މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ދިރާގުގެ ބޯޑު މެމްބަރުން ބައިވެރިވެލައްވަނީ-- ފޮޓޯ: ދިރާގު
24 މާޗް 2022 - 22:59
ދިރާގުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 6.20ރ. ބަހަން، މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
ކްރޮސްރޯޑްސްގައި ބޭއްވި ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރި އަދަދުގެ ތެރޭގައި ބޯޑުން ހިއްސާއަަކަށް ހުށަހެޅި 4.13 ރ. ގެ ފައިނަަލް ޑިވިޑެންޑާއި މިއަހަރުގެ ކުރީކޮޅު އިއުލާން ކުރި 2.07ރ. ގެ އިންޓެރިމް ޑިވިޑެންޑް ހިމެނެ އެވެ.
އެ ޖަލްސާގައި ދިރާގުގެ 86 ހިއްސާދާރުން ބައިވެެރިވި އެވެ. އެއީ 71،392،583 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނެވެ.
އަހަރީ އާއްމު ޖަލްސާގައި ދިރާގުގެ އާއްމު ހިއްސާދާރުންގެ ތެރެއިން އަހުމަދު މުހައްމަދު ދީދީ ވަނީ ބޯޑަށް އައްޔަން ކޮށްފަ އެވެ. އޭނާ ބޯޑަށް ހޮވުނީ 84 ހިއްސާދާރުންގެ ވޯޓާއެކުގަ އެވެ.
މިއަހަރުގެ އެ ކުންފުނީގެ އޮޑިޓަރަކަށް 49،500 ޑޮލަރުގެ އުޖޫރައަކާއެކު އައްޔަން ކޮށްފައިވަނީ ކޭޕީއެމްޖީ އެވެ.
މިދިޔަ އަހަރު ދިރާގުގެ އާމްދަނީ އާއި ސާފު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ރަނގަޅު ފައިދާއަކާ އެކު މިއަހަރު ވެސް ނިންމާލެވޭނެ ކަމަށް ދިރާގުން ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީ
25 March 2022
813 މިލިޔަން ސާފް ފައިދާގެ ގޮތުގައި ލިބިފާ ވާއިރު 6.20ރ އަކީ އެކަށީގެން ވާވަރަށްވުރެ މަދު އަދަދެއް. އެއީ %7.75 ރިޓާރން އޮން އިންވެސްޓްމެންޓް (100*6.2/80). އިންވެސްޓް ކުރިފަހުން 10 އަހަރުވެއްޖެ. މަދުވެގެން %15-%10 ދޭންޖޭހޭ އިންފްލޭޝަން ވެސް %5 ގާހުންނައިރު. މިހާރު ތިދޭ ރޭޓޫން އިންވެސްޓްމެންޓް ކަވަކުރަންވެސް ނަގާނެ ގާތްގަނޑަކަށް 13 އަހަރު (80/6.2). ޝޭމް އޮން ޔޫ ދިރާގު އެންޑް ބޯރޑް އޮފް ޑައިރކްޓަރސް
މުހްމިން ސަލީމް
25 March 2022
މާބޮޑައް ތި އެނގެނީ! ދިވެހި ގައުމަކު ނޫޅެވޭނެ މާ ބޮޑައް ކަންކަމާ މެދު ވިސްނަންޏާމުން. ގުރުއާން ކިޔަވާފަ، ނަމާދު ކޮއްލައިގެން، ރޯދައައް ހުރީމަ ނިމުނީ. ސިކުޑި ފޮއްޓަކައްލާފަ ތަޅުލާ! ކޮން ވިސްނުމެއް ވިސްނާކައްތަ!
ސަމްސީން
25 March 2022
އެމްޓީޑީސީ އިން ކިހާވަރެއްތަ ބަހަނީ..