ޚަބަރު / ފުލުހުން

ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން، އަދިވެސް އިތުރު ފިޔަވަޅު އަޅާނެ: ޕޮލިސް

މާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި ބަހެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސީސީޓީވީ ފޫޓޭޖްގެ ސްކްރީންޝޮޓެއް.

މީހުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް މަގުތަކުގައި ރޭސް ޖެހުމާއި ހުނަރު ދެއްކުން ފަދަ ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ މީހުން ހުއްޓުވާ ކަމަށާއި މިހާރަށް ވުރެން އިތުރު ފިޔަވަޅުތަކެއް އެފަދަ މީހުންނާ ދޭތެރޭގައި އެޅުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބާރު ސްޕީޑުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި، ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި އެމްޓީސީސީ ބަހެއްގައި ޖެހި މިދިޔަ އާދީއްތަދުވަހު ޒުވާން އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. އަންހެން ކުއްޖާގެ އިތުރުން އެ ކާރުގައި ދެން ތިބި ހަތަރު މީހަކަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ. އެ އެންމެންނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

މި އެކްސިޑެންޓް ހިނގި ގޮތުގެ ވީޑިއޯ އާއްމުވުމާ އެކު އާއްމުންގެ ކަންބޮޑުވުމަކަށް ވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފުލުހުން ފިޔަވަޅު ނާޅާ މައްސަލަ އެވެ. ޓްރެކް ސަރަހައްދުގައި އެކްސިޑެންޓް ހިނގުމުގެ ގަޑިއިރުތަކެއް ކުރިން އެ ކާރު ހުޅުލެ އާއި މާލޭގެ ބައެއް މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވި ތަން ބައެއް މީހުންނަށް ފެނިފައިވެ އެވެ.

ހެޑް އޮފް މާފަންނު ޕޮލިސް އިންވެސްޓިގޭޝަން، އަހްމަދު އިބްރާހިމް ވިދާޅުވީ އެ ކާރު ބާރު ސްޕީޑުގައި މަގުތަކުގައި ދުއްވި ކަމުގެ ޝަކުވާ އެކްސިޑެންޓް ހިނގި ފަހުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ކަށަވަރު ކުރަން ބައެއް މަގުތަކުގައި ސީސީޓީވީ ފުޓޭޖް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށްދާތީ އެކްސިޑެންޓުގެ ތަފްސީލެއް ނުދެއްވަ އެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

އޭނާ ވިދާޅުވި ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިފައި ހުންނަނީ ގަވާއިދަށް ކަމޭ ނުހިތައި ހިތުހުރި ގޮތަކަށް ދުއްވާތީ އެވެ.

"ބާރު ސްޕީޑުގައި ދުއްވުމާއި އޯވަޓޭކްކުރުމާއި ގޯޅި އެޅުމުގައި އެ މީހަކު ހިތުހުރި ގޮތަކަށް ވިސްނާ ވިސްނުމަކީ އެކްސިޑެންޓުތައް ހިނގަން ދިމާވާ ކަމެއް. ވަކި އުސޫލްތަކަށް ކަނޑައަޅާފައި ހުންނަ އިރު ވެސް ތަބާނުވާތީ އެކްސިޑެންޓުތައް ގިނަވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީގެ ހެޑް، ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ނުހުއްޓުވިޔަސް އެ އުޅަނދަކާ ދޭތެރޭގައި ފުލުހުން ފިޔަވަޅު އަޅާ ކަމަށެވެ.

ލައިސަންސް ނެތި ދުއްވާ އުޅަނދުތައް 15 ދުވަހަށް އަދި މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް 30 ދުވަހަށް ފުލުހުންނަށް ހިފެހެއްޓެވެ. މިގޮތަށް މާލެ އާއި ހުޅުމާލޭގައި ވެސް ދުއްވުން އާއްމުވެފައިވާ އިރު، މިހާތަނަށް ކިތައް އުޅަނދު ހިފަހައްޓާފައިވާނެތޯ އެހުމުން އޭނާ ވިދާޅުވީ ސީދާ އަދަދެއް އެނގިވަޑައިނުގަތަސް ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ.

"ތި ވިދާޅުވާ ގޮތަށް ހުރިހާ ދިމާލެއްގައި ހުރިހާ ކަންކަންމައްޗެއްގައި އަޅުގަނޑުމެންގެ ފުލުހުން އެއްފަހަރަކާ ނުތިބޭ. އެކަމަކު ޝެޑިއުލްކުރެވިގެން އެކަންކަމަށް އެޓެންޑްކުރަން. ހާއްސަކޮށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކަށް ފޯކަސްކޮށްގެން މަސައްކަތްތައް ކުރެވޭ. ރައްޔިތުން ގަބޫލުކުރާ ފެންވަރަށް އަޅުގަނޑުމެންނަށް ނުކުރެވި އޮވެދާނެ،" އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި އާއްމުންނަށް އުނދަގޫވާ ގޮތަށް ދުއްވުމަކީ ފުލުހުން ވެސް ކަންބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން މީހުންގެ ފުރާނަ އާއި މުދަލަށް އެތައް ގެއްލުމެއް ލިބެމުންދާ ކަން ފާހަގަކުރެއްވި އެވެ.

"އެކަން ކުޑަކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް އެބަކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުޅަނދު ސަލާމަތީ ގޮތުން ރައްކާތެރިތޯ އަމިއްލައަށް ދެނެގަތުން ވެސް މުހިއްމެ ކަމަށެވެ. އެތެރެކޮށްފައި ހުރި 80،000 ވެހިކަލްގެ ރޯޑްވާދިނަސް ކޮންމެ ދުވަހަކު ފުލުހުންނަށް ނުބެލޭނެ ކަމަށާއި އެކަމުގައި އާއްމުން މިހާރަށް ވުރެން ފަރުވާތެރިވާން ސަމީރު އެދިވަޑައިގަތެވެ.

ސަމީރު ވިދާޅުވި ގޮތުގައި މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުން ވެސް މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކަން ހިތައިގެން ނޫނީ އެކްސިޑެންޓްތައް މަދެއް ނުކުރެވޭނެ އެވެ.

"މީގައި ބަލަންވީ ތިމާއަށް ލައިސަންސް ލިބުނު ކަމަށް ވިޔަސް ތިމާގެ ފަރިތަކަމަށް ވުރެން އަނެކާގެ ނުފަރިތަކަމަށް. ތިމާ ކިތަންމެ ފަރިތަވިޔަސް ދެން އަންނަ މީހާގެ ފަރިތަކަމެއް ނުއެއް އެނގޭނެ. އެވަރު ބަލައިގެން މަގު ބޭނުންކުރާ ނަމަ މި އެކްސިޑެންޓްތައް މަދުވާނެ،" އަހްމަދު ވިދާޅުވި އެވެ.

104 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤިޔާސީން

11 July 2022

މި ކުޑަކުޑަ އާބާދީ ދިވެހި ފުލުހުންނަށް މެނޭޖް ނުކުރޭވޭ ކަމީ ހިތާމަ ހުރި ކަމެއް. ފުލުހުން ނިކުމެ ރޯޑްވޯތިނެސް ބަލާ ނިކަމެތި މީހާ ޖޫރިމަނާ ކުރީމަ ގޭންގް ސްޓާރުންނާ އަރިއަރިއަށް ސައިކަލާ ކާރު ދުއްވާމީހުން ހުއްޓުވޭތަ؟ ދައުލަތުން މާސިންގާ ބަޖެޓެއްދީގެން ހިންގާ މުއަައްސަސާގަ ހަރުދަނާ ބަޔަކު ތިބިނަމަ ކުށްކޮށްފަ ފިލައިގެން ނޫޅެވޭނެ މި ކުޑަކުޑަ ގައުމުގަ. ޒަމާނީ ވަސީލަތާއެކު ހެޔޮ ބުއްދި ބޭނުން ކުރާ ފުލުހުން ތިބެގެން ނޫނީ ނުވާނެ

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

07 July 2022

ދިވެހި ފުލުހުންނަށް ރާއްޖޭގެ އާބާދީގެ %25 މީހުން ވެސް އިތުބާރެއް ނުކުރާނެ! ތި މުއައްސަސާއަކީ ކަންނެތް ބަޔަކު އުޅޭ ތަނެއް! ތިޔަ ރަތް ކާރު އެކްސިޑެންޓުވެ ފުނޑުފުނޑުވީމަ ތި ބުނަނީ ބަލާލާނަމޯ ސސޓީވީ! ތި ރަތް ކާރުގެ ނުހޮރޮއްޕާން ނުޖެހޭ މީހަކު މަދުވާނެ! ތިއީ އަކީ އެންމެ ދުވަހެއް ދެ ދުވަހެއްގެ ކަމެއް ނޫން - އެތަކެއް ދުވަހެއް ވެއްޖެ

The name is already taken The name is available. Register?

2000

07 July 2022

ހުސްދޮގު ހުސް ދޮގު. ޕާޓޭންގެ ދަށުވެފައިވާ ، ކުށްވެރިން ގެ ހިމާޔަތް ކުރާ ގައުމެއްގައި ކޮންކަމެއް ވާނީ

The name is already taken The name is available. Register?

ސޯލިބ

07 July 2022

މާލެ ސިޓީގެ ހެޑް، ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ނުހުއްޓުވިޔަސް އެ އުޅަނދަކާ ދޭތެރޭގައި ފުލުހުން ފިޔަވަޅު އަޅާ ކަމަށެވެ. ފިޔަވަޅު އަޅާާއިރުވެސް މިކަންކަން މަދުނުވަނީ ކީއްވެތޯ؟ ފިޔަވަޅު އަޅަމޭ ބުނީމާ އެއީކޮން ފިޔަވަޅެއްކަމެއް ނޭގޭ. ކަންކަން އިސްލާހުވާވަރުގެ ފިޔަވަޅު އަޅާބަލަ. ހުރިހާކަންމައްޗެއްގައި ފުލުހުން ނުބޭތިއްބޭ، އެކަމަކު ޕީޕީއެމުން ތިންކެނަ ނުކުތީމާ 100- 200 ފުލުހުން އެތަނަށް ފޮނުވޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

07 July 2022

''މަގުތަކުގައި ރޭސް ޖެހުމާއި ހުނަރު ދެއްކުން ފަދަ ގަވާއިދާ ޚިލާފު އަމަލުތައް ހިންގާ މީހުން ހުއްޓުވާ ކަމަށާއި މިހާރަށް ވުރެން އިތުރު ފިޔަވަޅުތަކެއް''. ކަލޭމެންނަށް ކުރެބޭ ކަމެއް ނެތް.ހިނގަން އިތުރަށް ފިޔަވަޅު އެޅުން ނޫން ކަމެއް ނުކުރޭ.ލަދު ކޮބާ؟؟/ ވ.ވެދުން

The name is already taken The name is available. Register?

ޖަސްޓިސް ވޮރިއރ

07 July 2022

ތި ރަތް ކާރަކީ ފުލުހުންނަށް މަދުކުރަން ނުކެރޭ ޤާނޫނަށްވުރެވެސް މަތީ އުޅޭ ކާރެއް ކަމަށް މަޢުލޫމަތު ލިބޭ. ތިކާރު ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ މިހާރު ހުއްޓިފަ އެއޮތް ގޮތް ކަމަށް ބައެއް ފުލުހުން ބުނާތީ އަޑުއަހަން. މާ ބޮޑު ސިޔާސީ ބްރޯއެއްގެ ހިމާޔަތް ލިބިގެންވާ ކާރެއް ކަމަށް ވަނީ.

The name is already taken The name is available. Register?

މުހައްމަދ

07 July 2022

އެންމެ ބޮޑުމައްސަލަ އަކީ އަހަރުމެން އެކަމަކު އެޔައްވުރެ ނުބައި ކޮށްހިގާ ކަމަކީ ފުލުހުންނަށް އެއްވެސް ކަމެއްގެ ވާނުވާ ނޭގޭކަމަށް ހެދިގެން މުސާރަ ކޮޅު ލިބެންޏާ ވަރިހަމަ ވެފައި ތިބޭ ތިބުމެވެ. ފެންނަ ކަމެއް ހުއްޓުވޭ ކަމެއް ހަމަ ހަރާމެވެ. ފުލުހުން މީ ކީއްކުރާ ބައެއްކަމެއް އެގެނީ ސީޔާސީ ކަންކަމުގެ ތެރެއިން އެކަނިހެން ހީވެއެވެ. ގައުމުގަ މިހިގާ ނޭދެވޭ އަމަލުތައް ކުރިޔާލާ ހުއްޓުވުމަށް (ޕްރިވެންޝަން) ކުރާ ކަމެއް އެއްގޮތަކަށްވެސް ނުފެނެއެވެ.

The name is already taken The name is available. Register?

ސްޕީޑް

07 July 2022

ސްޕީޑަށް ބަލައިގެން ދުއްވާ މީހާ އާއި ހިގާ މީހާ މި ރާއްޖޭގައި ކުށްވެރިވަނީ... ބްރިޖް މަތީގަ އާއި ހައިވޭގައި ގަވާއިދުން ދުއްވާފައިދާ މީހާ ސިއްސުވާލާގޮތަށް ސައިލެންސަރު ހަލާކު ކޮށްގެން ދުއްވާ ކިތައް ޒުވާނުން އުޅޭ... ޕޮލިހުންނަކަށް ނުފެނޭ... ބަލި މީހެއްނަމަ، ހާޓްއެޓޭކް ޖެހޭ ވަރު ވާނެ ބައެއް ފަހަރު... ދެން ކާރާއި ޓެކްސީ ތަކުގައި އުޅޭ މީހުންނަށް އެކަނި އޮންނަ ތަނެއް ހެން މިހާރު ހީވަނީ ބްރިޖާއި ހައިވޭ... އެއްވެސް ގަވާއިދެއް ނޯވޭ.. ބަލާނެ މީހަކު ނުހުރޭ.

The name is already taken The name is available. Register?

ިޖއަޮޖއލް

07 July 2022

އެހެނެއް ނޫން ވަނީކީއެއް..... ޓުރެފިކު ބަލަހައްޓާ މީހުންނަށް ގަވައިދު ތަންފީޒު ނުކުރެވެނީ

The name is already taken The name is available. Register?

ވިކިލީކްސް

07 July 2022

މައުމޫނުގެ ވެރިކަމުގަ ސައިކަލް ދުއްވެނީ ގަޑިއަކު 20ކިލޯމީޓަރަށް ކާރުވެސް އަދި ހުރިހާ އުޅަނދަކަށްވެސް ވަކި މިންގަނޑެއް ދީފަ އޮވޭ. އަދި އެކަން ތަންފީޒު ކުރުމަށް މަގުމައްޗަށް ތިބެނީ ފުލުހުން ނެރެފަ. ނަމަވެސް މިހާރު އެކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454