އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބޭއްވި އެއްވުން ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 މާޗް 2022 - 20:46
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާއިން، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާ އެކު، އެ ޕާޓީގެ 16 މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ލީޑަޝިޕްގެ ބޭފުޅުންނާ އެކު ޕާޓީގެ ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ކައުންސިލްގެ މެމްބަރުން ވެސް ހިމެނެ އެވެ.
އޭގެ ފަހުން، އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކާނިވަލަށް ވަންނަން ދިޔަ ބައެއްގެ މޫނަށާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހައި، އެއްވުމުގައި ބައިވެރިވުމަށް ދިޔަ އާއްމުންނަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ޣައްސާނާއި ސައީދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެ ދެ ބޭފުޅުން ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބޭއްވި އެއްވުން ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ގާނޫނު އަސާސީގެ 27 އަދި 32 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގަށް އަރައިގަނެ، އެ ހައްގު ހަނިކޮށް މި ކޯލިޝަންގެ ރެލީ ކުރިއަށް ގެންދެވޭނީ ކާނިވަލުގައި ކަން އެންގުމާ އެކު، ކާނިވަލްގައި ކުރިއަށް ގެންދިއުމަށް ނިންމި ރެލީ ވެސް ހުއްޓުވުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން އެންގުމާ އެކު އެކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރުކޮށް އަދި މި ޣައިރު ގާނޫނީ އަމުރު ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެކެވެ،" ކޯލިޝަންގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމުން ވަނީ ޣައިރު ގާނޫނީ އެންގުންތަކަށް ތަބާނުވެ، ގާނޫނު އަސާސީން ކަަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް ފުލުހުންނަށް އިލްތިމާސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގެންދާ ސުލްހަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކޮށްފައިވަނީ، އިންޑިއާ ސިފައިންނާ ދެކޮޅަށް ކުރާ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.
ފުލުހުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނީ މާލޭގެ އެކި ސަރަހައްދުގައި ބާއްވާ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެންނަ ކަމަށާ އަދި ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތަށް ހުރަސް އަޅަން ރާވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، މާލޭގައި އުޅޭ ކުށް ކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރި ކުރުމަށް ޕީޕީއެމް/ޕީއެންސީން ރާވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިދިކޮޅުން ބޮޑު މުޒާހަރާއެއް ކަމަށް ބުނި ނަމަވެސް މިއަދުގެ މުޒާހަރާގައި އެހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
26 March 2022
ތަންތަނަށް އެއްވަންޏާ އެއްވާން ހައްޖައްދާންވީނޫންތޯ ޔާމީނުވަނީ ސަރުކާރު ހިންގެވި ދުވަސްވަރު ބުނެފަ. ވީމާ އެއްވުމަކީ ޔާމީނު އެދޭކަމެއްނޫން. އަދި އޭރު މުޒާހަރާކުރާމީހުން ހިފާ ހައްޔަރުކޮން އެމީހުނަށް އިންސާނިއްޔަތާއި ހިލާފު އެތަށް އަނިޔާއެއް އެ ސަރުކާރުންވަނީދީފަ. ދެން ތިމާ ގޭގައި ފިލާއޮވެ އެހެން މީހުނަށް ނަސޭހަތް ދީގެން އެއްވާން ތިޔަ ފޮނުވަނީ ކީއްވެތޯ. ވީމާ ތިޔަކަމުގަ ޔާމީނު ތާއީދު ކުރާނެ ގޮތަކީ މުއްދަތު ޖަހާފަ އެމީހުން ޖަލުގަ ބޭތިއްބުން.
ބޮޑުމީހާ
26 March 2022
އިންޑިއާ އައުޓަކީ ހަމައެކަނި ޔާމީނުގެ ވިސްނުމޭ ސިޔާސީ މީހުން ކިޔަނީ ދެން ޔާމީނާއި އަދުރޭއާއި ދެމީހުންކުރާ މުޒާހަރާއެއް ބޭއްވުމުގެ ފުރުސަތުވެސް ފުލުހުން މި ނުދިނީ.
ގުދުގުދާބެއްޔާ
26 March 2022
ހެހެހެ! ގަޓްރައީސް ހޮރަށް ވަދެ ކަޅުވެނެއްހެން ފިލާއޮތީ!
ސަރޫ
26 March 2022
ގޭންގުތައް މަގުމަށްޗަށް ނެރެގެން ކުރަށްއުޅުނި ކަންތައްގަނޑް ފުލުހުން ހުއްޓްވާލިލެއް ވަރައްމޮޅު. ލީޑަރ ވެސް ފިލީވިއްޔާ ނޭވާ ހޮޅިއަށް އެޅިގެން
ސަރ
26 March 2022
16 މީހުން ކަނޭ އެއްވީވެސް. އެހެންތާ ވާނި ލީޑްކުރަށް ބުނި ގަޓްރައީސް ހޮރަށް ވަދެ ފިލާފި ވިއްތާ.
ޙައްބޭ
25 March 2022
މިފުލުހުންނަށްވެސް މުޒާހަރާތަކާ ބެހޭގޮތުން މިލިބެނީ އިރާގުގެ ފަނާކުރަނިވި ހަތިޔާރާ ބެހޭގޮތުން އެމެރިކާއަށް ލިބެމުން ދިޔަ ކަހަލަަ މައުލޫމާތު. މުޒާހަރާގެ ކަންކަން ނިމިގެންދާއިރު އެބުނާ ގޭންގު ކުދިންނާއި ހަމަނުޖެހުން ހިންގާ ބަޔަކު ނުފެނޭ.
ވަކަފޫޅު
26 March 2022
ގޭންގޭ؟ އެކަހަލަބައެއް ނޫޅެނޭ ރާއްޖޭގައެއް.
ސީޒަން ޖެކްޝަން
25 March 2022
ހައްޔަރުކުރިލެއް މާމަދު. އަނެއްކާ ބޮޑުބާޒުއޮތީ ފިލާ.