26 މާޗް 2022 - 13:49
އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރޭގައި ފުލުހުންނާ އެކީ އުޅުނު ބިދޭސީ މީހާއަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި ބައެއް މީޑިއާތަކުން އެ މީހާގެ ފޮޓޯ އާއި ޚަބަރު އާންމުކުރި ގޮތުން މިހާރު އޭނާ އަށް އިންޒާރު ލިބެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"އިންޑިއާ އައުޓް" މުޒާހަރާ ކުރިއަށް ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަކުން ނުކުމެ، މަގުމަތީގައި ހަރަކާތްތެރިވި ބައެއް ފުލުހުންނާ ބިދޭސީއަކު ވާހަކަ ދެއްކި މައްސަލައެއް ބައެއް މީޑިއާތަކުން ރިޕޯޓުކުރި އެވެ. އަދި އެއީ އިންޑިއާގެ މީހެއް ކަމާއި އޭނާ ފުލުހުންނާ ދައްކަމުން ދިޔަ ވާހަކަތަކާ މެދު ސޯޝަލް މިޑިއާގައި ސުވާލު އުފެއްދި އެވެ.
އެ މައްސަލަ ބޮޑުވެ، ނޫސްވެރިންގެ ސުވާލުތައް ގިނަވާން ފެށުމުން ފުލުހުން މިއަދު ބުނީ އެއީ ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު ކަމަށެވެ. އަދި އިއްޔެގެ މުޒާހަރާގައި އޭނާ މަސައްކަތްކުރީ ފުލުހުންގެ މެޑިކަލް ޓީމާ އެކު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ގައުމެއް ފުލުހުން ނުބުންޏެވެ.
އިދިކޮޅުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންނާއެކު ފެނުނު ކަމަށް ބުނާ ބިދޭސީ މީހާ: އެ މީހާގެ ގައުމު ފުލުހުން ހާމައެއް ނުކުރޭ. ފުލުހުން ބުނާގޮތުން އެއީ ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް.
ބައެއް ނޫސްތަކުން އެ މުއައްޒަފުގެ ފޮޓޯ އާއި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން އޭނާ އަށް އިންޒާރު ލިބެމުންދާ ކަމަށް ވެސް އެ މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިޔަށް ގެންދިޔަ މުޒާހަރާ ތެރެއިން އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއެކު 17 މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަލީ އަހީ
27 March 2022
ދިވެހިން ގަމާރުހެއްހުން ހުއްޓާލާ! ދެން ކާކު ގަބޫލު ކުރާނީ ފުލުހުންގެ ކޮމާންޑަރު އިރުއިރު ކޮޅާގޮސް މެޑިކެއްގެ ކައިރިން ލަފާ އަހަން ޖެހޭނެކަމެއް! މެޑިކް ޔުނީފޯ ވެސް ނެތީތޯ! މާދަމާ މނިކުންނާނަނ ދިވެހިން ގަމާރުހެްދުމާ ދެކޮލަށް މުޒާހަރާއަށް! އިންޑިއާ އަންޞޯޑިއަށް ވަދެ ނިމިއްޖެ!
މާއިނގޭ
30 March 2022
ހުރިހާ ފުލުހުންވެސް ފަސްޓް އެއިޑް މޮޑިއުލް ކިޔަވާނެ ބޭސިކް ރެކްރޫޓް ޓްރެއިނިންގ ގައި. އެކަމަކު ވަކި ވަކި ޑިޕާޓްމަންޓްތަކަށް ފުލުހުން ޑިޕްލޯއިކޮށް އެފުލުހުން ސްޕެޝަލައިޒްވަނީ އެންމެން މެޑިކަލްސްއަކުން ނޫން. އެހެންވީމަ މުޒަހަރާގައި އިތުރަށް ފުލުހުންގެ ލަސްކަރު ހަރުދަނާކޮށް ޕްރޮފެޝަނަލް ކުރުމަށް ސިވިލް ނުވަތަ ބިދޭސީ މުވައްޒަފުން ބޭނުންކުރުމަކީ ކުރެވިދާނެ ކަމެއްކަން ދަންނަން އެބަ ޖެހޭ. ވާނުވާ ނޭނގި ހުރިހާ ކަމެެއް ސިޔާސީ ނުކޮއްބަލަ.
އަލީީި
27 March 2022
ރާއްޖޭގައި ވަރަށް ގިނަ މުޒާހަރާތަށް ކުރެވިއްޖެ، ދުވަހަކުވެސް އެއްވެސް ބޭރުމީހެއް ޕޮލިސް ސައިޑުން އެއްވެސް ކަމެއްގަ ހަރަކާތްތެރިވެފައެއްނުވޭ. މިއީ މިކަން ކުރި ފުރަތަމަ ފަހަރު. ޕޮލިހުންގެ ތެރޭގައި ފަސްޓް އެއިޑް ނުހަދާ ހުރި ޕޮލިހެއް ނުނުންނާނެ، މެޑިކަލް މީހަކު ދުވަހަކުވެސް މުޒާހަރާކުރާތަނަކަށް ނުގެންދާނެ. ކަމެއް ދިމާވިޔަސް އެކަން ކުރަނީ ދިވެހި ފުލުހުން. މިއީ ހަމަރަގަޅަށްވެސް ވިސްނާލަން ޖެހޭ ވަރަށް ސީރިއަސް މައްސަލައެއް. ނުބައެއް އެބައުޅޭ.
މާއިނގޭ
30 March 2022
ތިހިރީ މާބޮޑަށް އެނގިފަ. މުޒަހަރާތަކުގައި ބިދޭސީ ނަރުހުންނާއި ޑޮކްޓަރުންވެސް އުޅެފައި ހުރީ. އެނގިގެން ވާހަކަ ދައްކަބަލަ. ސިޔާސީ ވިޔަސް ފުކެއް ބޮޑުވަރު.
މެޑިކަލް
27 March 2022
މެޑިކަލް ޓީމްގައި ހިމެނޭ ބިދޭސީނަށް ފުލުހުންގެ ޔުނިފޯމް ދިނުމަކީ ކޮންފަދަ ނިކަމެތި ކަމެއް. އަދި ދިވެހި ފުލުހުންގެ ޤާނޫނާވެސް ހިލާފު ކަމެއް. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
އައްޔަ
27 March 2022
އިމުރާނުމެން އަދިވެސް ހީކުރަނީ ދިވެހިންނަކީ ގަމާރު ބައެއް ކަމަށް. މިއީ 80 ގެ އަހުރެތަކެއް ނޫނޭ ބަލަގަ. މިހާރު ދިވެހިން މާ ތަންދޮރު ދަނެއޭ ބަލަގަ. ޗާހެން އޮޅުވާނުލެވޭނެ މިހާރު.
ތާބެ ކަނބުލޮ
27 March 2022
މީގެންދޭހަވަނީ ސަރުކާރުން އެދެވެނީ ފާޑެއްގެ ހުއްދައެއް މުޒާހަރާކުރާފަރާތްތަކައްވެސް މުޒާހަރާގައި ބިދޭސީން ބޭނުން ކުރެވިދާނެކަން އަނެކޮޅުން އެކިޔާ އެމަޑީޕީގެ ޖަންގަލް ޕީޕީ ރޭޑިއޯންބުނޭ މިހާރުއަންނަނީ ބޭރުމީހުންނައް ވަޒީފާދެމުންނޭ އެމެންނައް ދިވެހިންނައް އިތުބާރެއް ނުކުރެވޭ އޭގެ ހެއްކެތާ މިފެނިގެން ދިޔައީ
އަބްޑޫޅް
27 March 2022
ފޮޓޯގަ، ފުލުސް ކާރުގަ އެ ތިބަ މީހުންގެ ތެރެއިން ބައެއް މީހުންވެސް، ހީވާގޮތުން އެއީ ފުލުސް ޔުނިފޯމުގަ ތިބި އިންޑިޔާ މީހުން. ދެ މީހުންގެ ސިފަ އަކީ ޕަންޖާބީން ތިބޭ ސިފަ.
ލުލު
27 March 2022
ޖޭމުސް ބޮންދު
މިވަރެއްނެތް
26 March 2022
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ތިބުނާމީހަކަށް ވަޒީފާދިން ދުވަހާއި، ދޭ މުސާރައާއި، ޕާސްޕޯޓު ނަންބަރާއި، އެޑްރެހާއި، އެކޮމަޑޭޝަނާއި، ހެލްތް އިންޝޯރެންސް ފަދަ މައުލޫމާތު ހޯދަން އެދުމުން ތިކަމުގެ ތެދު/ދޮގު ވަރަށް ފަސޭހައިން ސާފުވާނެދޯ!
ރާއްޖެ
27 March 2022
ތި ދައްކަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާކަހަލަ ވާހަކަ. ތި މައުލޫމާތެއް ނުދޭނެ.
މަޖުދީ
29 March 2022
މި އަސްލު ކުރަންވީ ކޮމެންޓަކީ.
ވަހީދު
26 March 2022
ވަރަށް ވިސްނުން ކޮށިކޮށް ކޮށްފައިވާ ކަމެއް. އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ނުކުންނަ ވަރަށް މީހުންނަކީ ވަރަށް ނުރިފައިތިބި ބައެއް. ފުރާނައަށް ވެސް ނުރައްކާ ވެދާނެ އެފަދަ ތަންތަނަށް އެމީހުން ނެރެންޏާ.
މުންކޮސް
26 March 2022
ކުދިންނޭ އެއީ އެދުވަހު ކޮމާންޑު ކުރަން ހުރި އިންޑިއާ ސިފައިންގެ މީހެކޭވެސް ކިޔާ. ތެދު ދޮގު ބަލާފަ ވާހަކަ ދައްކަބަލަ