ވިޔަފާރި / އެމްޓީޑީސީ

އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ

ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ތަޒްމީލް (ކ) ބޯޑު މެމްބަރު ނިޔާޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީގެ އާމްދަނީ އިތުރު ކުރަން އިތުރު ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ރަށެއް ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.

އަހަރީ އާންމު ޖަލްސާއަށް ފަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، އެ ކުންފުންޏަށް މިދިޔަ ދެ އަހަރު ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށެވެ. އަދި ބޭނުންވަނީ އެއީ އަބަދުވެސް ފައިދާވާ، ބޮޑު އާމްދަނީއެއް ވަންނަ ކުންފުންޏަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި އަންނަ އަހަރު އިތުރު ރިސޯޓެއް ތަރައްގީ ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"މި ގޮތަށް އަމިއްލަ ޕްރޮޕަޓީއެއް ތަރައްގީކޮށް، ޑައިރެކްޓްކޮށް އެމްޓީޑީސީން ހިންގާނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީން މިހާރު ވަނީ އެ ކުންފުނީގެ ދެ ރިސޯޓު ކުއްޔަށް ދީފަ އެވެ. އެއީ އަނަންތާރާ ކިހާވަށް އަދި އަޔާދާ މޯލްޑިވްސް އެވެ. އެ ދެ ރިސޯޓުން އާމްދަނީގެ ގޮތުގައި 4.1 މިލިއަން ޑޮލަރު އެމްޓީޑީސީ އަށް ލިބިފައިވެ އެވެ.

ތަޒްމީލް ވިދާޅުވިގޮތުގައި، މިހާރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ލިބޭ ފައިދާ އިން އިތުރު އިންވެސްޓްމެންޓްތައް ކުރުމަށެވެ.

"ދައުލަތުން ވެސް އެބަހުރި ރަށްތައް އިއުލާނުކޮށްފައި. އަޅުގަނޑުމެން މި ދަނީ އެ ކަމަށް އެންމެ ރަނގަޅު ޕްރޮޕަޓީއެއް ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ރިސޯޓެއް ތަރައްގީ ކުރަން ވިސްނާއިރު ބޭނުންވަނީ އެމްޓީޑީސީ އަށް ފަސޭހައިން ތަރައްގީކޮށް، އާމްދަނީއެއް އަވަހަށް ލިބޭނެ ފަދަ ރަށެއް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބަހަން ރޭގެ އާންމު ޖަލްސާގައި ފާސްކުރި އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާަައަލްބަކުރު

10 June 2022

ކުލި ނުދައްކާ ތްންތަން ނެގީމަ ވީނު

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

10 June 2022

މިއީ އަނެއްކާ ވެސް ދައުލަތުގެ ބޮލުގަ ބޮޑު ދަރަންޏެއް އަޅުވަން އުޅޭ ބަޔެއް! މި ކުންފުންޏަކީ ބަޔަކު އަޑީގަ ތިބެގެން މުއްސަނދިވާން ވެގެން އުފެއްދި ކުންފުންޏެއް! މި ކުންފުނި އުވާލާފަ ކުލި މީރާއަށް ލިބޭ ގޮތަށް ހެދީމަ ހިއްސާދާރުންނަށް ލިބޭ ފައިދާ ބޮޑުވާނެ! ގައިމުން އެއިރުން ބޭކާރު ބޯޑަކާއި މުއައްޒަފުން ތަކަކަށް މުސާރަ ދޭކަށް ނުޖެހޭނެއެއްނު!

The name is already taken The name is available. Register?

ކޮރަލް

10 June 2022

ސަރުކާރުން ހިލޭ ރަށް ހޯދާފަ ކުއްޔަށް ދީގެން ފައިސާ ހޯދާ ބައެކެވެ. ހިހޫ ތަނުން ކާ ބައެކެވެ.

The name is already taken The name is available. Register?

އާދަމް ނިޝާން

10 June 2022

ރިޒޯޓް ހަދަން ސަރުކާރުން ދިން ރައްތައް ނުއަގުގަ ވިއްކާ ހުސްކޮށްފައި، ދެން ކޮން ރިޒޯޓެއް ހަދާކަށްތޯ ރައްތަކެއް ހޯދަން ތިޔަ އުޅެނީ،މިމީހުންނަށް 12 ރަށް ރިޒޯޓް ހަދަން އެއިރު ދިންކަމަށް ނޫސްތަކުގައި ލިޔެފަހުރި.

The name is already taken The name is available. Register?

މޯސްޓް,

10 June 2022

ވަރައް އެބަދެރަވޭ ތިކުންފުނީގެ ހިއްސާއެއް ގަނެނުލެވުނީމަ,އެހެންނަމަ މިހާރު އެކަށޭނަ ބޮޑުއާމްދަނީއެއް ލިބިފަ ހުރީސް ދޯ,

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

10 June 2022

ތި އެމްޓީޑީސީގެ މެނޭޖްމަންޓްގެ ލަދު ހަޔާތް ކޮބާ. 2 ރިސޯޓު ކުއްޔަށް ދީގެން 4.1 މިލިއަން ރުފިޔާގެ އާމްދަނީއެެއް ލުބުނޭ ބުނަން ލަދުގަންނަން ޖެހޭ. އަމިއްލަ ފަރާތްތަކުން މާލޭގައި ހިންގާ ހާޑުވެއާ ފިހާރަތކުން ވެސް އަހަރު ފައިދާ ޖުމަލަކޮށް 10 މިލިއަން ރުފިޔާ ނަގާ.

The name is already taken The name is available. Register?

ކަންޒުލް އަދަބު

10 June 2022

އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު މި ކުންފުނީގެ ނަން ކޮންމެވެސް ނޫހަކުން ފެންނާނެ. އެހެން ނޫނީ މިމީހުން ކުރާ ކަމެއް ކުންފުނީގެ މެންޑޭޓެއް މީ އޮންނަ ބައެއް ކަންވެސް ނޭނގޭނެ. ކިޔާތީ އިވޭ ރަން ތިރީސް ބެއްޔާ ސީދާ ރައްޔިތުމީހާ ޖީބަށް ޓުއަރިޒަމްގެ ނަފާ ވައްދަން އުފެއްދި ކުންފުންޏެކޯ. އަހަރެންގެވެސް އެއްހާސް ހިއްސާ އޮވޭ ތިޔަ ތަނުގަ. މިވީ ބާރަ އަހަރު ލިބުނު ފައިދާއިން މަށަށް މި އުޅެނީ ދަރިފުޅަށް ކިރު ދަޅެއްވެސް ގަނެ ނުލެވިގަން.

The name is already taken The name is available. Register?

ޢަމާނީ

10 June 2022

ޙދ އަތޮަޅުގަ ރިސޯޓް ނެތީ އެހެންވީމަ ހދ އަތޮޅުން ރަށެއްހޯދާ

The name is already taken The name is available. Register?

ވަޮލް

10 June 2022

މީ އުވާލަންޖެހޭ ކުންފުންޏެއް، އެންމެ ފުރަތަމަ ތިޔަ ކުންފުނި އުފައްދާގެން ލިބުނު ގިނަ ރަށްތަކެއް.ރިސޯޓެއް ހިންގާނެ ކެޕެސިޓީއާއި އިންޓަގްރީޓިއެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454