ވިޔަފާރި / އެމްޓީޑީސީ

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބަހަނީ

އެމްޓީޑީސީގެ އަހަރީ އާަންމު ޖަލްސާގައި ބޯޑު މެންބަރު. ރޭ ބޭއްވި ޖަލްސާގައި އެކުންފުނީގެ ގިނަ ހިއްސާދާރުން ބައިވެރިވެފައިވޭ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބަހަން ރޭ ފާސްކޮށްފި އެވެ.

މީރުމާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހިއްސާދާރުންގެ ތާއީދާއެކު އެވެ.

ރޭގެ ޖަލްސާގައި އެމްޓީޑީސީގެ 18،000 ހިއްސާދާރުން ބައިވެރިވި އެވެ.

މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރީ އެ ކުންފުނިން ހިއްސާއަކަށް 50 ލާރި ބެހުމަށެވެ. އެއީ 11 އަހަރަށް ފަހު އެމްޓީޑީސީގެ ހިއްސާގެ ފައިދާ ބަހަން ފެށި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެެ ކުންފުންޏަށް 211 މިލިއަން ރުފިޔާގެ ފައިދާއެއް ވި އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ. އެހާ ބޮޑަށް ފައިދާ އިތުރުވީ އެ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.

ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބައެއް ހިއްސާދާރުން ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ. އެހާ ބޮޑަށް ކުންފުނި އަޑިއަޅައިލީ އޭރު ހިންގަން ފެށި ބައެއް މަޝްރޫއުތައް މަޑުޖެހި، ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ގެއްލުމުންނެވެ.

އެމްޓީޑީސީ އަށް މިހާރު އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ދެ ރިސޯޓެއްގެ ކުލިންނެވެ. އެއީ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ.

ރޭގެ ޖަލްސާގައި ބައެއް ހިއްސާދާރުންގެ ސުވާލު އެމްޓީޑީސީގެ ބޯޑަށް އަމާޒުކުރި އެއް މައްސަލައަކީ އެ ކުންފުނީގެ ހިއްސާގެ ފައިދާ މަތި ނުވާތީ އެވެ. އަދި މިދިޔަ އަހަރު ބޮޑު ފައިދާއެއް ކުންފުންޏަށް ލިބުނު އިރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާ ވަރު އެހާ ބޮޑު ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރި އެވެ.

ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ތަޒްމީލް (ކ) ބޯޑު މެމްބަރު ނިޔާޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭގެ ޖަވާބުގައި މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ބޭނުންވަނީ ލިބޭ ފައިދާ އިން ކުންފުންޏަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ފަހިކޮށް، ދިގު މުއްދަތުގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބޭނެ ގޮތްތައް ފަހި ކުރަން ކަމަށެވެ.

"ބޭނުންވަނީ ހިއްސާދާރުންނަށް ކޮންމެ އަހަރަކު ފައިދާ ބެހޭނެ ގޮތްތައް ފަހިކުރަން. އެކަމަށްޓަކައި އަޅުގަނޑުމެން މި އަންނަނީ އިތުރު ޕްރޮޕަޓީތައް އިތުރުކުރުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ ހުޅުމާލެ އިން 7،000 އަކަފޫޓުގެ ބިމެއް ގަނެފަ އެވެ. އެ އޮފީސް އިމާރާތާއެކު އެމްޓީޑީސީގެ ހިންގުމުގެ ހަރަދު ކުޑަކުރެވި، އެ ކުންފުންޏަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ފަހިވާނެ ކަމށް ތަޒްމީލް ވިދާޅުވި އެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައިގުރު

11 June 2022

.60.(ފަސްދޮލަސް ލާރި. ހައްހައްހާ. ރައްޔިތުންނަށް ބަލަދު އަރާފަ އޮތް ތަނެއް. ތިތާގެ ހިއްސާ ކޮންމެހެންވެސް ގަންނަން ޖެހޭނެ. ހާދަހާ ވާ ފައިދާ އޭ.

The name is already taken The name is available. Register?

އުފެދުމުގައި

10 June 2022

އުފެދުމުގައިވެސް ބާތިލް ތަނެއް. ތިތަން އުވާލާ، ހެޔޮނުވާނެ. ގާސިމާއި ޗަމްޕާޔަށް ނާޖާއިޒް ފައިދާ ލިބުންނޫންކަމެއް ނެތް.

The name is already taken The name is available. Register?

ޙޙ2022

10 June 2022

ޓި އެމްތީތީސީ އުވަލަ.....ބޮއިހަލަކި

The name is already taken The name is available. Register?

ރަބީހް

10 June 2022

18ހާސް ހިއްސާދާރުން ބައިވެރިވިއޭ؟؟؟

The name is already taken The name is available. Register?

ނަބީހް

10 June 2022

އާނއެކޭ. އެވަރުގެ ހޯލެއްގަ 18 ހާސް މީހުން ތިބޭނެގޮތެއް މަވެސް މިވިސްނަނީ. އަނެއްކާ ވައްމޭޒު ޖަހާފަ. ގަލޮޅު ދަނޑަށްވުރެވެސް ބޮޑުވީނު.

The name is already taken The name is available. Register?

ބައިރަހާ

10 June 2022

ކަލޯ. ޕްރޮކްސީ ކިޔާ އެއްޗެއް އެނގިގަބަލަ.

The name is already taken The name is available. Register?

އަހައްމަދޫ

10 June 2022

މިމީހުން ލަދެއްވެސް ނުގަނޭތަ ބޮޑެތި ބޯޑުތައް ހަދާ ބޮޑެތި އޮފީސް ހުޅުވައި ބޮޑެތި މުސާރަތައް ނަގައިގެން ތިބެން

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

10 June 2022

މިވަރުގެ ފެންވަރު ރަގަޅު ސްޓޮކް މާކެޓެއް މި ދިވެހިރާޢްޖެ ފިޔަވައި ދުނިޔޭގަ އޮތް ހެނެއް ހީއެއްނުވޭ! ރާއްޖޭގެ މަރުކަޒީބޭންކް އެމްއެމްއޭގެ ބަލާޔާހުރެ ރާއްޖެއިން ބޭރުގެ ކޮންޕެނީ އަކުން ހިއްސާއެއް ދިވެހިންނަށް ގަނެ އެފައިސާ ރާއްޖެއަށް ގެނެވޭނެ ގޮތެއްނެތް! ދިވެހިން ކަސްތޮޅު އަޅުވާލާފައިވާ ބޮޑުކަމުން! އަދިވެސް ރާޢްޖޭގެ ސްޓޮކް މާކެޓޭ ކިޔާ ތަނުގައި ތިބި މުއައްޒަފުންނަށް މުސާރަދީފައި ބައިތިއްބާ!

The name is already taken The name is available. Register?

ބިތުފަންގި

10 June 2022

ނާގާބިލް ބަޔަކު ސިޔާސީ ގޮތުން މަގާމުދީ މުސާރަކާން ބޭތިއްބީމާ ވާނޭގޮތް ތިވަނީ. ދެން މީކޮން ބައެއް މިތިބީ ކުންފުނި ހިންގަން. ބޯހަލާކް!

The name is already taken The name is available. Register?

ސަލީމް

10 June 2022

60 ލ ތަންކޮލެއް ގިނަ. މަށައް ފެންނަނީ ތިތާ ބޯޑް މެމްބަރުންނަށް ވެސް ލާރިނދެން. 15 ހާސް ރުފިޔާގެ ބަދަލުގައި 15ހާސް ލާރި ދެން

The name is already taken The name is available. Register?

ކިލި

10 June 2022

ގައުމުގަ އޮތް ބޭކާރު އެއް ކުންފުނި

The name is already taken The name is available. Register?

ޒާލިމު

10 June 2022

ތިލާރިގަނޑު ލިބޭނެކަމުގެ އިންތިޒާރުގައި ހުންނަތާ މިހާރު ކިތައް އަހަރު މިވީ؟ މިއޮތީ ލައްވާލާފައެއްނު؟ ހިއްސާއަކަށް 60 ލާރި. ކިހާ ބައިވަރު ލިބޭނެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454