ހުރަސްތައް ނައްތާލައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މަަސައްކަތްތެރިންގެ ހައްގު މިންވަރު ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި. -- ފޮޓޯ / ރައީސް އޮފީސް
01 މެއި 2022 - 11:29
މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހަކު ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ މަސައްކަތް ކުރުވައި އުޖޫރަ ނުދީ ލަސްކުރުމާއި ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް މުޖުތަމައުގެ ތެރޭގައި އަދިވެސް އެބަހުރި ކަމަށެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާއި ހިލާފު ކަންކަންކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މުހިއްމު އެއް ބަދަލަކަށް މި ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފަށާފައިވާ ކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާގައި ދޭ ހިދުމަތްތަކުން މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުން މިހާރު ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން ހަނދާންކުރަންޖެހެ އެވެ. --ރައީސް
ރައީސް ސިފަކުރެއްވި ގޮތުގައި ގައުމެއްގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ''މައި އިންޖީނަކީ'' އެ ގައުމެއްގެ ހީވާގި މަސައްކަތްތެރިންނެވެ. މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ, ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރު ކުރުން ކަމަށެވެ.
''އޭރުން އަޅުގަނޑުމެން ހޯދަން މި މަސައްކަތްކުރާ ތަރައްގީގެ އައްސޭރި ދާދި ފަސޭހައިން ފެންނާނެކަން ޔަގީނެވެ،'' ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިއްބެމީ
02 May 2022
ޢެހެން ވީމާ މުސާރަ ތައްވެސް ހަމަހަމަ ކުރޭ.. މިސާލަކަށް އެސްޓީއޯ، އެޗްޑީސީ އިސް މުވަށް ޒިފުން އަށް 50000+ ލިބޭ އިރު ކުދި ކުންފުނި ތަކުގެ އިސް މުވަށް ޒިފުން އަށް މިލިބެނީ 20 ސަކަށް ހާސް. ތަފާތަކީ މި މުވައްޒުފުން ޑަބަލް މަސައްކަތް ކުރަން ޖެހުން..
މުހައްމަދު.
01 May 2022
ގައުމު ބުރަ މަސައްކަތުން މިހާހިސާބަށް ގެނައި މީހުންގެ ޕެންޝަން އަދިވެސް އޮތީ އެންމެ ފުރަތަމަ ދިން ވަރަށް. ރަގަޅު ގޮތަކަށް ވާނީ މިހާތަނަށް މުސާރަ ޔަށް އައި ބަދަލުތަކާއި އެއްވަރަށް ޕެންޝަނަށް ވެސް އެ ބަދަލު ގެނައުން.
ބުރުގާ
01 May 2022
މަސައްކަތްތެރިންގެ ހައްގު މިންވަރު އަދާކުރެވިއްޖެއެއްނު. އެއޮތީ ޕޮލިހުން ބުނެފޭ މޭޑޭ ހިނގާލުން ބާއްވައިގެން ނުވާނެޔޭ.... ރައްވެހިފަތިސް
ކަނޑުދާއްބަ
01 May 2022
އޑޕގެ ވައުދުތައް އެހުރީ ސާފުކޮށް މެނިފެސްޓޯއިން ފެންނަން އެވައުދުތައް ފުއްދުމައް ރައްޔެތުން މިއޮތީ ހުރިހާބާރެއް އޑޕއަށް ދީފާ ސަރުކާރު ހުރިހާމުވައްސަސާއަކާ ކުންފުނިތަކާ މުޅި ޖުޑިސަރީ ތިއޮތީ ބޭނުންގޮތަކައް މޮޑޭ ފުއްގަނޑެއް ގޮތައް އަތައްލައިދީފަ އެކަމަކު މަސަކަތްތެރިންނާ ޑުރައިވަރުންނާ ދެންވެސް ތިބިބަޔަކު މިވީ އިތުރައްނިކަމެތި މުއްސަންދިން ސަޔާސީ ޕޯޑިއަމްތަކުގަ ފެލޭ މީހުންގެ ހައްގުތައް އެކަނި މިގައުމުގަ މިއޮނަނީ ވެރިންވެސް ގިނަވަތު ތިބެނީ ގަދަނިދީގ
ހެހޭ
01 May 2022
މީގެ ފަސްއަރު ކުރިން ބަޔަކަށް ކޮށްދިން މަސައްކަތުގެ އަގު އަދިވެސް އެއްކޮށް ނުލިބޭ. ހޯދަންދާނީ ކާކު ކާރިއަށް؟ ޝަރުޢީ ކޯޓަކަށް ދިޔައީމަ ދޭން އަންގާ ހުކުމެއް ކުރާނެ. ހުކުން ތަންފީޛު ކުރަން މައްސަލަ ވެއްދީމަ ވާގޮތް ވަރަށް ރަނގަޅަށް އެނގޭ.
ޖުކި
01 May 2022
ސިޔާސީ މަގާމު އިތުރު ކޮށްބަލަ. އަނގައެއް އޮތީމަ ދެއްކިދާނެ ވާހަކަ. މިހާރުވެސް ސަރުކާރު އޮފީސްތަކުގަ މިސިޔާސީ މީހުންގެ ކަންކަން ކުރަން ޓެކްނިކަލް މީހުން މިޖެހެނީ. ކަމެއް ކުރާ ވެސް ބއެއްނޫން ކުރަންވި ކަމެއް އެނގޭވެސް ބައެއްނޫން. ދެން ހޫރެނީ. ޓެކްނިކަލް މީހުނ ނުލިބި އެމީހުން ކެނޑި ޕްރޮޖެކްޓްސް ފެއިލް ވިމަ އެވާހަކަ ދައްކާނެ ކަމެއް ނެތް.
ދިގަލިބޮއެ
01 May 2022
ރަނގަޅު އަޚުލާގެއް ހުންނަ މީހަކުވެސް މަދު. އިދާރީ ކުދިންނާްި މޮށުމާއި ބާރުގެ ބިރުދެއްކުން ފަދަ ކަންކަމަކީ ދެރަކަންކަން. އަންހެނުން ހިމާޔަތް ކުރަނީ ޕޯޑިޔަމް ތަކުގައި އެކަނި. ފައިބައިގެން ގޮސް އޮންނަނީ އެމީހުން ނިކަމެތިކުރުން.