެގިނަ މީހުން ސަޕޯޓްކުރާ ދެކުލަބެއް ވުޖޫދެން ގެއްލިގެންދިޔައީ މަނިކުފާނުގެ ޒައާމަތުގައި އެކުލަބުތައް ހިންގި ބަޔަކު އެކަންވަރަށްބޮޑަށް މިސްމެނޭޖުކުރުމުން. އެފަދަބޮޑުކަމެއް ހިގިއިރު ތިއެފްއޭއެމުން އެމަންޒަރުން ސައިޑަކަށްޖެހިގެން ބަލަންތިބިއިރު ތިތަނުން ދެން އެކަހަލަ ކަމެއް މެދުވެރިވެ ނުދިއުމަށް އެޅެނު ފިޔަވަޅަކީކޮބާ؟

The name is already taken The name is available. Register?

ނަގިއްޔާ

14 March 2022

މިހާރު މިކަންވެސް އަހަރުމެންގެ އާދަކާދައިގެ ބައެއްކަމެއްވެއްޖެ! ޓީމެ ހަދައިފިއްޔާ މުސާރަނުދެވޭނެ، މުބާރާތެއް ކުރިމަތީއޮވެއްޖެއްޔާ ރަގަޅަށް ތައްޔާރެއްނުވެވޭނެ، އެއްހާފު ކުޅެފިއްޔާ އަނެއްހާފު ކުޅޭނެ ބުންވަރެއްނުހުންނާނެ، ދުވަހަކުވެސް މިނޫންވަރެއްނުވާނެ! މިފަދަކަންކަމުން އަރައިގަނު ކުލަބެއް ކުލަބެއްގެ ގޮތުގައި މެނޭޖުކުރެވޭނެ ދުވަހެއްނާދޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454