އިދިކޮޅުން ބޭއްވި އެއްވުމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބިންމަތީގައި އިށީންދެލައިގެން އިންނަވަނިކޮށް-- ފޮޓޯ: ފަޔާޒު މުސާ/ މިހާރު
26 މާޗް 2022 - 20:18
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި އިއްޔެ ހަވީރު ކުރި މުޒާހަރާ އިން ހައްޔަރުކުރި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނާއި ޕީއެންސީގެ ނައިބު ރައީސް ސައީދު، ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް ހީނާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް ކޯޓުގައި އޮތް "މުއްދަތު މަޖިލިހަށް" އެ ތިން ބޭފުޅުން ހާޒިރުކުރީ ބިޑި އަޅުވައިގެން ކަަމަށް ހީނާ ވިދާޅުވި އެވެ.
ޣައްސާނާއި ސައީދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް އިދިކޮޅުން ބުނެ އެވެ.
އެ ދެ މެމްބަރުން ހައްޔަރުކޮށްގެން ދޫނިދު އަށް އިއްޔެ ހަވީރު ގެންދިޔައިރު، އިއްޔެގެ އެއްވުން އިދިކޮޅުން ބޭއްވީ އެ ކަން ނުކުރަން ފުލުހުން އަންގާފައި ވަނިކޮށެވެ.
"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީނދެގެން: މި މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެހެންވެ، ޕީޕީއެމްގެ އޮފީސް ދޮށަށް ދެވެން އޮތް ހުރިހާ މަގެއް ފުލުހުން އޮތީ ބަންދުކޮށްފަ އެވެ. އަދި އެ ހަރަކާތް ފެށުމުގެ މާ ކުރިން ފުލުހުން އެ ސަރަހައްދު ބަންދުކޮށް ބައެއް މީހުން ހައްޔަރުކުރި އެވެ.
ފުލުހުން ބުނިގޮތުގައި 17 މީހަކު އެ އެއްވުމުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދޫކޮށްލީ ކިހާ އަދަދެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އެ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެނެސް ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތަށް ހުރަސް އަޅަން އިދިކޮޅުން އިއްޔެ އޮތީ ރާވައިފަ އެވެ. އަދި މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ.
އެކަމަކު ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އިދިކޮޅުން މަގުމަތީ ހަރަކާތަށް ނުކުތްއިރު އިދިކޮޅުން ބުނީ އެއްވުމުގެ ބައިވެރިންގެ ތެރެއިން ކާނިވާ ސަރަހައްދަށް ވަންނަން ދިޔަ ބައެއްގެ މޫނަށާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހައި، އެއްވުމުގައި ބައިވެރިވުމަށް ދިޔަ އާއްމުންނަށް ހުރަސް އަޅާފައިވާ ކަމަށެވެ.
ޕީޕީއެމުން ވަނީ ޣައިރު ގާނޫނީ އެންގުންތަކަށް ތަބާނުވެ، ގާނޫނުއަސާސީން ކަަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުންނަށް އިލްތިމާސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގެންދާ ސުލްހަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އުމަރު
26 March 2022
ކީއްވެތޯ ވަކި ގައްސާނާ ސައީދު ދޫކުރަންވީ. ހައްޔަރު ކުރެވޭ އެންމެންވެސް ހަމަހަމަ ވާންޖެހޭނެ ނޫންތޯ. ނުވަތަ ތިޔަ މީހުން ތިޔަ ދޫކޮއްލީ އެއްވަންޏާ އެއްވާން ހައްޖައްދާން އެއްބަސްވެ މުޒާހަރާގައި ފިލައި އޮވެ ޔާންޓެ ފޮނުވި ސިޓީއަކާއި ގުޅިގެންތޯ
ހަމަހަމަ ނުވާނެ
27 March 2022
ތިއީއޭ މައްސަލަ ޖެހޭ ހިސާބަކީ އެންމެން ހަމަހަމައޭ ކިޔަނީ. އެކަމަކު އެންމެން ހަމަހަމަ ނުވާނެ. ޢަދުލުވެެރި އިންސާފުވެރި ހަމަހަމަ މިއީ ބޮލަށް ޗިޕްޖަހަން ޑިމޮކްރެސީއޭ ކިޔައިގެން ބަޔަކު ދައްކައި އުޅޭ ފްލޯކް ވާހަކައެއް. ތިވާހަކަ ދައްކާ މީހުން އުޅޭގޮތާއި ތިމީހުން އުޅޭ ހާލު ވިސްނާލާ. އެހެނެއްނުން. ހަމަހަމަ ވާނެ ދުވަހެއް ކަށަވަރުންވެސް އަންނާނެ. ޢަދުލުވެރި އިންސާފު އެދުވަހު ގާއިމްވާނެ. އެދުވަހަކަށް އިންތިޒާރުކުރޭ.
ގުދުގުދާބެއްޔާ
26 March 2022
ޔާމީން އައުޓް 2023 ގައި! ޔާމީން އައުޓް 2023 ގައި!ޔާމީން އައުޓް 2023 ގައި! ގައުމެއްގަ ރަޢީސް ކަން ކޮއްފައި ހުރި މީހަކު އުޅޭ ހަޑި ހުތުރުގޮތް ދޯ! ވެރިކަމައިގެން ބޫތު ކެޔަސް ދެން ތީ ފުކެއްބޮޑުވަރު!
ސީޒަން ޖެކްޝަން
26 March 2022
ޝަރުތުތަކަކާއެކު ދޫކުރިޔަސް އެހުރީ ވެރިކަމާ ބޫތުކައިފާ. އެހެންވީމާ ހިފިނުހުރެވޭނެ. ތޮށިގަނޑު ފަޅާފާވެސް ނުކުންނާނެ.
މޮހޮރީ
26 March 2022
އެކަކީ ގާސިމަށް ގަށްދާރުވެފަ ހުރި ބޭފުޅެއް. އެނެކަކީ ބައްފަޔަށް ގައްދާރު ވެފަ ހުރި ބޭފުޅުން. މި މީހުން ނުކުމެ މި ކިޔަނި މިސަރުކާރުން ގައުމަށް ގައްދާރު ވެއްޖޭ. ލަދުގެ ކަންފުޅެއް ވެސް ނެތެއްނު އަމިންލަ ހާލަތާމެދު ނުވިސްނާ ލީޑަރ ބުނާގޮތް ހަދަނި. ލީޑަރ ބޮދާ އޮތީ ގޭގަ. ދޫކޮށްލީލެއް އަވަހީ. އެޗެއް ވިސްނޭނެ އެއްނު ކުޑަގޮޅީގަ ދުވަސްތަކެއް ހޭދަ ކުރީމަ. ބައްފަ އުޅޭނެ ހާލު ކުޑަމިނުން
ޖަމަލު
26 March 2022
ކޯޓު ތަކާއި ފުލުހުންނަކީ ޖޯކެއް މިރާއްޖަެގަ. ކޮބަހޭ ހުރިހާ ރޯޔަލް ކޭސްތައް؟
ފިނިފެންމާ
26 March 2022
ކަލޭމެން ޖެހޭނި ތިހެން ތެޅިތެޅި ތިބެއް އިންޑިޔާއަކާ ނުކުޅެވޭނެ ކަން މިހާރު އިގިންޖެ ދޯ
ޖަމަލު
27 March 2022
އަޅުވެތި ވި ވާހަކަ ހާދަ ބޮޑާވެލާފަ ތިބުނީ؟
އިންޑިޔާމޭން
27 March 2022
އިންޑިޔާ އާ ނުކުޅެވޭނީ ދިވެހިރާއްޖެއަށް. އެމެރިކާ އެހެރަ ކުޅެލަނީ ތި މައިޓީ އިންޑިޔާއާ. ރަޝިޔާއަށް ތާއީދުކުރާ ގޮތް ދައްކާލީމަ އެހެރަ އަނގަމަތީގައި ޖެހީ.
ރަޖާން
26 March 2022
ސިނގިރެޓް ފޮށްޓަކާއި ލައިޓަރަކާ ދީފަ ފުލުހުން ގެންދިޔަ ބޭރު މީހާ ހަބަރެއް ނުވޭތަ؟
ސިހާނީ
26 March 2022
އިންޑިއާ އައުޓް ގޮވުން ފުލުހުން ހުއްޓުވާތޯ ބަލަން އިންޑިއާއިން އެތަނަށް ފޮނުވި އެޖެންޓް ކޮބާ..