އަލީ އަޝްފާގް ދަގަނޑޭ: ފިޓްނަސް ހިފަހައްޓަން އޭނާ ވަނީ މެރަތަން ރަނާސް ޓީމާއެކު މެރަތަން ޓްރޭނިން އަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 އެޕްރީލް 2022 - 14:26
ގައުމީ ޓީމުގެ ފޯވާޑް، އަލީ އަޝްފާގް (ދަގަނޑޭ) ފިޓްނަސް ހިފަހައްޓަން ނަސްރުﷲ އަހްމަދުގެ މެރަތަން ރަނާސްގެ ޓީމާ ގުޅިއްޖެ އެވެ.
އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުރި ދަގަނޑޭ ވަނީ މިދިޔަ އަހަރު، ދުވުންތެރިޔާ ހަސަން ސާއިދާ އެކު ޓްރޭނިން ހަދައިފަ އެވެ. ނަސްރުގެ ކޯޗު ކަމުގެ ދަށުން ދަގަނޑޭ ޓްރެއިނިން ހަދާތާ ހަފުތާއެއް ވެއްޖެ އެވެ.
އެންމެ ގިނަ މެރަތަންގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިޔާ ނަސްރު ބުނީ ދަގަނޑޭގެ ކޮންޑިޝަން ރަނގަޅު ކަމަށެވެ. އަދި ދުވުމުގައި ކުރިއަށް ދާން ދަގަނޑޭ އަށް ހިތްވަރު ދެމުންދާ ކަމަށް ވެސް ނަސްރު ބުންޏެވެ.
"މިހާރު އަޝްފާގްގެ ޓާގެޓެއްގެ ގޮތުގައި އޭނާ ބޭނުންވޭ 17 ނުވަތަ 18 މިނެޓުން ފަސް ކިލޯމީޓަރު ފުރިހަމަ ކުރަން،" ނަސްރު ބުންޏެވެ.
"އެއީ ވަރަށް ރަނގަޅު ޓާގެޓެއް. އޭނާގެ ކޮންޑިޝަން އަށް ބަލާއިރު އެހާހިސާބަށް ކުރު މުއްދަތެއްގައި އޭނާ އަށް ދެވޭނެ."
ނަސްރުﷲ އަހްމަދު (ވ) އަޝްފާގް އަށް މެރަތަން ރަނާސްގެ ޖޯޒީ ހަވާލުކޮށް ދެނީ
ނަސްރު ބުނީ އިންޓަނޭޝަނަލް މެރަތަންއެއްގައި ދަގަނޑޭ ބައިވެރި ކުރުމަށް މެރަތަން ރަނާސްގެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އުމުރުން 36 އަހަރުގެ ފޯވާޑާ ބެހޭގޮތުން ނަސްރު ބުނީ އުމުރަށް ވުރެ އަދި ވެސް އަޝްފާގް ލެވަލް ރަނގަޅު ކަމަށެވެ.
"މެންޓަލީ އޭނާ ވަރަށް ރަނގަޅު. ގިވް އަޕް ނުކޮށް މަސައްކަތް ކުރުމުގެ ވިސްނުން އޭނާގެ އެބަހުރި. އެކަހަލަ އަޒުމެއް އޭނަ ގެންގުޅުމަކީ ވެސް ކޯޗަކަށް ހުންނަ މީހަކަށް ލިބޭ ހިތްހަމަޖެހުމެއް،" ނަސްރު ބުންޏެވެ.
މިއަހަރު ފުޓްބޯޅަ ސީޒަންގައި އަޝްފާގް ކުޅުނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު އެކަންޏެވެ. އަތޮޅު ތެރޭގައި ބޭއްވި މުބާރާތެއްގައި ކުޅެނިކޮށް އަނިޔާވުމުން އޭނާ މިދުވަސް ކޮޅު ހުރީ ކުޅުމާ ދުރުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުވާ
19 April 2022
ދެން ތިބުނާ ކޯޗުން ކޮބާ ތިޔަބުނާ ކޯޗުން ކުރާ ކަމެއް ފެންނާކަށް ނެއް. ސާއިދު ވޮޅުވެފަ އެހުރީ އެން އެން ޑީއެފް ގެ އެހީތެރިކަމާއެކު. ކޮއްމެ ގޮތެއްވިއަސް ނަސްރު ކާރީގަ ވިމަގު ރާއްޖޭގެ ވަރުގަދަ އެތުލީޓުން ތިބީ. ނަސްރު އާ ދިމާލަށް އިގިލި ދިއްކުރެވޭ ވަރުގެ މީހަކު ނެއް.
ހެޔޮ އެދޭ ފަރާތް
19 April 2022
ކޮންމެ މީހަކުވެސް ދައްކަނީ މޮޅުވާހަކަ. ނަސްރު ކޯޗިންވެސް ހަދާފަ ހުރީ މިކަމުގަ އެއްވެސް ޑައުޓެއް އުޅެންޔާ އެތްލެޓިކްސް އެސޯސިއޭޝަން އިން މިކަން ސާފުކޮށްލާ. އަދި ބުނެލަން އޮތީ ތި މޮޅެތި ކޯޗިން ޓްރޭނިންގ ހަދާފަ ތިބި ކޯޗުންނަށް ކޮށްދެވުނީ ކޮން ކަމެއްތޯ އޭ؟ ހަޤީގަތަކީ ކޮންމެ މީހަކުވެސް ބަލަނީ ބެލެނިވެރިން ފެލައިގެން އެކަޑަމީ ހިންގޭތޯ. ލާރި ބޭނުންވަނީ ތި މޮޅޮ ކޯޗުން. އެތުލީޓަކު ނެރޭކަށް ނޫޅެ.
ޗިލީ
19 April 2022
މި ރާއްޖޭގަ ކޯޗަކަށް އެބަވޭ ދުވާ ކޮންމެ މީހެއް. ބަލަ ނަސްރު އަކީ ކޯޗެެއް ނޫން. ތި އުޅެނީ އަޝްފާގު ހަލާކު ކޮށްލަން. ނޭޕާލް ކޯޗް ފޮނުވާ ޓްރެއިނިންގ ނަސްރު ކޮޕީ ޕޭސްޓް ކޮށްފަ މީހުނަށް މިދެނީ. ކޯޗަކަށް ވޭތަ ސެޓްފިކެޓް ނެތަސް. ސްޕޯޓްސް މިނިސްޓްރީން މި ކަން ކަން ބަލަން އެބަޖެހޭ ކުރިޔަށް އޮތް ތަނުގަ…
ދުވާ
19 April 2022
ބުރޯ ކަލޭތަ ކޯޗުކަމުގެ ސެޓްފިކެޓް ދެނީ. ވާނުވާ އެސޯސިއޭޝަންގެ ޖަރީމާ ތަކުގެ ވާހަކަ ދެއްކީމަ ހާދަ ވަރެއް ވަނީ.
ށުކަންޓޭ ރާއްޕެ
19 April 2022
ބަލަ ނަސްރު އެއީ ކޮންމެ އެއްޗަކަސް ހެވެއްނު ބަލާބަލަ 2019 އިންފެށިގެން ކާކުގެ ކޯޗުކަމުގެދަށުންތޯ ދިގުދުވުންތެރިން އެންމެ ކާމިޔާބު ހޯދާފަވަނީ.. ސެޓިފިކެޓު އޮތަސްވާނުވާ ނޭނގޭމީހުން އުޅެނީ ގައުމީ ޓީމު ކިޔައިގެން ތިއުޅޭ މީހުންނައް ވާކަމެއް ނުހުރޭ ނަސްރުގެ ޓީމުކުދިން ކުރީގައުޅެނީ
ހެޔޮ އެދޭ ފަރާތް
19 April 2022
އިންޓަނެޓްގަ އެބަހުރި ދުނިޭގެ އެންމެ މޮޅެތި އެތުލީޓުންގެ ޓްރޭނިިންގ މިސާަލަކަށްއ ބޯލްޓްގެ ޓްރޭނިންވެސް ލިބެން އެބަހުރި. ދެން ކީއްވެގެންބާ އެފެންވަރުގެ އެތުލީޓެއް ނުނެރެވެނީ. މުޅިން ގަމާރު ވާހަކަ. އަޅެ ތި މޮޅުމީހެއްވިއްޔާ ރިޒަލްޓް ނެރެބަލަ. ރަނގަޅު އެތުލީޓެއް ނެރިލަބަ.
ސާއިދު އަލީ
19 April 2022
ތިކިޔާ ނަސްރު ތީ އެއްވެސް އެއްޗެއް ކިޔަވައިގެން ކޯޗަކަށް ވެގެން އުޅޭ މީހެއްނޫން! ނޭޕާލް ގެ ކޯޗެއްގެ އަތުން ވޯކްއައަުޓެއް ގަނެގެން އޭތިބަލައިގެން އަމިއްލެޔައް ކޯޗްވެގެން އުޅޭ މީހެއް! ޢަޝްފާގް ގެންގޮސްގެން އެއުޅެނީ ސްޕޮންސަރ ހޯދަން ފސޭހަކަށް!!!
ދުވާ
19 April 2022
ސާއިދު ޢަލީ ތީވަރަށް އިވޭ މީހެއްނު އެސޯސިއޭޝަންގެ ކޯޗު ކަމާ ހަވާލުވާން ފެނޭ. އަޝްފާގް ވެސް ފޮނުވާނަން
ހަލަނިމަދިރި
19 April 2022
ހަހަހަ ވަރައް ޖޭވެއްޖެދޯ… ނަސްރު އަކީސްޕޮންސާ ހޯދަން ނުކުމެފަ ނުލިބި ގެޔައް ވަންނަމީހެއްނުން ނަސްރުއަކީ ކާމިޔާބު ކޯޗެއް ހިންގާލާފަ އުޅޭތީ ޖޭވަނީއޭތި
ޕިސް ޕިސް
19 April 2022
ހާދަ ގަމާރޭ މިދައްކާ ވާހަކަ. ނޭޕާލް ކޯޗް އެއީ އަދި ކާކުތަ. އެޔައްވުރެއް މާ މޮޅޮ ވޯލްޑް ކްލާސް އެތުލީތުންގެ ޕްރޮގްރާމް ގަންނަން ލިބެން އެބަހުރި. އަޅެ އެޕޮރޮގްރާމް ބޭނުން ކޮށްގެން އެތުލީޓެއް ނެރެބަލަ. ކިތަންމެ މޮޅު ޕްރޮގްރާމެއް އޮތަސް އަދި ނުވާނެ. ފޮތެއް އޮތަކަށް އެދުރެއް ނުވާނެ. ނަސްރުގެ އެތލީޓުން މޮޅު ކަން ޖެހޭނީ ޤަބޫލުކުރަން. މިހާރު 1500މ އިން ފެށިގެން 42ކިލޯމީޓަަރަށް ޤައުމު ތަމްސީލުކުރަން އެތުލީޓަކު ނަަގާނަމަ ނަގަން ޖެހޭނީ ނަސްރުގެ އެތުލީޓއެް.
ދުބުރިހެންސް
18 April 2022
ދެންފިޓުވާނެކަމެއް ނެތޭ ޅައުމުރުގަ އޭރު ދެއްކި މޮޅުކުޅުން މިހާރުދެން ނުދެއްކޭނެ އެއީ ފިޓުނުވާތީއެއް ނޫން އެއީ ހަމަ އުމުރުން ދުވަސްވީމަ އެންމެނަށްވެސް ވާގޮތް ދަނގަޑޭވެސް އެކަން ދެން ގަބޫލުކުރޭ
ދުވާ
18 April 2022
ވާނުވާ ނޭގޭ ވާހަކަ ދައްކާ އެއީ އުމުރާ ގުޅިފަ އޮއްނަކަމެއް ނޫން. އުމުރުން ދުވަސްވީ މީހާއަށް ވުރެހާލުގަ ޅަކުއްޖާ މިހާރުވެސް އުޅެނީ.
ބުރުގާ
18 April 2022
ދަގަނޑޭގެ ކެރިއަރުނު ދިޔަގޮތް ވަރައް ވީކަޅާ. ކެރިއަރުގެ އާކޮޅު ލިބުނު ދެ ޔޫރަޕު ދަތުރުވެސް ބޭކާރުކޮއްލީ.
ޖޫލޭ
18 April 2022
މިހާރު މޯޑް ދުވާތާ ކިހާ ދުވަހެ އަދިވެސް އުޅެނީ ނެސަނަލް ފެންވަރުގެ މުސާރަ ނުލިބޭ. ނޭޕާލް ކޯޗް ޓްރޭނިންގ ޕޮރުގުރާމް ފޮނުވީމަ އޭތި މިހަދަނީ .
ދުވާ
18 April 2022
ފުރަތަމަ ޖެހޭނީ އެސޯސިއޭޝަންގެ މިހާރުގެ ވެރިން ބަދަލުކުރަން. އެމީހުންގެ ވިސްނުމުގަނެއް އެތުލީޓުން ކުރިއަރުވުމުގެ ވިސްނުމެއް. 20 އަހަރު ވީއިރު ކޮބާ އުފެއްދުނު އެތުލީޓެއް. މިޑިލް ލޯންގް ޑިސްޓެންސް އެއީ ބޭކާރު އެތުލީޓުން ،
ދުވާ
18 April 2022
ހަމަހަމަ ހުސޫލުގެ ތެރޭން މުސާރަ ދޭނަމަ ތިމަންވެސް ފެނުނީސް. އެތުލީޓަކު އެތުލީޓަކަށް ވާން ކުރާ ހަރަދާ ގާތައް ވެސް އެސޯސިއޭޝަން އިން އެހީތެރިނުވޭ. ދިވެހި އެތުލީޓުން ނޫފެދެނީ 20 އަހަރު ވަންދެން ގެންގުޅޭ އަމިއްލަ އުސޫލުތަކާހުރެ. މިމީހުން އުޅޭނީ ކޮންމެ މީހަކު 2 ކުލަބު ހަދާގެން އިންތިހާބު ކާމިޔާބު ކުރަނީ. މިއީ ހަގީގަތަކީ.
ހެޔޮ އެދޭ މީހެއް
19 April 2022
އެކަމެއް ނޭންގެ އޭނަ ފަހަތުން އަދިވެސް އަންނަނީ މިޑްލް ޑިސްޓެންސް ދުވާމީހުންވެސް. އެކަމު މުޙައްމަދު އަކީ ލޯންގް ޑިސްޓެންސް އަށް ޓްރޭނިްނގ ހަދާ މީހެއް. ލަދު ގަންނަށް އެބަ ޖެހެ އެއްނު. ވަރަށް ސަލާމް
ޟުޞް
18 April 2022
ޢަޝްފާގުގެ ކެރިއަރުގައި ލަފާދޭނެ ބަޔަކު ތިބި ނަމަ ވަރަށް ބޮޑަށް ކުރިއެރުން ލިބުނީސް.
ޟާން
18 April 2022
1 ގަޑި 40 މިނެޓް އިރުން ހާފް މެރަތަން ދަގަނޑޭއަށް ޖެހޭނެ. 18 މިނިޓުން ކިހިނެއްތޯ 21.2 ކިލޯ މީޓަރު ޖަހާނީ.
ސަތޭކަ އެކާވީސް
18 April 2022
މީގަ އެބއޮތްތަ ހާފް މެރަތަން ޖަހާ ވާހަކަ. މީގަ އޮތީ 18 މިނިޓުން 5 ކިލޯ މީޓަރު ޖަހާ ވާހަކަ. m
ޑަނޑޫ
18 April 2022
ދަގޭއަކީ އަދިވެސް މޭންއެއް.