މަޝްހޫރު ބިރުވެރި ގޭމް ފްރެންޗައިޒް "ރެޒިޑެންޓް އީވިލް" އަށް ބިނާކޮށް ހަދާ ސީރީޒްގެ މަންޒަރެއް.
13 މެއި 2022 - 08:19
މަޝްހޫރު ބިރުވެރި ގޭމް ފްރެންޗައިޒް "ރެޒިޑެންޓް އީވިލް" އަށް ބިނާކޮށް، އަނެއްކާ ވެސް ނެޓްފްލިކްސް އިން ގެނެސްދޭ މުޅިން އާ ލައިވް އެކްޝަން ސީރީޒްގެ ޓްރެއިލާ ނެރެފި އެވެ.
ރެޒިޑެންޓް އީވިލް އެންމެ ފުރަތަމަ ސްކްރީނަށް އައިސްފައި ވަނީ ފިލްމު ސީރީޒްއެއްގެ ގޮތުގައި 2002 ވަނަ އަހަރު އެވެ. އެ ފިލްމު ސީރީޒް ބޮކްސް އޮފީހުގައި ކާމިޔާބު ވިޔަސް، ގޭމުގެ ފޭނުންނަށް ކަމަކުނުދިޔަ އެވެ.
އެއަށްފަހު މިދިޔަ އަހަރު އަނެއްކާ ވަނީ ރެޒިޑެންޓް އީވިލްގެ ސީރީޒެއް ނެރެފަ އެވެ. ގޭމްގެ އޮރިޖިނަލް ބައެއް ކެރެކްޓާސް އެ ފިލްމުން ފެނުނު ނަމަވެސް ޕްލޮޓް ގޯސްކަމުން އެ ފިލްމު ވެސް އާންމުންނަށް ކަމަކުނުދިޔަ އެވެ.
އެ ސީރީޒް ރެޒިޑެންޓް އީވިލްއާ ގުޅުވަނީ ގޭމްގެ މައިގަނޑު އަވަށް "ރެކޫން ސިޓީ" ހަލާކުވުމުގެ 10 އަހަރު ފަސް ދައްކާ ގޮތަށެވެ. އެއާއެކު މުޅި ދުނިޔެ އަށް ވަނީ ޒޮމްބީތައް ގިނަވެފަ އެވެ. އެ ސީރީޒް ވާނީ ޒޮމްބީތަކުން ސަލާމަތްވާން އުޅޭ ސަވައިވަލް ސީރީޒަކަށެވެ.
ނެޓްފްލިކްސް އިން ބުނާގޮތުގައި ސީރީޒްގެ ފުރަތަމަ ސީޒަން ޖުލައި މަހުގެ 14 ގައި ނެރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy