އައިޝަތު ހިމްނާ ހަސަން: އިއްޔެ އޭނާ ވަނީ އަންހެނުންގެ 400 މީޓަރުގެ ރެކޯޑް މުގުރާލަފަ --- ފައިލް ފޮޓޯ: އެމްއޯސީ
14 ޖޫން 2022 - 10:01
ސްޕްރިންޓް ކެޓަގަރީގެ އެންމެ އުނދަގޫ އިވެންޓް، 400 މީޓަރުގެ އަންހެނުންގެ ގައުމީ ރެކޯޑް އެއް އަހަރު ތެރޭ އައިޝަތު ހިމްނާ ހަސަން ދެވަނަ ފަހަރަށް މުގުރާލައިފި އެވެ.
އިއްޔެ ބޭއްވި ގައުމީ ޓީމު ސެލެކްޝަންގެ ޓައިމް ޓްރެއަލްގައި 400 މީޓަރުގެ ރެކޯޑް އޭނާ މުގުރާލީ، ކުރިން އޭނާ ހެދި ރެކޯޑަށް ވުރެ އެއް މިނެޓާއި 30 ސިކުންތަށް ވުރެ އަވަހަށެވެ.
މިދިޔަ އަހަރު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 58.90 ސިކުންތުން އޭނާ ހެދި ރެކޯޑް އިއްޔެ ހުޅުމާލޭ ސިންޓެޓިކް ޓްރެކްގައި ދުވެ އޭނާ ނިންމީ 57.56 ސިކުންތުންނެވެ.
Congratulations @himnahasan on breaking Maldives National Record of 400m clocked 57.56sec at the @AthleticsMv time trial. Previous record 58.90sec was also made by Himna pic.twitter.com/auKA0cChtx
— Mohamed Tholal (@Tholal) June 13, 2022
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ތޮލާލް، ހިމްނާ އަށް މަރުހަބާ ވިދާލުވެ ކުރެއްވި ޓްވީޓް
އޭގެ ކުރިން ވެސް އެ އިވެންޓްގެ ރެކޯޑް އޮންނަނީ ހިމްނާ އަތުގަ އެވެ. ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ. އިއްޔެ އަކީ އޭނާ މިރެކޯޑް އާ ކުރި ފަސްވަނަ ފަހަރެވެ. ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި ވާދަކޮށް ހިމްނާ ވަނީ ދެވަނަ ފަހަރަށް އެ ރެކޯޑް އާ ކޮށްފަ އެވެ. އޭރު އޭނާ ރޭސް ނިންމީ 59.73 ސިކުންތުންނެވެ.
މި އިވެންޓްގެ ރެކޯޑް ހިމްނާ އެންމެ ފުރަތަމަ ހެދީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އިންޑީގެ ނިއު ދެއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރްފަތު އަހްމަދު، 1:33 (އެއް މިނެޓް ތިރިސް ސިކުންތު) ނިންމައިގެން ހެދި ރެކޯޑް ހިމްނާ މުގުރާލި 59.76 ސިކުންތުންނެވެ.
ހިމްނާ އަށް އެންމެ ފަރިތަ އިވެންޓަކީ ވެސް 400 މީޓަރުގެ އިވެންޓެވެ.ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގައި ވާދަކޮށް އެ ކެޓެގެރީގެ ފައިނަލަށް ވެސް ހިމްނާ ދަތުރު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނުބެ
14 June 2022
1 މިނިޓާއި 30 ސިކުންތައްވުރެ އަވަހަށޭ؟؟؟ އެކަމަކު ކުރިން ދުވީ 58.90 ސިކުންތުން މިފަހަރު ދުވީ 57.56 ސިކުންތުން. ދުވުންތަކުގަ ގަޑި ބަލާއިރު މިލި ސެކަންޑް ވެސް ބަލާތީ 58.90 ޖަހާފަ އެ ހުންނަނީ 1 މިނިޓާއި 30 ސިކުންތުން އާންމުކޮށް ދުވެ އުޅޭ މީހަކުވެސް 400 މީޓަރު ދުވާނެ.
ށަވިޔަނި
14 June 2022
ތަހުނިޔާ
ީއަޙްމަދު.
14 June 2022
58.90 ސިކުންތުން ހެދި ރިކޯޑެއް 57.56 ސިކުންތުން ނިންމައިގެން ރިކޯޑް ހެދީމަ ކިހިނެއްތަ 1 މިނިޓާއި 30 ސިކުންތު އަވަސްވަނީ؟