އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން--ފޮޓޯ:އެމްޓީސީސި
19 މެއި 2022 - 21:23
އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ، އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 64 ޕަސެންޓުގެ ވޯޓުންނެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މި ދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޓީޓީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން--ފޮޓޯ:އެމްޓީސީސީ
އެ ކުންފުނީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމި އިރު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގަައި 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.97 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2020 ވަނަ އަހަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ. އެ އަހަރު އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. އެމްޓީސީސީގެ ހުރިހާ ހަރަދެއް ކެނޑުމަށް ފަހު ހިއްސާއަކަަށް މިދިޔަ އަހަރު ޖެހުނު މިލްކުވެރިކަމުގެ އަގަކީ 172ރ. އެވެ. އޭގެ ކުރީ އަހަރު ހިއްސާއެއްގެ މިލްކުވެރިކަމުގެ އަގަކީ 145ރ. އެވެ. އަދި 2019 ވަނަ އަހަރު އަދަދަކީ 123ރ. އެވެ. މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ވަނީ ހޮވައިފަ އެވެ. އެ ކުންފުންޏަ 478،000 ރުފިޔާ ދައްކަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮބޭ
20 May 2022
ދެރަވަރުކަމެއް. މިއީ ޚިޔާނާތެއް އިތުރު ވެހިކަލް ހޯދުމުގެ ނަމުގައި ވައްކަންކުރަނީކަމުގައި މީހުން އެބަބުނޭ.މިކަން ބަލަންވީ އަވަހައް
ރަޓުމީހާ
20 May 2022
ކުންފުނި ވަރަށްބޮޑުތަނުން ކުރިއަރައިގޮސް އަހަރީ ސާފުފައިދާވެސް އިތުރު ކަމަށް ކިޔައި އިޝްތިހާރު ކުރާއިރު ޙިއްސާ އަކަށް 3.5ރ. ބަހަން ނިންމީމާ މިހުރީ ބުނާނެ އެއްޗެއް ނޭގިފަ.
ލަކީއަލީ
19 May 2022
މައުމޫނު މިކުންފުނީ ފެއްޓެވި އިރުވެސް ހިއްސާއަކަށް މިއަސްވުރެ މާ ބޮޑުކޮށްޖެހޭ!
ބޮކިފިރާޅު ޢީސާ
19 May 2022
ޝުކުރިއްޔާ އާޒިމް. އާޒިމް އައިސް ހަމަގައިމުވެސް ކުރިއަށްވުރެ އެމްޓީސީސީ އެތަށްތަނަކުން ރަނގަޅުކޮށްފި.
ވަހީދުބޭ
20 May 2022
ޒީރޯޓޮލަރަންސް