މުހައްމަދު މާހިރު.
22 ޖޫން 2022 - 13:50
ޔުނިވާސަލް އެންޓަޕްރައިޒަސްގެ އެއް ހިއްސާދާރު މުހައްމަދު މާހިރު (މުހައްމައިދީ) މިއަދު އަވަހާރަވެއްޖެ އެވެ.
ރާއްޖޭގައި ރިސޯޓް ހިންގުމުގައި އެންމެ ކާމިޔާބު އެއް ކުންފުނީގެ އެއް ހިއްސާދާރު މުހައްމައިދީ އަވަހަރާވީ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި މުހައްމައިދީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
އުމުރުން 60 އަހަރުގެ އަހަރުތައް ގުނަމުންދިޔަ މުހައްމައިދީ އަކީ އިސްމާއިލް ނޫރައްދީނާއި މަރިޔަމް ނޫރައްދީނާއި އައިޝަތު ނޫރައްދީން އަދި ހަދީޖާ ނޫރައްދީނާ އެއްބަނޑު ބޭފުޅެކެވެ. މުހައްމައިދީގެ ބައްޕާފުޅަކީ އަބްދުލް މަޖީދު މާހިރެވެ.
އޭނާއަކީ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކަށް ބޮޑުބޭބެ ވިދާޅުވާ އަދި ޔުނިވާސަލްގެ ޑިރެކްޓަރު އަހްމަދު މާހިރު ދީދީ (އަހައްމައިދީ)ގެ އެއްބަނޑު އެއްބަފާ ބޭބެއެކެވެ. މާހިރަކީ ޔުނިވާސަލްގެ ޑިރެކްޓަރު އަލީ ނުރައްދީންގެ އެއްބަނޑު ބޭބެ އެވެ. މީގެ އިތުރުން ޔޫކޭގެ ހައި ކޮމިޝަނަރު ފަރަހަ ފައިސަލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ އެއްބަފާ ބޭބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިޔު
23 June 2022
މައްޔިތާއަށް ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވާށި!
އަބްޅޯ
22 June 2022
މާމައަކީ ފުވައްމުލަކު ފުނާޑު ގަނޑުވަރު އައިޝަތު ދީދީ. ކާފައަކީ ވެލާނާގޭ މުހައްމަދު ދީދީ. މަރުޙޫމަށް ސުވަރުގެ މިންވަރު ކުރައްށި. އާމިން.
ޢެޑްމުންޑޯ
22 June 2022
މައްޔިތާއަށް ހެޔޮރަހްމަތް ލައްވާށި ، އެންމެންވެސް މިފަދަ ޝަޚްޝިއްޔަތު މަރުތަކުން އިބްރަތް ހާސިލްކޮށް އަމަލުތަށް އިސްލާހަކޮށްލަންވީ !
ށަވިޔަނި
22 June 2022
اللهم اغفرله وارحمه واسكنه في الجنة آمين
ސައީ
22 June 2022
އިއްނާލިއްލާހި ވައިއްނާއިލައި ރާޖިއޫން މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.
ރަދީފްއޮފިޝަލް
22 June 2022
`. މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.
މަރީން
22 June 2022
އިއްނާލިއްލާހި ވައިއްނާއިލައި ރާޖިއޫން