މޯލްޑިވްސް މިޔުޒިކް އެންޑް އާޓް ސެންޓަރާއި ދިރާގުގެ އިސްވެރިން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ދިރާގު
31 މާޗް 2022 - 14:15
ކޮންމެ އަހަރެއްގެ ރޯދަމަހު މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން ބާއްވާ "މަދަހަ ރަން އަޑު" މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ކުޑަކުދިންނަށް ހާއްސަ އެ މުބާރާތް އެންމެ ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ރޯދަމަހު އެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އެއީ ކުޑަކުދިންގެ ތެރެއިން ރީތިކޮށް މަދަހަ ކިޔާ ކުދިންނަށް އެ ފުރުސަތުދީ، އެ ކުދިންގެ ހުނަރު ކުރިއަރުވަން ބާއްވާ މުބާރާތެއް ކަމަށް ދިރާގުން ބުންޏެވެ.
މި އަހަރުގެ މުބާރާތުގައި 90 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު، އެ ޕްރޮގްރާމް ދައްކާނީ ރޯދަމަހުގެ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 4:15 އިން 4:45 އަށް ވީޓިވީންނެވެ. މުބާރާތުގެ އެޕިސޯޑުތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންް ޕްލެޓްފޯމުން ވެސް ބެލޭނެ އެވެ.
ދިރާގުން ބުނީ ދީނާ ގުޅުން ހުރި ކަންކަން ޕްރޮމޯޓް ކުރުމުގައި އަބަދުވެސް އެ ކުންފުނިން އެހީތެރިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
31 March 2022
ފޮޓޯގަ އެ ތިބީ ކޮން ކުދިންނެއް؟