ދިރާގު މަމެން
20 މާޗް 2022 - 18:22
ދިރާގުން "މަމެން މިއުޒިކް ޑޭޓާ" ގެ ނަމުގައި އެޑް-އޯން އެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ތައާރަފްކުރި މި އެޑް-އޯން މެދުވެރިކޮށް ގިނަ ވަރަށް ގިނަ އެކި އެޕްލިކޭޝަންތަކުން ޑޭއާ އަށް ލުއިކޮށް މިއުޒިކް އަޑުއަހާލެވޭނެ އެވެ. މިއުޒިކު އަޑުއެހުމަށް ހާއްސަ މި ޑޭޓާ ސައުންޑް ކްލައުޑާއި ސްޕޮޓިފައި އަދި އެޕަލް މިއުޒިކްގައި ބޭނުންކުރެވޭނެ އެވެ.
މަމެން ކަސްޓަމަރުންނަށް މި ޑޭޓާ 24 ގަޑިއިރަށް، ފަސް ދުވަހަށް، 10 ދުވަހަށް ނުވަތަ 30 ދުވަހަށް ވެސް ލިބޭނެ އެވެ. މި އެޑް-އޯން 727 އަށް މެސެޖުކޮށްގެން ހޯދޭނެ އެވެ.
މަމެން އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފު ކުރި ޕްލޭނެކެވެ. މިއީ އެ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އިޚްތިޔާރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޯބައިލް ޕްލޭނެކެވެ. މި ޕްލޭނަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިފަ އެވެ.
މަމެންގެ އެޑްއޮންތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މަމެން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. މި އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
21 March 2022
މަމެންނާ ތަމެން ނަހަދާ މޮބައިލް ސެލްތައް ރަގަޅުކުރަން އުޅެބަލަ.
ރަދީފްއޮފިޝަލް
21 March 2022
ބޭނުމެއް ނޫން.މަހަށް ދޭބަލަ.