ވިޔަފާރި / އެޑްވަޓޯރިއަލް

ފިންލެންޑާއި ބިލަބޮންގް ސްކޫލުގެ ގްރޭޑް އެކެއްގެ އެޑްމިޝަނަށް މާދަމާ ރޭ ހުޅުވާލަނީ

ފިންލެންޑު ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި ވަޑާމުގެ މަސައްކަތެއް ދަސްކުރަނީ.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

13 އެޕްރީލް 2022 - 13:10

3 comments

އަންނަ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރަށް ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1ގެ އެޑްމިޝަނަށް މާދަމާ ހުޅުވާލާނެ ކަމަށް، އެ ދެ ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުނެފި އެވެ.

އެ ތަނުން ބުނީ ދެ ސްކޫލުގެ ގްރޭޑް 1 ގެ އެޑްމިޝަނަށް ހުޅުވާލާނީ މާދާމާ ރޭ 9:00 ގައި، އައިލެންޑާސްގެ ވެބްސައިޓް www.islanderseducation.com މެދުވެރިކޮށް ކަމަށެވެ.

ގްރޭޑް 1ގެ އެޑްމިޝަނަށް މި އަހަރު ހުޅުވާލަން ހަމަޖައްސާފައިވަނީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ އެހެން ޕްރީ ސްކޫލްތަކުގެ ބެލެނިވެރިންނާއި އާންމުންނަށް އެއް ތާރީހެއްގަ އެވެ. އެޑްމިޝަން ދޭނެ ތަރުތީބަކީ އޮންލައިން ފޯމް ހުށަހަޅާ ތަރުތީބުން "ފަސްޓް ކަމް ފަސްޓް ސާވް" އުސޫލުންނެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އޭޔާ ވެލަންނޭ ވިދާޅުވި އެ ސްކޫލަށް ދަރިވަރުން ވެއްދުމުގައި ބެލެނިވެރިން އެންމެ ގަޔާވާ އެއް ކަމަކީ ފިންލެންޑުގެ ކޯ ކަރިކިއުލަމް، ރާއްޖޭގެ އާދަކާދައާ ސަގާފަތަށް ފެތޭ ގޮތަށް ބަދަލުކުރެވިގެން ސީދާ ރާއްޖެއިން އެ ފުރުސަތު ލިބުމެވެ. މީގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ޑރ. އޭޔާ ފާހަގަކުރެއްވީ ސްކޫލް ހުޅުވުނީއްސުރެ މިވީ ތިން އަހަރަށްވުރެ ގިނަ މުއްދަތުގެ ތެރޭގައި ވެސް ސްކޫލްގެ ޖާގަތައް މުޅިން ފުލްވެފައި އޮންނަ އޮތުމެވެ.

"އަޅުގަނޑުމެންގެ ކަރިކިއުލަމާއި ކިޔަވައިދިނުން ބައްޓަންވެފައި އޮންނަނީ މައުލޫމާތު ހިތުދަސްކުރުވުމަށް ވުރެ ބޮޑަށް ދަރިވަރުން އެންމެ ތުއްތު އިރުއްސުރެ ދަރިވަރުން އަމިއްލައަށް ވިސްނާ ދިރާސާކޮށްގެން މައުލޫމާތާއި ކަންކަން ހިނގާގޮތް ދަސްކޮށްދީ، އެ ކުއްޖެއްގެ ކިޔެވުމުގެ ފުރިހަމަ ޒިންމާ އެކުއްޖަކު އަމިއްލައަށް ނެގުމަށް. އަދި ވާދަވެރިކަމުގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހުންނަ ހާއްސަ ހުނަރެއް ދެނެގަނެ، އެކަން ތަރައްގީކުރުމަށް މަސައްކަތްކޮށްދީ، ކޮންމެ ކަމެއްގައިވެސް އެކުއްޖަކަށް ވީ ވަރަކުން ބައިވެރިވުން އިތުރުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

މާލޭގައި 2019 އަހަރުން ފެށިގެން ހިންގަމުން އަންނަ ފިންލެންޑް ސްކޫލުގައި އާއްމުކޮށް ކިޔަވައިދޭ މާއްދާތަކުގެ އިތުރަށް ވަޑާމުގެ ތަފާތު އާލަތްތަކާ އެކު ގާއިމްކޮށްފައިވާ ކްރާފްޓް ރޫމްގައި ހިންގާ ކްލާސްތަކާއި ކެއްކުމާއި ދޮވެ އިސްތިރިކުރުން ފަދަ އާއްމު ދިރިއުޅުމުގެ އަސާސީ ހުނަރުތައް ކަރިކއުލަމްގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭ ހޯމް އިކޮނޮމިކްސް ކްލާސްތަކަކީ ވެސް ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ކްލާސްތަކެއް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ބިލަބޮންގް ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއް އިންޓަނޭޝަނަލް ސްކޫލު، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް މައުރޫފާ ވިދާޅުވީ އެ ސްކޫލްގެ އެންމެ ހާއްސަކަމަކީ ސްކޫލްގެ ޒަމާންވީ އަދި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކަރިކިއުލަމެވެ.

"އަޅުގަނޑުމެންގެ ސްކޫލަށް ގްރޭޑް 1 އަށް ވަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަކީ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ނިންމުމަށްފަހު ވަންނަ ދަރިވަރުން. އެގޮތުން، ޕްރީސްކޫލުން ފައްޓާ ކަރިކިއުލަމް ހުއްޓުމެއްނެތި ޕްރައިމަރީގައި ވެސް ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތަކީ ގިނަ ބެލެނިވެރިން ފާހަގަކުރާކަމެއް،" އޭނާ ވިދާޅުވި އެވެ.

މައުރޫފާ ވިދާޅުވީ އެސްކޭޖީ ގައި ކިޔަވާ ދަރިވަރުން ގްރޭޑް 1 އަލަށް ފަށައިގަންނައިރު އެންމެ އިސް އެއްކަމެއްގެ ގޮތުގައި އެ ކުދިންގެ ކިބައިގައި އުނގެނުމުގެ އަސާސީ ހުނަރުތައް ތަރައްގީ ކުރުމަށް ސްކޫލުން ހާއްސަ ސަމާލުކަމެއްދޭނެ އެވެ. އަދި ސްކޫލުގައި ހިންގޭ އުނގެނުމުގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ އިޖުތިމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އަބަދުވެސް ވަކިން ހާއްސަ ސަމާލުކަމެއް ދޭކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް އެސްކޭޖީ ނިންމާ ގިނަ އަދަދެއްގެ ދަރިވަރުން ގްރޭޑް 1 އަށް ވެއްދުމުގައި ޖާގައިގެ ވާދަވެރިކަން ބޮޑުކަމަށް އައިލެންޑާސް އިން ބުންޏެވެ. އެހެންވެ، އެޑްމިޝަން ހުޅުވާ ތާރީހާއި ވަގުތަށް ހުރިހާ ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ އެ މީހުންނަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމަށް އައިލެންޑާސް އިން ފާހަގަކުރެ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 ގެ އެޑްމިޝަނާ ގުޅޭ ހުރިހާ މައުލޫމާތެއް އެ ސްކޫލްތަކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ފަރާތުން ބުންޏެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެފުއްކެހެރި ނުވެބަލަ!

14 April 2022

ނޯރވޭ، ފިންލޭންޑް، ޑެންމާރކް، ސްވީޑްން، މިތަންތަނަކީ ދުނިޔޭގެ އެންމެ އުފާވެރިމީހުން އުޅޭގައުމުތައް. އަދި އެންމެ ކުރިއަރާފައިވާ ގައުމު ތައް. އަދި އެންމެ ދީންތަކާ ދުރު ގައުމުތައް. ކީއްވެބާ މި ގައުމުގަ ސްކެންޑިނޭވިއަންއައް ނިސްބަތްވާ ސްކޫލް މިހުޅުވަނީ؟ މި ގައުމުން ބޭނުންވަނީ ސައޫދީ، ޔަމަނީ، ކުވެއިތީ، ޣަތަރީ، އިރާގީ، އިރާނީ، ލީބިއަން، ސީރިއަން، ނުނީ ޕާކީސްތާނީ ސްކޫލް ތަކެއް ނޫންތަ؟ ނޫނީ މި ގައުމުގަ ހަމަ ދެފުއްކެހެރިން ގިނައީބާ؟

The name is already taken The name is available. Register?

ސަލީމް

14 April 2022

އުފާވެރި ހަބަރެއް

The name is already taken The name is available. Register?

އިލްމް އުގެނުމޭކިޔައި ކުޅެނީ.

14 April 2022

ވަޑާންކުރަން މޮޅަށްދަސްވާނީ ވަޑާންގެއަކުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454