ރާއްޖޭގެ އަންހެން ރިލޭ ޓީމު (ކ-ވ) ރިފާ، ލަޔާނާ، އަލްހާ އަދި ހިމްނާ.
07 އޯގަސްޓް 2022 - 19:36
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
މަރިޔަމް އަލްހާ، އައިޝަތު ހިމްނާ ހަސަން، ރިފާ މުހައްމަދު އަދި އައިމިނަތު ލަޔާނާ މުހައްމަދު ހިމެނުނު ޓީމުން ރެކޯޑް ހެދީ 49.19 ސިކުންތުން ދުވެގެންނެވެ.
ކުރިން މި ރެކޯޑް އޮތީ މިއަދު ދުވި ޓީމުގައި ހިމެނޭ އަލްހާ، ހިމްނާ އަދި ރިފާގެ އިތުރުން ސަރާ މަސްއޫދު ހިމެނުނު ރިލޭ ޓީމުގެ އަތުގަ އެވެ. އެ ޓީމުން ރެކޯޑް ހެދީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 50.16 ސިކުންތުން ދުވެގެންނެވެ.
އެ ފަހަރު އެ ޓީމުން މުގުރާލީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އަފާ އިސްމާއީލް، އައިމިނަތު ނަޒްރާ، ޝަމްހާ އަހުމަދު އަދި މިރުފަތު އަހުމަދު 51.32 ސިކުންތުން ހެދި ރެކޯޑެވެ.
އެހެންވެ ހަ އަހަރުގެ ތެރޭ ރާއްޖޭގެ އަންހެން ސްޕްރިންޓަރުން މި ވަނީ 2.13 ސިކުންތުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ކޮމަންވެލްތު ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުގެ ފުރަތަމަ ބުރުގެ އެއް ވަނަ ހީޓުގައި ވާދަކޮށް ރާއްޖޭގެ ޓީމު ދިޔައީ ހަ ވަނަ އަށެވެ. މި ހީޓުން ކޮލިފައިވީ 43.66 ސިކުންތުން ދުވެ އެއް ވަނަ ޖެމެއިކާ ޓީމާއި 44.45 ސިކުންތުން ދުވެ ދެ ވަނަ ހޯދި އިންޑިއާ ޓީމު އަދި 45.39 ސިކުންތުން ދުވެ ތިން ވަނަ ހޯދި ސްކޮޓްލެންޑް ޓީމެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ރެކޯޑް ހެދި ރިލޭ ޓީމުގައި ހިމެނުނު ސަރާގެ ބަދަލުގައި މި ފަހަރު ހިމެނޭ ލަޔާނާ އަކީ ވެސް އޭނާ ނިސްބަތްވާ ގއ. ދާންދޫ ދުވުންތެރިއެކެވެ. ލަޔާނާ ވަނީ މި އަހަރުގެ މޭ މަހު އޮތް އިންޓަ ސްކޫލް މުބާރާތުގެ ދާންދޫ ސްކޫލް ޓީމަށް ދުވެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު އެއް ވަނަ ހޯދައިފަ އެވެ. އަދި އެ ތިން އިވެންޓުން އިންޓަ ސްކޫލް ރެކޯޑް ވެސް ހެދި އެވެ.
މި ފަހަރުގެ ޓީމުގައި ހިމެނޭ ހިމްނާ ވަނީ މީގެ 21 އަހަރު ކުރިން ޝަމްހާ ހެދި އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް މި ގޭމްސްގައި މުގުރާލައިފަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕުގައި 2001 ގައި 12.27 ސިކުންތުން ދުވެ ޝަމްހާ ހެދި ރެކޯޑް ހިމްނާ މި ފަހަރު މުގުރާލީ 12.17 ސިކުންތުން ދުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޖަކިމާލިމީ
08 August 2022
ކަލޭމެން ތިކަން ހުއްޓާލަބަލަ..
ދުވާ
08 August 2022
ކޮންމެ މީހަކު 2 ކުލަބް ހަދާގެން އިންތިހާބުގައި ވާދަކުރައް އެހެންމީހަކު ހޮވިދާނެތީ ކޮންމެހެން އެތުލެޓިކްސް އަށް ފާދާހުރިކަމެއް ކޮއްދޭ ނޫން. އެހެން ގައުމު ތަކުގެ އެތުލީޓުން އަށް ހަރަދު ކުރާގޮތަށް މިތާކު ނުކުރޭ އެތުލެޓިކްސް އަށް ލިބޭ ބަޖެޓް އެމީހުން ބަނޑު އަޅަނީ މީހަގީގަތަކީ
ކޮލަމާހުއްޓާ
07 August 2022
ބަލަ ތިތަނަށްދަނީ ގައުމީ ރެކޯރޑް މުގުރަންތަ؟ތިތަނުން މެޑެލެއް ލިބޭތޯ ބަލާބަލަ ދުނިޔޭގެ ދުވުންތެރިންނާ ވާދަކޮށް..ގައުމުން ހާދަ ޚަރަދެކޭ ކުރަނީ..ރައްޔިތުންގެ ޓެކްސްފައިސާއޭ ތިަޔަޚަރަދުކުރަނީ.
އެތްލީޓުން ހައްގު
08 August 2022
އެތްލީޓުން އަށް ބޮޑު ހަރަދެއް ނުކުރޭ ބަޖެޓް ބަނޑު ނަގަނީ 20 އަހަރު ވަންދެން އެސޯސިއޭޝަން ހިސޯރު ކޮށްގެން އުޅޭ މީހުން
ދުވާ
08 August 2022
އެތުލީޓުން ކުރި ނާރާ ސަބަބަކީ އެޝޯސިއޭޝްނުން ގެންގުޅޭ ދޯދިޔާ ސިޔާސަތުގެ ސަބަބުން. ކުރިއަރާ އެތުލީޓަކުވެސް ކުރިއަރަނީ ވެސް އެއެތުލީޓަކު އެކަނި ކުރާ ބުރަ މަސައްކަތުން. އެޝޯސިއޭސަނެއް އޮންނަނީ އެތާ 20 އަހަރު ވަންދެން ތިބި ބަޔަކުގެ އަމިއްލަ މަންފާ ހޯދަން، އެތުލީޓުންނަން ފައިދާ ހުރި ކެމެއް ކުރާ ބައެއްނޫން އެތާގަ ތިބީކީ. އެޝޯސިއޭސަންގެ ބަޖެޓް ހަރަދު ބުރަނީ އެތުލީޓުން ކުރިއަރުވާކަން ނޫން. މިހާރު ތިބި މީހުން އެޝޯސިއޭސަނުން ދުރު ކުރަން ޖެހޭ.
ރޯޒަސް
11 August 2022
މެޑެލް ލިބުނީމައި ޚަރަދު ރިކަވަރ ވާނެތަ؟