މުޒާހަރާ އިން މީހަކު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 މާޗް 2022 - 06:39
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާ އިން ހައްޔަރުކުރި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއެކު 8 މީހެއްގެ ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ރޭ ނިންމައިފި އެވެ.
ފުލުހުން މަނާކޮށްފައި އޮއްވައި ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި 17 މީހަކު ހައްުޔަރުކުރި ނަމަވެސް އިއްޔެ ވަނީ ހަތް މީހަކު ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ހިމެނެ އެވެ. އެ ދެ ބޭފުޅުން ވެސް ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.
ފުލުހުން ރޭ ބުނީ މުޒާހަރާއިން ހައްޔަރުކުރި 17 މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ދޫކޮށްލައި، އިތުރު ހަ މީހަކު ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތިން މީހެއްގެ ބަންދަށް ތިން ދުވަސް ކޯޓުން ދީފައިވާ ކަމަށާއި އިތުރު ދެ މީހެއްގެ ބަންދަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕީޕީއެމުން ބުނީ، މުޒާހަރާގައި އެންމެ ކުރިން ހައްޔަރުކުރު ނަރީޝް ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ޕީޕީއެމްގެ މުޒާހަރާތަކާއި އެއްވުންތައް ރޭވުމުގައި އިސްކޮށް އުޅުއްވާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްމަބަރު މުހައްމަދު އިސްމާއިލް ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ ހަތް ދުވަހަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ހުކުރު ދުވަހު "ނޭވާ ހޮޅިއަށް" ގެ ނަމުގައި ބޭއްވި އެއްވުމުން 17 މީހަކު ހައްޔަރުކުރިއިރު އެ އެއްވުން އިދިކޮޅުން ބޭއްވީ އެ ކަން ނުކުރަން ފުލުހުން އަންގާފައި ވަނިކޮށެވެ. އެއްވުން ނުބާއްވަން ފުލުހުން އެންގީ މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމުގެ ތުހުމަތާ އެކު އެވެ. އެކަމަކު ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އިދިކޮޅުން މަގުމަތީ ހަރަކާތަށް ނުކުތްއިރު އިދިކޮޅުން ވަނީ ޣައިރު ގާނޫނީ އެންގުންތަކަށް ތަބާނުވެ، ގާނޫނުއަސާސީން ކަަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުންނަށް އިލްތިމާސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގެންދާ ސުލްހަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލުމަށް އެދެމޭ
27 March 2022
ދިވެހިރާއްޖެއިންވެސް މިއަދު ފެންނަމުންމިދަނީ ފަލަސްތީނުގެ މިނިވަންކަމުގެ ހައްގުގަ އަޑުއުފުލަން ނުކުންނަ މީހުންނާމެދު އިޒުރޭލު ސިފައިން ކަންކުރާބީދައިން ކަންކުރަމުންދާ މަންޒަރު ސުލްހަވެރިކަމާއެކު ހުސްއަތާ ހަމަހިމޭން އިހުތިޖާޖެއްކުރުމުގެ ހައްގެނެތް މިއަދު ދިވެހިރާއްޖޭގަ ސަރުކާރުން ނިންމިނިންމުމެއްގެ ސަބަބުން އަހަރެމެންގެ ގައުމުގެމިނިވަން ކަމާ ސިޔާދަތަށްގެއްލުންވާތީ މިކަންރަގަޅުކުރަން ބުނުމަކީ ކުށަކަށްވެއްޖެ މިއަޑުއުފުލާމީހުންނަކީ ކުއްވެރިންނަވެއްޖެ
ލޮލީބޮލީ
27 March 2022
ތިޔަ ކުދިންކޮޅު ބަންދުގަ ބާތިއްބަންވީ ޔާމީނު ހަދާން ވަންދެން އޭނަގެ ވެރިކަމުގައި މުޒާހަރާ ކުރަން ހުއްދަ ނުދިންކަމާ އެތައްބަޔަކު މުޒަހަރާކޮށްގެން ބަންދުކުރިކަމާ މިހިރަމިހިރަ ކަންކަން
ފޫހި
27 March 2022
ނަރޭސް ދޫނުކުރާތި ކަމަކީ ފިތުނަ އުފެއްދުމާ ޖެއްސުންކުރުން ސަރުކާރުން މުސާރަނަގައިގެން
ސަސ
27 March 2022
މަޖިލިސް މެންބަރުން ދޫކުރަނީ އިމްތިޔާޒު ބޮޑު ވީމަދޯ. އެއްވެސް ޗަސްޕެއްނެތް މީހުން ބަންދު ކޮށްގެން މި އުޅެނީ
އަލީ އަލީ
27 March 2022
ހަދަ ވަރެއްވެޔޭ ދޯ އެބަ ސަރުކާރަށް! 2 މީހަކު މުޒާހަރާކޮއްގެން ނޭވާ ހޮޅީގަ!
ގުއި ޒ
27 March 2022
ބަރާ ބަރު! ތީ ނެތް ފެންވަރެއްގައި ވަރަށް ފުއްޕާ ބޭކަލެއް!
އުދުހޭ
27 March 2022
ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ދަށުން އެއްވާ އެއްވުމަކަށް ފުލުހުން ދާކަށް ނުޖެހޭ. އެތަނަށް ފުލުހުން އިދުން ޣައިރުގާނޫނީ ކަމަކަށްވާއިރު އެތަނުން މީހުން ހައްޔަރުކުރުމުން ބަންދުގެ މުއްދަތު ޖަހައިދޭކަށް ނުޖެހޭ، އެއީ ގާނޫނީ އިމުގެތެރެއިން ކުރެވެން އޮތްކަމެއްނޫން.
އަހުމަދުބޭ
27 March 2022
ގާނޫނު އަސާސީ އޮންނަނީ އެބަޔަކު ބޭނޫންވާ ގޮތަކަށްތޯ، ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ބާބު އެކަނިތޯ ގާނޫނު އަސާސީގައި އޮންނަނީ؟ ދައްކާވާހަކަ ނިކަންދެކިބަލަ