އެރިކް ޓެން ހަގް މެޗުން ބަލިވުމުން މާޔޫސްވެފައި: ޔުނައިޓެޑާ ބެހޭގޮތުން ސުވާލު ކުރުމުން ޖަވާބު ދޭކަށް އޭނާ ބޭނުން ނުވީ --- ފޮޓޯ: އީޕީއޭ
18 އެޕްރީލް 2022 - 11:26
ރޮޓަޑަމް (އޭޕްރީލް 18) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާ އެރިކް ޓެން ހަގުގެ އަޔެކްސް، ޑަޗް ކަޕްގެ ފައިނަލުގައި ޕީއެސްވީ އަތުން 2-1 އިން ބަލިވެއްޖެ އެވެ.
ރޮޓަޑަމްގައި ހުންނަ ފެއިނޫޑްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ އަޔެކްސްއިންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ ރަޔާން ގްރަވެންބާކް އެވެ. ޕީއެސްވީން ނަތީޖާ ބަދަލުކުރީ ދެވަނަ ހާފުގަ އެވެ. މެޗުގެ 48 ވަނަ މިނެޓްގައިި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެރިކް ގުޓިއަރޭޒް އެވެ. އޭގެ ދެ މިނެޓް ފަހުން ކޯޑީ ގަކްޕޯ ޕީއެސްވީ މޮޅުކޮށް ދިން ލަނޑު ޖެހި އެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވޭ ޓެން ހަގް އަށް ޑަޗް ކަޕް ގެއްލުނަސް ލީގު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ނެދަލެންޑްސް ލީގުގެ އެއްވަނައިގައި އަޔެކްސް އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެޓީމުން ވަނީ 72 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ޕީއެސްވީ އަށް ލިބިފައި ވަނީ 68 ޕޮއިންޓެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑާ ބެހޭގޮތުން ސުވާލު ކުރުމުން އެ ސުވލަށް ޖަވާބު ދޭކަށް ޓެން ހަގް ބޭނުމެއް ނުވި އެވެ.
"އަހަރެން ދެކޭ ގޮތުގައި މިއީ ޕްރެސް ކޮންފަރެންސް ނިންމާލަންވީ ވަގުތު،" ޔުނައިޓެޑާ ބެހޭގޮތުން ސުވާލު ކުރުމުން ޓެން ހަގް ބުންޏެވެ.
ރޭގެ މެޗުން ބަލިވުމުން އެކަމުން އަރައިގަތުމަށް އޭނާ އަށް 24 ގަޑިއިރު ބޭނުން ވާނެ ކަމަށް ޓެން ހަގް ބުންޏެވެ. ޕީއެސްވީން ޑަޗް ކަޕްގެ ޗެމްޕިއަންކަން މި ހޯދީ 2012 އަށް ފަހު އެވެ. މިއީ އެ ޓީމުން އެ މުބާރާތް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯ މެން
18 April 2022
ތަފާތަކީ ޗެލްސީން ކާމިޔާބް ހޯދާކަން.
ކޮންޓެ
18 April 2022
ތިއޮތީ ފެށިފަ. ފާގަހަސަނު ދިޔަފަހުން ތިވަރެއަގަ ތި އުޅެނީ، މެންޔޫ އަންނަ ކޯޗުން، އަދި އަންނަން ހިތުއަޅާ ކޯޗުން ވެސް.
ރަދީފްއޮފިޝަލް
18 April 2022
ކޮންޓެ ބްރޯގެ ކްލަބް ޗެލްސީ ވެސް ވަނީ ފާގަސަން މެންޔޫއިން ދިޔަ ފަހުން 7 ކޯޗުން ގެނެސްފަ.މެންޔޫ އިންވެސް މިއަދަދަށް ކޯޗުން ގެނައި.ނަމަވެސް ތަފާތަކީ 7 ކޯޗުންގެތެރެއިން މެންޔޫގެ 2 މީހުން އެއީ ކެއާޓޭކާ ސްޓޭޓަސްގަ ތިބި 02 މީހުން ، 1 އެކަކު އެއީ އިންޓަރިމް.އެހެންވީމަ ކޯޗުން ބަދަލުކުރުމުގަ ޗެލްސީ އަދި އޮތީ ތަންކޮޅެއް މަތީގަ.އެހެން ނޫންތޯ ބްރަދާ.ވ.ވެދުން