ޔޫރޮޕާ ލީގު ކޟާިޔާބު ކުރުމަށް ފަހު ފްރޭންކްފާޓުން އުފާފާޅު ކުރަނީ: ޔޫރަޕްގެ ތައްޓެއް މިހޯދީ 42 އަހަރު ފަހުން --- ފޮޓޯ
19 މެއި 2022 - 09:46
ސެވިއްޔާ (މެއި 19) - ޕެނަލްޓީ ޝޫޓްއައުޓްގައި ރޭންޖާސްގެ މައްޗަށް 5-4 އިން ކުރި ހޯދައި، އެއިންޓްރަކް ފްރެންކްފާޓުން، 42 އަހަރަށް ފަހު ޔޫރަޕުގެ ތައްޓެއް ހޯދައިފި އެވެ.
މީގެ ކުރިން ފްރެންކުފާޓުން ޔޫރަޕުގެ މުބާރާތެއްގެ ތަށި ހޯދީ، 1980 ވަނަ އަހަރު ކުޅުނު ޔޫއެފާ ކަޕެވެ. ބޮރޫޝިއާ ޑޯޓްމަންޑުގެ މައްޗަށް ކުރި ހޯދީ ދެ ލެގު ކުޅުނު ފައިނަލްގައި އަވޭ ގޯލުން ކުރި ލިބުމުންނެވެ.
ސްޕެއިންގެ ސެވިއްޔާގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓް އައުޓް އެޓީމަށް ކާމިޔާބުކޮށްދިނީ އެންމެ ފަހު ޕެނަލްޓީ ރަފޭލް ސަންޓޯސް ބޯރް ވައްދާލުމުންނެވެ. ކޮލަމްބިއާގެ ފޯވާޑް ވަނީ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގައި ވެސް ފްރެންކްފާޓަށް ލަނޑު ޖަހައިދީފަ އެވެ. އަދި ރޭގެ މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ވެސް ލަނޑު ޖެހީ އޭނާ އެވެ.
ރޭންޖާސްގެ މިޑްފީލްޑާ ޖޭމްސް ސޭންޑް ޔޫރޮޕާ ލީގުގެ ތަށި ކައިރިން މާޔޫސްކަމާ އެކު ހިނގާލަފައި ދަނީ: އޭނާގެ ޓީމަށް ނާކާމިޔާބުވީ ޕެނަލްޓީ ޝޫޓް އައުޓްގައި. --- ފޮޓޯ: އޭއެފްޕީ
ރޭންޖާސްގެ އާރޮން ރަމްސީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނެރުނީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު ވަގުތުގައި ސީދާ ޕެނަލްޓީ އަށް ހާއްސަކޮށްގެންނެވެ. އެކަމަކު އޭނާ ފޮނުވާލި ޕެނަލްޓީ ފްރެންކްފާޓްގެ ކީޕަރު ކެވިން ޓްރެޕް ދިފާއުކުރި އެވެ. އެ ޓީމުގެ އަނެއް ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕެނަލްޓީތައް ޖެހީ ޖޭމްސް ޓަވާނިއާ، ސްޓީވަން ޑާވިސް، ސްކޮޓް އާފިލްޑް އަދި ކެމާ ރޫފީ އެވެ.
ފްރެންކްފާޓުގެ ހުރިހާ ޕެނަލްޓީ އެއްވެސް ކާމިޔާބު ކުރި އެވެ. އެ ޓީމުގެ ފުރަތަމަ ހަތަރު ޕެނަލްޓީ ޖެހީ ކްރިސްޓޮފާ ލެންޒް، އަޖީދީން ހުސްޓްރިކް، ޑާޗީ ކަމާޑާ އެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ، ރޭންޖާސްއިންނެވެ. އެޓީމުގެ ލަނޑު ޖެހީ ޖޯ އަރިބޯ އެވެ. އޭގެ 12 މިނެޓް ފަހުން ރަފޭލް ސަންޓޯސް، ފްރެންކްފާޓަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫރޮޕާ ބާސާ
19 May 2022
އިން ސްޓައިލް. ގަދަ ކަލޭމެން. އަންނަ ސީޒަނުގައި ރައުންޑް އޮފް 16 ގަ އަނެއްކާ ކުޅެން ޖެހޭނެ ކަމަށް އުންމީދުކުރަން