މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ޓެޑްރީގެ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ކަމަދޫގައި

"ލަސްވިޔަސް"ގެ ކާސްޓުންނާއި ކްރޫއިން ބ. ކަމަދޫގައި ޝޫޓިން ނިންމާލުމަށްފަހު --- ފޮޓޯ : ޓެޑްރީ

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ބ. ކަމަދޫގައި ނަގާ ނިންމާލައިފި އެވެ.

ކުރީގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމް ފިލްމީ ދާއިރާ އަށް ނެރޭ "ލަސްވިޔަސް" އެންމެ ފުރަތަމަ އިއުލާންކުރީ 2017 ގަ އެވެ. އެއަށް ފަހު އެ އަހަރު ފިލްމުގެ ޓީޒާއެއް ދައްކާލުމަށް ފަހު ފިލްމުގެ މާ ގިނަ ވާހަކަތަކެއް ނުދެކެވެ އެވެ.

އެކަމަކު ދާދިފަހުން ޓެޑްރީ ސޯޝަލް މީޑިއާގައި އިއުލާންކުރި ގޮތުގައި އޭނާގެ ފިލްމުގެ ޝޫޓިން މި މަހު 11 ގައި ވަނީ ފަށައިފަ އެވެ. އެއަށް ފަހު ފިލްމުގެ ޝޫޓިން ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށް އެބަދެ އެވެ. އެ ފިލްމުގެ ބައެއް މަންޒަރުތައް ނަގަން ހަމަޖެހިފައިވާ އެއް ލޮކޭޝަން ކަމަށްވާ ކަމަދޫގައި ނަގާ މަންޒަރުތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ޓެޑްރީ އިއްޔެ ބުންޏެވެ.

ކަމަދޫގައި ޝޫޓިން ނިމުނުކަން ހާމަކޮށް، ޓެޑްރީ ވަނީ ސޯޝަލް މީޑިއާ އަށް ފޮޓޮތަކެއް ވެސް ދޫކޮށްލައިފަ އެވެ. އެއް ފޮޓޯގައި ފެންނަނީ ޒޯޔާއާ އެކު ޓެޑްރީ އެވެ. ޒޯޔާ ހުރީ އެ ފިލްމުގައި އޭނާ ފެންނާނެ ލުކްގަ އެވެ. ހީވާގޮތުން، އެ ފިލްމުގައި ޒޯޔާ ކުޅޭނީ ވަރަށް ބަލި ކުއްޖެއްގެ ރޯލެވެ. އޭނާގެ ބޯ ތަލަކޮށް ހުރި އިރު، އޮކްސިޖަން ފުޅި ގުޅައިގެން ނޭވާލުމަށް ބޭނުންކުރާ ނޭސަލް ކެނުލާއެއް އޭނާގެ ނޭފަތަށް ގުޅާފައިވެ އެވެ.

އިތުރު ފޮޓޯއެއްގައި އެ ފިލްމުގެ ކާސްޓާއި ކްރޫ ފެނެ އެވެ. އެ ފޮޓޯގައި ނިއުމާ ވެސް ފެނެ އެވެ. އެހެން އެކްޓަރުންގެ ތެރޭގައި އަލީ އާސިމް އާއި ފިލްމުތަކުން މިހާރު ވަރަށް މަދުން ފެންނަ ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) ހިމެނެ އެވެ. ޓިކްޓޮކް އަދި ޓީވީ ޕްރެޒެންޓިން އިން މަޝްހޫރުކަން ހޯދާފައިވާ މަރްޔަމް ޝިފާ (މަރްޔަމް ޝިފް) އާއި ވިދަމުން އަންނަ އެކްޓަރު އަހްމަދު އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދު ވެސް ފެނެ އެވެ.

ޑެޓްރީގެ އިޓާނަލް ޕިކްޗާސްގެ މި ފިލްމަކީ އޭނާގެ އަމިއްލަ ވާހަކައަކަށް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ގިނަ ދުވަސްތަކަކަށް ފަހު ޓެޑްރީ އެނބުރި ޑައިރެކްޝަނަށް އަންނަ މި ފިލްމު ސިނަމާގައި ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައިޓް އޮން ޓައިމް

27 March 2022

ފިލްމެއް ހަދާލަން ތިހާ ގިނަ އަހަރުނަގަނީ ނަހުލާގެ ފިލްމަކާ ވާދަކުރަން ޖެހިދާނެތީވެ ނަހުލާ މުސްކުޅިވަންދެން މަޑުކުރަނީތަ

The name is already taken The name is available. Register?

ގްޑްގްޑާ

27 March 2022

ނަހުލާއާއި ފައްތާހުގެ އަޑެއްބަޑެއް ނީވޭ، ދެމީހުންވެސް ހޮލީވުޑަށް ދިއައީތަ؟ ޓެޑްރީވެސް އެކަހަލަ ވުޑް ތަކަށް ދެތެރެ ދޭތެރެއިންދޭ؟ނަހުލާދެކެ އަންނަ ރުޅީގެ ބޮޑުކަމުން "އެންގްރީވްޑް".، ނުނީ މޮޓިމޭޓްނުވާތީ "ބެރޭކްވްޑް" ނައު ބެކް ޓް "މޮލީވްޑް".

The name is already taken The name is available. Register?

ކުޑަމުރޭ

27 March 2022

އެހެން މީހުންނަށް ފާޑުކިޔަން ހަދައިގެން ކުރިއަށް ނުކަނޑާ ތި ހުންނަނީ، މޯލްޑިވިއަން އައިޑޮލުން ނިކުތް ކުޑަކުދިންނާ ވެސް ޖައްސާލި މީހެއް މީ

The name is already taken The name is available. Register?

ޕެރިސްކޯޕް

27 March 2022

ނަހުލާ ފިލްމަކާމެދު ނުވިސްނަނީސް ޓެޑްރީ ފިލްމް ހަދަން ފެށީ، އެކަމަނާ ފިލްމު ހަދާހަދާ އެކަމުން މުއްސަދިވެ އެންމެފަހުން ހުއްޓާލީ އާބާދީގެ ބޮޑުބައެއް ކޮންމެފަހަރަކު ރޮއްވާލާ ރާއްޖޭގެ ޓިޝޫ އަގުބޮޑުކޮށްފައި. ޓެޑްރީ އަދި ކިރިއާ އެމަނިކުފާނުގެ 3 ވަނަ ފިލްމާއެކު.

The name is already taken The name is available. Register?

ފައްތާހު

27 March 2022

ހާދަދެރައޭ ޓެޑްރީ އެތައް ޒަމާނެއްކޮށްފައި ފިލްމަކާއިގެން ބޮޑު ފަރުދާއަށް އަންނައިރު ފިލްމު އަޅުވާނެ ތަނެއް ނެއް، އޮލިންޕަސް ވީރާނެވެ، ފިލްމެއް އަޅުވައިގެން އުޅެނިކޮށް މީހަކު އަޑުގަދަކޮށް ހީލިއަސް ތަންހުރީ ވެއްޓޭ ހާލަތުގައި. އެހާދުވަސްކޮށްފައި އެބުރި އިންނައިރު ބައިސްކޯފް ކަހަލަ އެޕަކަށް ދޫކޮށްލައިގެން ކަމަކުނުދާނެ، ނެޓްފިލްކްސްއަށްކަންނޭގޭ ރަގަޅުވާނީ. ތަނެއް ތައްޔާރު ކުރެވެންދެން މަޑުކޮށްފިއްޔާ ފިލްމުގެ ފްރެޝްކަން ގެއްލިދާނެ.

The name is already taken The name is available. Register?

މިސްއިޒް ނަހުލާ ސްޕިލްބާރގް

27 March 2022

2014 ގައި ނިކުށް ހޮލީވުޑް ފިލްމް "ދަ ފޯލްޓް އިން އަވާރ ސްޓާސް" ކޮޕީއެއްނޫން ދޯ؟ އޭގެ ލީޑް އަންހެން ކެރެކްޓާރ އަށް ހުންނަނީ ކެންސަރުޖެހިފައި، އޮކްސިޖަސް ސްލިންޑަރަކާއެކު މޫވުކުރާނީ.

The name is already taken The name is available. Register?

ޖޫސްޕެކެޓު

27 March 2022

ފޯލްޓް އިން އަވަރ ސްޓާރ ގަ އުޅެނީ އަންހެނެއް ދޯ؟ މީގަ މި ފެންނަނީ ކުޑަ ކުއްޖެއް. ބަލަ އަބަދު ދިވެހިން ހަދަނީ ކޮޕީ ފިލްމެއް ނޫނޭ. ދިވެއްސަކަށްވެ ހުރެ ކުޑަކޮށް ދިވެހިން ކުރާ މަސައްކަތްތަކަށް ސަޕޯޓު ކޮށްބަލަ.

The name is already taken The name is available. Register?

2022

27 March 2022

ތިފިލްމު އަންނާނެބާ؟

The name is already taken The name is available. Register?

ސްފްނީ

27 March 2022

ޓެޑްރީވެސް ބައެއް ޑައިރެކްޓަރުންނަށް ބަހުންޖެހި ލޯފަންމީހުން ނޫނީ ވާހަކަ ނުދެއްކޭ މީހުންގެ ކެރެކްޓަރއަށް ފިލްމްތައް ހެދައި ކާމިޔާބް ހޯދި މީހުނަށް..ދުވަސްތަކެއްކޮށްފަ ފިލްމް މިހަދަނީ ހަމަ އެއުކުޅު ބޭނުންކޮށްގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454