09 ޖުލައި 2022 - 17:03
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަކީ ކިޔަވައިދޭ މަންހަޖުގެ ތެރެއިން ދަރިވަރުންނަށް އަމަލީ ގިނަ ފިލާވަޅުތަކެއް ދަސްކޮށްދެމުން އަންނަ ސްކޫލެކެވެ. ދަސްކުރާ ފިލާވަޅުގެ އެންމެ މުހިންމު އެއް ބަޔަކީ އެ ދަސްކުރާ އެއްޗެއް އަމިއްލަ އެކި ހާލަތްތަކުގައި ބޭނުންކުރަން އެނގުމެވެ. ދާދި ފަހުން އެ ސްކޫލުގެ ސޯޝަލް ސްޓަޑީޒްގެ ފިލާވަޅެއްގެ އަމަލީ ޕްރޮޖެކްޓެއްގެ ތެރެއިން ދަރިވަރުން ވަނީ މުހިންމު ކަންތައްތަކެއް ދަސްކޮށްފަ އެވެ. އަދި އެހާމެ ބޮޑު ކާމިމޔާބީއެއް ހޯދައި، އެ ކާމިޔާބީގެ ފައިދާ އެތައް ބަޔަކާ ވަނީ ހިއްސާކޮށްފަ އެވެ.
ދާދި ފަހުން އެ ސްކޫލުގެ "ސްޓަޑީ ކައުންސިލް އޮންޓްރޮޕްރޮނާ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދިޔަ ބޭކްސޭލާއި ޖަމްބަލް ސޭލަކީ ގިނަ ބަޔަކު ހައިރާން ކުރުވި ހަރަކާތެކެވެ.
ގްރޭޑު ހަތެއްގެ ދަރިވަރުންނަށް އެ ޕްރޮޖެކްޓުގެ ދަށުން، ކުލާހުގައި ދަސްކުރި ފިލާވަޅުތައް ބޭނުންކުރާނެ ފުރުސަތު ލިބިގެން ދިޔަ އެވެ އަމިއްލަ އުފެއްދުންތެރިކަން ހޯދައި، އަމިއްލަ ފިކުރުގައި ވިޔަފާރިއެއް ފަށައި ހިންގާނެ ގޮތުގެ ތަޖުރިބާ ލިބިގެން ދިޔަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނަށް ހަވާލުކުރީ ބިޒްނަސް އައިޑިއާއެއް އެކުލަވާލައި އެ ހިޔާލުގެ މައްޗަށް ހަވާލުކުރި ސްޓޯލުގައި ވިޔަފާރިއެއް ކުރުމަށެވެ. އެއާ އެކު ދަރިވަރުން ވަނީ ރާއްޖޭގައި ކުރާ ކުދި ވިޔަފާރިތައް ދިރާސާކޮށް، އެ ފަދަ ވިޔަފާރި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ސްޓޯލްތައް ތައްޔާރުކޮށްފަ އެވެ.
ފިންލެންޑު އިންޓަނޭޝަނަލްގެ ބޭކް ސޭލްގެ ތެރެއިން. ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް
އެ ހަރަކާތަށް ދަރިވަރުން ތައްޔާރުވުމުގެ ގޮތުން އެ ކުދިންގެ ހިޔާލުތައް މައިންބަފައިންނަށް ހުށަހެޅި އެވެ. އެ ހަރަކާތުގައި ދަރިވަރުން ތައްޔާރުކޮށްފައި ވަނީ އާއްމުކޮށް އޮންލައިން ގިނަ ވިޔަފާރިތަކުން ފެންނަ އެކި އުފެއްދުންތަކެވެ. އޭގެ ތެރޭގައި، އެކި ކަހަލަ ފޮނި ކާތަކެއްޗާއި، ފަންނީ އެކި ތަކެތި ވަނީ ތައްޔާރުކޮށްފަ އެވެ. އެގޮތުން، "ކޭކްސިކަލްސް"، ކޭކު، ކަޕްކޭކު ފަދަ އެކި "ބޭކްޑް ގުޑްސް" އާއި ޕްލަޝީޒް އާއި އަތުގަ އަޅާ އެކި ގަހަނާ ފަދަ ކަވި މަސައްކަތްތަކެއް ކޮށްފައިވާ ފަންނީ އުފެއްދުންތަކެއް ވެސް ހިމެނެ އެވެ. އެ ހަރަކާތަށް ދަރިވަރުން ހެދި ކާ ތަކެތި ތައްޔާރުކޮށްފައި ވަނީ ސްކޫލުގަ އެވެ. އެ ތަކެތި ބޭކް ކުރުމަށް ސްކޫލުން ވަނީ ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖައްސައި އެ ކުދިންނަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބަދިގެއެއް ހަދައިފަ އެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން ބޮޑު އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ޖަމްބަލް ސޭލާއި ބޭކް ސޭލް އަކީ މުހިންމު އިތުރު ފިލާވަޅެއް ވެސް ދަރިވަރުންނަށް ދަސްކޮށް ދިން ހަރަކާތެކެވެ. "ފޮ ފިޔުޗާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ސޭލުން ފައިދާގެ ގޮތުގައި ލިބުނު 20،000 ރުފިޔާ ވަނީ ރާއްޖޭގެ އެކި އެންޖީއޯތަކަށް ހަދިޔާ ކޮށްފައެވެ. އެ އެންޖީއޯތަކުގެ ތެރޭގައި ހިމެނެނީ ރެޑް ކްރެސެންޓް މޯލްޑިވްސް އާއި ސޭވް ދަ ބީޗް މޯލްޑިވްސް އާއި މޯލްޑިވްސް ސްޓްރީޓް ކެޓް ފަންޑާއި އާކް އެވެ.
ފިންލެންޑު އިންޓަނޭޝަނަލްގެ ބޭކ ސޭލުގުެ ތެރެއިން. ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަކީ ފިންލެންޑުގެ މަންހަޖުގައި ކިޔަވައިދެމުން އަންނަ ސްކޫލެއް ނަމަވެސް، އެ ސްކޫލަކީ ރާއްޖޭގެ މާހައުލާއި މުޖުތަމައަށް އަހުލުވެރި، އެ ވެއްޓަށް އަޅާލަ ދަރިވަރުންތަކެއް ބިނާކުރަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުން މި ފަދަ އިތުރު ހަރަކާތްތަކެއް އަންނަ ދިރާސީ އަހަރަށް ތާވަލުކޮށްފައި ވާއިރު، އެ ހަރަކާތްތަކުން މުހިންމު ކަންތައްތަކެއް ދަރިވަރުންނަށް ދަސްވެގެން ދާނެ އެވެ.
ނޯޓު: މިއީ ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
11 July 2022
ކިޔަވާ ދައުރުން ފެށިގެން ކުދިނއނައް ދިރިއުޅުމުގައާއި މަސައްކަތްތެރިވުމައް ހޭލުންތެރި ކުރުވުމަކީ ހުރިހާ ގޮތަކުންވެސް ރިވެތި ސިފައެއް, އްޅުގަނޑު މެންތެރޭގަ މިހާރު އޮންނަ ހަޑިވެގެންވާ ސިފައެއް ކޮއްންމެކަމަކައްވެ ނުރުހުން ފާޅުކުރުމާ ޖެއްސުން ކުރުން. ބައެއް މީހުންނައް ހީވާކަހަލަ އެއީ މޮޅުކަމެކޭ. ރަނގަޅުކަމެއްތި ކުރައްވަނީ ސްކްރިޔާ
ހެހެހެ
10 July 2022
އަސްލު ތިޔަ ބުނާ ލެވެލްއަށް ކިޔަވާދޭކަށް ތިޔަ ސްކޫލުގައި ތިޔަ ވަރުގެ ޓީޗަރުންނެއް ނުތިބޭ! ފިިންލެންޑް އިން ގެނެސްފަ 2 ތިން ޓީޗަރުން ތިބޭ! އެކަމު ދެން ތިބެނީ ދިވެހި ޓީޗަރުން! އެމީހުންގެ ނުހުރޭ ތިޔަ ސިސްޓަމަށް ކިޔަވާދޭނެ ފެންވަރެއް! އޭގެ ސަބަބަން ކުއްޖާގެ ތިޔަ ބުނާ ފެންވަރަށް ކުރިއެއް ނާރާ! އެގްޒާމް ނަހަދާ ކިޔަވާދެންޏާ ތިބެން ޖެހޭނީ ވަރަށް އެކަމަށް ގާބިލު ޓީޗަރުން ކަމަށް އަޅުގަޑު ދެކެން! އަޅުގަޑު މިވާހަކަ މި ބުނެލީ އަމިއްލަ ތަޖުރިބާގައި!
ޝަމްހާ - ބެލެނިވެރިއެއް.
10 July 2022
ކޮންމެ ކްލާހެއްގައި ފިންލަންޑު ޓީޗަރަކާ ދިވެހި ދެ ޓީޗަރުން ކިޔަވައިދޭ.އަޅުގަނޑަކީ ފިންލަންޑު ސްކޫލު ފެއްޓީސުރެއް ބެލެނިވެރިއެއް.މައުލޫމާތު ސާފުކޮއްލުން އެދެން.
ޙެހެހެ
15 July 2022
ޙެހެހެއަކީ މިސުކޫލުގެ ޓީޗަރުން ކައިރީ މަސައްކަތްކޮށް އެމީހުން ކައިރީ ކިޔަވަން އުޅުނު މީހެއްތަ ...މާބޮޑަށް މީހުން އެގިގަނެގެންތިއުޅެނީ
ފޫހި
10 July 2022
މިއީ ދިވެހިންގެ ހިތަތައް ނުބައިދިމާއަކަށް ގެންދިއުމުގެ ނުބައި ފެށުމެއް.
ާއަހުމަދޫ
10 July 2022
އުފާވެރި ހަބަރެއް! މިހުންނަނީ ކުޑައިރުން ފެށިގެން ދަސްކުރުން މުހިންމު އެތަށް ފިލާވަޅެއް.
މަރިއަމް ޙަލީމް
10 July 2022
މިގޮތަށް ހުރިހާ ސްކޫލެއްގައި ކިޔަވަދޭން ފައްޓަންއެބަޖެހޭ!ފޮތް ހިތުދަސްކޮއްގެން އެގްޒާމް ހެދިއަސް މަސައްކަތް ކޮއްގެން ދިރިއުޅޭކަށް އެއްވެސް ވަރަކަށް ތައްްޔާރެއްނުވޭ.އޯލެވެލް ޓޮޕްޓެންއާ ހެދި މުޅި ތައުލީމީ ދާއިރާގެ ފޯކަސް މިއޮންނަނީ ރިސަލްޓަށް ބުރަވެފަ.މިގޮތަށް މަސައްކަތް ކޮއްގެން ލިބޭ މާކްސް އިން ފާސްވެއްޖެޔާ މާ ރަނގަޅު.
ސްޓޭޖުމަތިން
10 July 2022
މިތަންތަނުން ކުދިންގެ ބިހޭވިއާއަށް ގެންނަ ބަދަލް މައިންބަފައިން ދެނެގަތުން ރަނގަޅު
މައިންބަފައިން
10 July 2022
ބިހޭވިއަރ ހަމަ ބަރާބަރު!
އަހްމަދު އަބްދުއްސައްތާރު
10 July 2022
ސްކޭންޑިނޭވިއަން ގައުމު ތަކަކީ މުޅި ދުނިޔޭގަވެސް އެންމެ ދީންތަކާ ދުރު ގައުމުތައް. އެމީހުންގެ ކިޔަވާދިނުން މިދިޔަ +100 އަހަރު ބައްޓަން ވެފައިވަނީ އެގޮތައް. މުޅި މަންހަޖު އޮތީ އެގޮތައް. ސުވާލަކީ އެމީހުންގެ ކިޔަވާދިނުން މާމޮޅު މިސާލަކައް ވެގެން މިގައުމައް ވާނެ ފައިދާއައްވުރެ ގެއްލުމައްވެސް ވިސްނަން ވާނެނޫންތަ؟ މި ގައުމުގަ ކޮބައިތަ ޔަމަނީ ސްކޫލް؟ ލީބިޔާ ސްކޫލް؟ ސީރިޔާ ސްކޫލް؟ އީރާން ސްކޫލް؟ އަފްގާން ސްކޫލް؟ އުރުދޫން ސްކޫލް؟ މިސްރު ސްކޫލް؟
ވޯޓުއޮޅުވާލިޖިންނި
10 July 2022
ތިތާގަތިހިރީ ހައްތަހާވެސް ދީނީކަމުންގޮސް ދާޚިލީހަމަނުޖެހުމުގަ ހަލާކުވެގޮސްފަހުރިޤައުމުތަށް.
ޕޮޕް
10 July 2022
އަފްޤާން ސްކޫލު، ޕާކިސްތާން ސްކޫލު އޮޕަރޭޓް ކުރާނެ އެކި ރަށްރަށުގައި ކޭމްޕް ޖަހައިގެން، ތިބޭފުޅާޔަށް ނޭނގޭތޯ؟
@އަހަބްމާ
10 July 2022
މިސްކޫލުން ކުދިން ހާނުވަމުންދާ ގޮތްތަކަކީ ނުރަނގަޅު ގޮތްތަކެއް ސްކޫލަށް ގެންދާނީ މެންދުރު ފަހު ހެލިފެލިވެ އުޅުން މަސުކޮށް ވަރަށް ފޮއްކޮށް ބައިތިއްބާނީ ކުދިންގެ އިސްތަށިގަނޑު ދިގުކުރުވާފަ ވަރަށް ގައްޑާކޮާށް ބައިތިއްބާފަ ތިބޭނި ޓީޗަރުން ރަސްމީ ކަންކަމުގަ ސޯޓުބުރީގައި ވެސް އުޅެވޭނެ ދެން ވިސްނާލާ
ބެލެނިވެރިއެއް
10 July 2022
އަޅުގަނޑަކީ މި ސްކޫލުގެ ބެލެނިވެރިއެއް.މި ސްކޫލުގެ ކުރިން އަޅުގަނޑު ދަރިފުޅު ކިޔެވީ ސަރުކާރު ސްކޫލެއްގަ.އެކަމަކު މި ސްކޫލަށް ވައިން ފަހުން އިސްލާމާއި ގުރުއާން ކިޔެވުމަށް އިތުރަށް ޝައުގުވެރިވި.އިސްލާމް ދީނާމެދު ލޯބި އުފެދުނު.އެއީ މި ސްކޫލުގައި ކުދިންނަށް ކިޔަވައިދޭގޮތުން.ހިތުދަސް ކުރުމަށް ވުރެ ދީނުގެ މަގްސަދާއި އާންމު ދިރިއުޅުމުގައި ކުދިންނަށް ދީންގެ މުހިންމުކަން ކިޔައިދޭ.ކޮމެންޓު ކުރުމުގެ ކުރިން ތިމާގެ ހިތާއި މައުލޫމާތު ސާފުކޮއްލުން މުހިންމު.
ކޮވެސް
10 July 2022
މަނިކުފާނު ވަޑައިގަނޭ ތޯރާބޯރާގަ ދިރިއުޅުއްވަން
ޔާމިނާ
10 July 2022
ތިބުނުއްވާ އަރަބި ކަރައިގެ ގައުމުތަކަކީ އެންމެ އެބިއޫސްގިނަ، އަނިޔާވެރި، ނިކަމެތި ގައުމުތަށް. ވިސްނާ ފިކުރު ކުރާ ބަޔެކަށް ފިލާވަޅެއް.
ގިންދީ
10 July 2022
ފަރަންޖީންނަށް ދިވެހިން ހަދަން ނޫޅޭ!
ދިންގީ
10 July 2022
ފަރަންޖީންނަށް ދިވެހިންނުވެ ކޮބާ؟ އެމީހުންނަށްވުރެ ކުރީގަ މިހާރުވެސްއުޅެނީ....