އެމެކްސް ކާޑެއް މީހަަކު ހިފައިގެން. އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރި ކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި--ފޮޓޯ:ބީއެމްއެލް
03 އެޕްރީލް 2022 - 12:58
ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑުންކުރާ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހެއްގެ ތުރުކީ ދެކޮޅު ޓިކެޓާއި 1،000 ޑޮލަރު ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެ އެވެ.
American Express Promotion
Use your American Express card to participate
ބޭންކްގެ ހާއްސަ ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު
މި ޕްރޮމޯޝަން ކުރިޔަށް ދާނީ މި މަހުގެ 1 އިން އަންނަ މަހުގެ 7 ވަނަ ދުވަހަށެވެ. މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ހުންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
ބީއެމްއެލްގެ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބި އިރު 7،000 އަށް ވުރެ ގިނަ މާޗެންޓުން އެބަ ތިއްބެވެ. ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުން އަންނަ ބޭންކު ވެސް މެެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy