ރަކީދޫ ގެ މަތިން ނަގައިފައިވާ ފޮޓޯ އެއް ---ފޮޓޯ: އެމްޓީސީސީ
08 ޖޫން 2022 - 10:59
ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ މަސައްކަތް އެއްކޮށް ނިންމާލީ މިދިޔަ މަހު 25 ވަނަ ދުވަހު ކަމަށެވެ.
ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 40 މީޓަރު ސަރަހައްދުގައި ވަނީ ގޮރްއިންސް ޖަހައިފަ އެވެ. އަދި 20 މީޓަރު ސަރަހައްދުގައި ގްރޮއިންސް ޖެހުމާއި 200 މީޓަރު ދިގު ބޭރު ތޮއްޓެއް ވެސް ވަނީ ހަދައިފަ އެވެ.
މީގެ އިތުރުން އެ ރަށުގައި ފަތާ ޓްރެކެއް ހަދަން 560 ކިއުބިކްމީޓަރުގެ ސަރަހައްދެއް ފުންކޮށް، ރިވެޓްމަންޓް އަދި ގްރޮއިންސް ވެސް ޖެހި އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ދިޔަ މި މަޝްރޫއަކީ 10.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ސަރުކާރުން ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގެ ދަށުން، އިއްޔެ އެމްޓީސީސީން ވަނީ ޅ. ކުރެންދޫ އަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން.
08 June 2022
ބަނދަރު އެބަވޭ ރަށް ވަރު. ތިހާ ކުދި ރަށްތަކާ އާބާދީ ތަކަކީ އެއްވެސަ މުސްތަގްބަލެއް ހުރި ތަންތަނެއް ނޫން. މިއީ މުޅި ދުނިޔެއަށް ބެލިޔަސް ފެންނަން އޮތް ސާފު ހަގީގަތް. އެކަމަކު ގޮނޑުދޮށް "ހިމާޔަތް" ކުރުމަށޭ ކިޔާފަ ބޮޑު ހަރަދުކޮށްފަ ރާއްޖޭގެ ހުރިހާ ގުދުރްތީ ރީތި ރަށްތަކާ ފަރުތަކާ ފަޅުތައް ފަސްއަޅާ ނައްތާލާތަން މުޅިން ފެންނަނީ. މިއީ ވަރަށް ބޮޑު އިސްރާފެއް އަދި މުސްތަގުބަލުގަ ޓުއަރިޒަމުން ރާއްޖޭގެ އިގްތިސާދު ފުޅާކުރެވެން ހުރި ރީތި ރަށްތައް ނައްތާލުން.