ދުނިޔޭގެ އެންމެ އުހުގައި، މައުންޓް އެވަރެސްޓްގައި ބޭއްވި "ޓީ ޕާޓީ".
15 މާޗް 2022 - 06:35
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ނޭޕާލުގެ މައުންޓް އެވަރެސްޓްގައި "ޓީ ޕާޓީއެއް" ނުވަތަ ސައެއް ބާއްވައިފި އެވެ.
މައުންޓް އެވަރެސްޓް ބަލައިލަން ދިޔަ އެމެރިކާގެ ބަޔަކު މިދިޔަ އަހަރު އެ "ޓީ ޕާޓީ" ބޭއްވީ އެ ފަރުބަދައިގެ 21،312 ފޫޓް މަތީގަ ވެ. އެ ފަރުބަދައިގެ އުސްމިނުގައި 29،000 ފޫޓް ހުރެ އެވެ.
އެއީ ދުނިޔޭގެ އެންމެ އުހުގައި ބޭއްވި "ޓީ ޕާޓީ" ކަމަށް ނިންމައި، މި މަހު ގިނިސް ވޯލްޑް ރިކޯޑް ފޮތުން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.
އެ "ޓީ ޕާޓީ" އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ވޮޝިންޓަންގެ ހައި އެންޑުއަރެންސް އެތުލީޓެއް ކަމަށްވާ ހިއުގް ބުނި ގޮތުގައި އެ ހިޔާލު އޭނާ އަށް ލިބުނީ ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންވެ ގޭގައި ތާށިވި ދުވަސްވަރުގައި ކަމަށެވެ. ބޭރަށް ގޮސް، ތަފާތު ކަންކަން ކުރުމުގެ މުހިންމު ކަން ރަނގަޅަށް ވިސްނުނީ އެ ދުވަސްވަރުގައި ކަމަށެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ނޭޕާލުގައި ހުންނަ މައުންޓް އެވަރެސްޓް.
އޭނާއާ އޭނާގެ ރައްޓެހިންތަކެއް ބައިވެރިވެގެން އެ ޕާޓީ ބޭއްވީ މެއި 5، 2021 ގަ އެވެ. އޭނާ އެކު އަށް މީހަކު ދިޔަ އެވެ.
އެ ސަޔަށް އެމީހުން ގެންދިޔައީ ސަޔާއި ކޮފީ އާއި ކުކީސް އެވެ.
ހިއުގްގެ ރައްޓެހިން ބުނި ގޮތުގައި، އެ މީހުން އެ ޕާޓީ ބާއްވަން މައުންޓް އެވަރެސްޓަށް ދިޔަ ތަނާ ވަރަށް ބޮޑު ތޫފާނަކާ ވެސް ކުރިމަތިލާން ޖެހުމުން އެކަން ކުރަން ވެސް ވަރަށް އުނދަގޫވި ކަމަށެވެ. އަދި ވަރަށް ފިނި ހިސާބެއް ކަމުން، ސައި ޕާޓީއަކަށް ބޭނުންވާ ސާމާނު ހަލާކުވިޔަ ނުދީ، ގެންދަން ވެސް އުނދަގޫވި ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނަނީ
16 March 2022
ޢަހަރުމެން ފިވެހިން ބީޗްގެ ރާޅު ޖަހާހިސާބުގަ ސައިބޯން ތިބޭ މަންޒަރު އަޅެ ގޯހިތަ
ޓީޕާޓީ
15 March 2022
ތިޔަ ހުރިހާ އެންމެން ކިއޫގަ ޖެހިގެން އެންމެ މައްޗަށް އަރަން އުޅެން ހަދައިގެން އެވަރެސްޓް ސަރަހައްދު ޕޮލޫޓްވެ ބޮޑު ގޮނޑަކަށްވާތީ މާ ދެރަ.
ކޮތަރޭ
15 March 2022
ސައިފަތާއި، ހޫނު ފެނާއި ހުރެފައި ބޯނެ އަނގައެއް ހުރިއްޔާ ކޮންމެ ތާކު ތިބެގެންވެސް ސައިބޮވިދާނެ. ހަކުރު ކޮޅެއް އަޅަން ބޭނުމިއްޔާ އެޅިދާނެ، ކިރުކޮޅެއްވެސް.
ޑެބީ
15 March 2022
ކަލޭ އޮވޭ މީހަކު ކަމެއް ކުރާއިރަށް އެކަމަށް ފާޑުކިޔާ ކޮމެންޓްކުރަން ގޭގަ.
ކޮތަރޭ
15 March 2022
ކަލޭ ސައި ނުބޮންތަ ޑެބީ؟ މުގުމުގު ދޯ ބޮނީ ކަލޭ