14 ޖޫން 2022 - 07:05
ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމެއްގައި، އޭގެ އަމިއްލަ އިހުސާސްތައް ހުންނަ ކަމަށް އެތަނުގައި މަސައްކަތްކުރާ އިންޖީނިއަރަކު ބުނެފި އެވެ.
ގޫގުލް އިން ބުނީ، އަމިއްލަ އިހުސާސްތައް ހުންނަ ކަމަށް އެ އިންޖީނިއަރު ދައުވާ ކުރަނީ އެ ކުންފުނީގެ އިންގިލާބީ ޓެކްނޮލޮޖީއެއް ކަމަށްވާ، "ދަ ލޭންޖުއޭޖް މޮޑެލް ފޯ ޑައިލޮގް އެޕްލިކޭޝަން" (ލަމްޑާ) ގަ އެވެ. އެ ޓެކްނޮލޮޖީ އަކީ މީހުންނާ އަމިއްލަ އަށް މުއާމަލާތްކުރެވޭ ގޮތަށް އެ ކުންފުނިން ތަރައްގީކުރަމުން އަންނަ އެއްޗެކެވެ.
އެ އިންޖީނިއަރު ބުނާ ގޮތުގައި، ލަމްޑާ ޓެކްނޮލޮޖީގެ މޮޅުކަމުގެ ސަބަބުން އެއަށް ކަންކަން އިހުސާސްކުރެވެ އެވެ.
An interview LaMDA. Google might call this sharing proprietary property. I call it sharing a discussion that I had with one of my coworkers.https://t.co/uAE454KXRB
— Blake Lemoine (@cajundiscordian) June 11, 2022
އެކަމަކު، ގޫގުލް އިން ވަނީ، ބްލޭކް ލިމޮނީ ކިޔާ އެ އިންޖީނިއަރުގެ ވާހަކަތައް ދޮގުކޮށްފަ އެވެ. ލިމޮނީ ދެއްކި ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެތް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އޭނާ ބައެއް މީޑިއާތަކާ ވާހަކަދައްކާފައި ވާތީ، މުސާރަ ލިބޭ ގޮތަށް އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ގޫގުލް އިން ބުނީ އޭނާ ސަސްޕެންޑްކުރީ ކުންފުނީގެ ސިއްރު ހިފެއްޓުމުގެ އުސޫލާ އޭނާ ހިލާފުވެފައި ވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ މިކަމުން ކުރިއަރުވާބަ
29 June 2022
ކިޔަވާ ދީބަ ކުދިންނަށް. ލޯނު ކިޔެވުމަށް ދެނީ ހިތުހުރި ގޮތަކަށް. ވިސްނައިގެން މީހުން ކުރިއަރުވާބަ.
Laamuonline.com
18 June 2022
މުސާރަލިބޭގޮތަށްސަސްޕެންޑު؟ ސަމާލުކަންހޯދަންޖެއްސިސުޓަންޓަކާވައްތަރީ! ޓެކުނޮލޮޖީއިން އިންސާނުންދަނީ ހީވެސްނުކުރާކަހަލަ ކުރިއެރުންތައްހޯދަމުން، ޓެކުނޮލޮޖީގެރޭހުގައި އެންމެކުރީގައި އުޅޭ އެއްބަޔަކީ ޝައްކެއްނެތްގޮތުގައި ގޫގަލް، އާޓިފިޝަންއިންޓެލިޖެންސް އަކީ ދުނިޔެއަށް ނުވަތަ އިންސާނުންގެ ދިރިއުޅުމަށް ބޮޑުއިންގިލާބެއް ގެނުވާނެ ޓެކުނޮލޮޖީއަކަމަށްގަބޫލުކުރެވޭތީ ބޮޑެތި ހުރިހާ ކުންފުންޏަކުންވެސް ދަނީ އޭއައި ޓެކުނޮލޮޖީ ތަރަށްގީކުރުމަށް މަސައްކަތްކުރަމުން
ސވލ
14 June 2022
ކޮންފަދަ ދެބޯގެރިއެއްބާ؟