ދިރާގު އަހަރީ އާއްމު ޖަލްސާއެއްގައި އެ ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވަނީ-- ފޮޓޯ: ދިރާގު
14 މާޗް 2022 - 14:23
ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 8:15 ގައި ބާއްވަން ތާވަލުކޮށްފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނީ އެ ޖަލްސާގައި ދެ ގޮތަކަށް ބައިވެރިވެވޭނެ ކަމަށެވެ. އެއީ "ފަހިވޯޓް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ކްރޮސްރޯޑްސްގައި ބާއްވާ ފިޒިކަލް ޖަލްސާގަ އެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވާން މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.
ދިރާގުން ބުނީ ކޮވިޑުން ރައްކާތެރިވާން ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވޭނީ މަދު ބަޔަކަށް ކަމަށެވެ. އެހެންވެ ރަޖިސްޓްރީ ކުރާއިރު ވެކްސިން ކާޑް ހުށަހެޅުމަށް އެ ކުންފުނިން އެދެ އެވެ. ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް ބައިވެރިވާން ޖެހޭ ގޮތް މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން އަންގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންމާސްކް
14 March 2022
ރޭގަ ތިބޭފުޅުންގެ ދިރާގްޓީވީތައް ނިންވާފަތަހުރީ. ރޭގަނުންތޯ އެމަނިކުފާނު ވިދާޅުވީ މިއަދުން ފެށިގެން މާސްކު މަޖުބޫރެއްނޫނޭ އެކަމަކު ތިބޭފުޅުން އުޅެނީ މާބޮޑަށް ކަންތައް ލިމިޓެޑްކޮށްގެން.