ސްޕޯޓްސް ލިންކް: 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
03 އެޕްރީލް 2022 - 12:06
ރާއްޖޭގައި ފިޓްނަސް އާއި ކުޅިވަރާ ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވިއްކަމުން އަންނަ ސްޕޯޓްސް ލިންކުގެ ރޯދަ ޕްރޮމޯޝަން ފަށައިިފި އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ސްޕޯޓްސް ލިންކުގެ ފިހާރަތަކުން ލިބެން ހުންނަ ޕްރޮޑަކްޓުތަކުން 5-30 ޕަސެންޓާ ދެމެދުގައި ޑިސްކައުންޓް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
- ވޯކިން ޕެޑް: 30 ޕަސެންޓް ޑިސްކައުންޓް
- ފުޓްބޯޅަ ޖޯޒީ: 25 ޕަސެންޓް ޑިސްކައުންޓް
- އެކްސަސައިޒް ބައިކް: 20 ޕަސެންޓް ޑިސްކައުންޓް
- ބީޗް ސޭންޑަލްސް: 20 ޕަސެންޓް ޑިސްކައުންޓް
- ފުޓްބޯޅަ، ފުޓްސަލް ބޯޅަ، ވޮލީ ބޯޅަ: 20 ޕަސެންޓް ޑިސްކައުންޓް
- ޑަމްބެލް (ޕެއާ)، ޖިމް ދަބަސް،: 15 ޕަސެންޓް ޑިސްކައުންޓް
- ޑަމްބެލް (ސިންގަލް)، ފިޓްނަސް ހެދުން، ފުޓުބޯޅަ ބޫޓު، ދުވާ ބޫޓު: 10 ޕަސެންޓް
- އެހެނިހެން ސާމާނު: 5 ޕަސެންޓް ޑިސްކައުންޓް
ސްޕޯޓްސް ލިންކުގެ އޮފިޝަލަކު ބުނީ ރޯދަޔާ ދިމާކޮށް ބޮޑެތި ޑިސްކައުންޓުތަކާ އެކު ޕްރޮމޯޝަން ފެށީ ރަނގަޅު ސިއްހަތެއްގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަކީ ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުތައް ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ޕްރޮމޯޝަން މަޖީދީމަގާއި އަލިކިލެގެފާނު މަގު ބައްދަލުވާ ކަންމަތީގައި ހުންނަ ސްޕޯޓްސް ލިންކް ފިހާރަ އާއި ޗާންދަނީ މަގުގައި ހުންނަ ސްޕޯޓްސް ލިންކް އަލްޓްރާގައި ވެސް ކުރިއަށްދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާދިރު.
03 April 2022
ސޮނީ މީހުން ވަރަށް ކަންބޮޑުވާނެ ތިވަރަށް ޑިސްކައުންޓް އެޅުވީމަ.