ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަގިރީގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ބައްލަވާލެއްވުން-- ފޮޓޯ: ރައީސް އޮފީސް
07 ޖުލައި 2022 - 13:51
މާލޭ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީގެ މަސައްކަތް ނިންމާ މި މަހުގެ 26 ގައި އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް ދާނެ ތަނެއް ހަދަނީ މާލޭގެ މީހުންނަށް އާއިލާ އާއި ރައްޓެހިންނާ އެކު ދަތުރު ދާނެ ރަށެއް މި ސަރަހައްދުގައި ވެސް ނެތިގެންނެވެ.
މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަމުން އަންނައިރު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41 މިލިއަން ރުފިޔާއަށެވެ.
ޕިކްނިކް އައިލެންޑް ތަރައްގީކުރަނީ ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެތަނާ ކައިރީގައި ސޭންޑްބޭންކެއް ގޮތަށް 1.5 ހެކްޓަރުގެ ރަށެއް ހެދުމަށް ވެސް ރޭވި އެވެ.
ޕިކްނިކް ދާ މީހުން ފެންވެރޭނެ ގޮތް ހެދުމަށް އެތަނުގައި ފާހާނާ އާއި ކޮޓަރި ވެސް ހަދަމުން އަންނަ އިރު އެތަނުގައި މިސްކިތެއް ވެސް ވަނީ ހަދައިފަ އެވެ. ޒަމާނީ ފެންވަރަށް ތަރައްގީކުރާ އެ ރަށުގައި އާންމުންނަށް ކައްކައި ކެވޭނެ އިންތިޒާމުތައް ހުންނާނީ ހަމަޖައްސައިފަ އެވެ. އަދި ކުނި އެޅުމަށް އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ވެސް ބަހައްޓާނެ އެވެ.
ރަށް އާންމުންނަށް ހުޅުވާލުމުގެ ކުރިން އެތަން ފެހިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަދެ އެވެ. އެކި ކުންފުނިތަކުން އެ ރަށަށް ޒިޔާރާތްކޮށް ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެފައިވެ އެވެ.
ކުރިން ސަރުކާރުން ވަނީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ހަމަޖައްސައި އެ ރަށް ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް ވެސް އާންމުކޮށްފަ އެވެ.
އެނބޫދޫފަޅުން ހިއްކާފައިވާ ރަށެއް ޕިކްނިކް ދިއުމަށް ކަނޑައަޅާ 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް ވިދާޅުވީ އެ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދަތުރު ދިއުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުންކުރަން ކަމަަށެވެ. އެކަމަކު ސަރުކާރުގެ ނިންމުން ބަދަލުކޮށް ފަހުން ނިންމީ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލަންގިރި
09 July 2022
ކުޑަ ބަނޑޮހަށް ވީގޮތް ކުޑަ ގިރިއަށް ނުވެއްޖިއްޔާ ރަނގަޅު
ގުދުގުދާބެއްޔާ
08 July 2022
ކޮބާ ޕީޕީ ޕިންކޭ މެން! ބުނޭ ޔާމީނު މާކުރިން ކުރަން ނިންމާފައިވާ ކަމެކޭ!
ބޮޑުމީހާ
07 July 2022
މިމަހުގެ 26 ވަނަ ދުވަހަށް މިސަރުކާރަށް 100 ދުވަސް ހަމަވާނެ
ގުދުމީހާ
08 July 2022
އަސަރެއް ކުރާނީ
މިވެސްދޯ
07 July 2022
މިވެސް ކުރީގެ ސަރުކާރުން ކުރަން ނިންމާފައި ފަންޑުވެސް ހަމަޖައްސާފައި ދިޔަކަމެއް ދޯ.
ޢަލީބެ
08 July 2022
ރަނގަޅަށް ބަލައިފިއްޔާ އެހެން ވާނީ. މިސަރުކާރުން ރޭވި ކަންތައްތަކަށް ވާނީ ވެންޓިލޭޓަރަށް ވީ ވަރު
48343
07 July 2022
ކުޑަގިރިއަށް އަލަމްގިރި އެރުނަނުދޭތި. އޭރުން އެރަށްވެސް ވާނީ ހަލާކު.
ކުދުބެއްޔާ
07 July 2022
އެގިލައްވާ ބޭފުޅަކު މި ޕިކްނިކް އައިލޭންޑުގެ ލޮކޭޝަން ވިދާޅުދެއްވުން އެދެން!!!!
ޢަނެއްކާ އަނެއް ގިރި
07 July 2022
މިދުވަސްކޮޅު އެއްމެ ހިގަނީ ގިރިތައް
ައލމގިރީ
07 July 2022
ދުވަސް ކޮޅަކު ޕިކުނިކު އައިލެންޑްގެ ގޮތުގަ ބާއްވާފަ ޕާރޓީ ގޮލަޔަކަށް ރިސޯރޓެއް ހަދަން ދޭންތި. ކުޑަ ބަނޑޮހަށް ހެދިގޮތަށް.
ޓނޗހޖދޗބ
07 July 2022
އެކަން ކުރާނީ ފަޅުތަކާއި ގިރިތަައް ނުއަގުގައި ވިއްކާލި މީހުން
ހުސެންް
07 July 2022
މިސަރަހައްދުގަ އެބައޮތް އެތައް ރިސޯޓެއް. މިހުރިހާ ތަނަކަށްވެސް މާލޭ މީހުނަށް ދެވޭނެ. މާލޭ މީހުނެއްނޫޅޭ ސުލަމްސް އާއި މިކުސްވެގެން ތިކަހަލަ ތަންތަނަށް ދާކަށް. ތިތަނަށް ހިލޭދާނީ ޕާޓޭމެން.
ދަންޑެހެލް
08 July 2022
ކަލޭ އޮވެބަލަ ރިސޯޓްގަ އެހެންމީހުންނާ ނުބެހި، އަސަރެކޭ ދޯ ތިކުރަނީ.