ވެޓަރަންސް ކަޕް އެންމެ ފަހުން ކާމިޔާބު ކުރި މާޒިޔާއިން މުބާރާތުގެ ތަށި އުފުލާލަނީ: ދެއަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މުބާރާތުގައި މާޒިޔާ ވާދައެއް ނުކުރޭ -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
02 އެޕްރީލް 2022 - 15:05
ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމްޟާން މަހެއްގައި ބާއްވަމުން ގެންދިޔަ ވެޓެރަންސް ކަޕް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މިދިޔަ ދެއަހަރު މުބާރާތް ކުރިއަށް ގެންގޮސްފައި ނުވަނީ ކޮވިޑް-19ގެ ސަބަބުންނެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2019 ގަ އެވެ. އަފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ، ދިވެހި ސިފައިންގެ ކްލަބް ބަލިކުރުމަށް ފަހު އެވެ. މިފަހަރުގެ މުބާރާތުގައި މާޒިޔާ ވާދައެއް ނުކުރެ އެވެ.
މުބާރާތުގައި ހަތް ޓީމު ވާދަކޮށްފައިވުމުން، މުބާރާތް ކުރިއަށްގެންދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.
- ދިވެހި ސިފައިންގެ ކްލަބް
- ދަ ގްރާންޑޭ
- ޕޮލިސް ކްލަބް
- އެމްއެސް މޭޓްސް
- ގްރީން ސްޓްރީޓްސް
- ހުޅުމާލޭ ވެޓެރަންސް ކްލަބް (އެޗްވީސީ)
- އީގަލްސް
ހޯމަ ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި އެޗްވީސީ އެވެ. އެންމެފަހުގެ ރަނަރަފް ސިފައިގެން ކްލަބްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަންގާރަ ދުވަހު ނުކުންނާނީ ގްރާންޑޭއާ ދެކޮޅަށެވެ.
ވެޓެރަންސް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެކްލަބުން ވަނީ ހަތަރު ފަހަރަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ނިއު ރޭޑިއަންޓުން ތިން ފަހަރު ކާމިޔާބު ކުރި އެވެ. އެމްއެސް މޭޓްސްއިން އެއްފަހަރު އަދި މާޒިޔާއިން އެއްފަހަރު ކާމިޔާބު ކުރި އެވެ.
ކުރިގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މުބާރާތުގައި ކުޅެވޭނީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މުބާރާތުގެ 35 އަހަރުން މަތީގެ ކުޅުންތެރިންތެރިޔާ އާއި 40 އަހަރުން މަތީގެ ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލޫ
03 April 2022
އެފްއޭއެމުން ރެނޭ އަށް 2.9 މިލިއަން ރުފިޔާ ދައްކަން ފީފާއިން އަންގައިފި.އަދިވެސް ނިއު ވިކުޓުރީ ފަލީހަތް ކުރަމުން ބަންސާމާއި މަހުލޫފަށް އުޅެވޭތޯބަލާ. އިސްތިއުފާ ދީބަލަ ދިވެހި ފުޓްބޯޅަ ހަލާކު ނުކޮށް
ސަފޯޓަރ
03 April 2022
ނިއުރޭޑިޔަންޓާ ނުލައި ދިވެހި ފުޓްބޯޅަ ކުރިޔަށް ނުދާނެކަށް ވަރަށް އަވަހަށް ހާމަވާނެ އިންސާ ﷲ
އަގީލް
03 April 2022
ތިޔައީ ވެޓަރަންސް ކަޕެއްނޫން. ކުދިން ކޮޅެއް ގްރޫޕެއް ހަދައިގެން ހަވީރު ފިންޏަށް ކުޅޭ މުބާރާތެއް. ނިއު، ވިކްޓްރީ، ވެލެންސިއާ ނެތި ކޮން ވެޓަރަންސްއެކޭ ކިޔާކަށް.