އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 އޯގަސްޓް 2022 - 19:50
ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުން ނުވާ ކަމަށާއި އެ ފަދަ އެއްވެސް ހިޔާލެއް ވެސް ނުގެންގުޅުއްވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާތީގެ ކޮންގްރެސް އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، ވެރިކަން ހޯދުމަށްޓަކައި އެމްޑީއޭ އިން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެމްޑީއޭއަކީ ސާފުތާހިރު ބަޔަކު އުޅޭ ޕާޓީއެއް ކަމަށާއި އެ މީހުންގެ ފަސްބައި ސާފުވާނެ ކަމަށެވެ. އަދި އެ މީހުން ކަން ކޮށްފައި ހުރި ގޮތް ދިވެހިންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މި ޕާޓީއަކުން ކޯލިޝަނެއް ބޭނުމެއް ނުވޭ ރާއްޖޭގެ ވެރިކަމަށް އަންނާކަށް. އަޅުގަނޑުމެންނަކީ ވަރަށް ސާފުތާހިރު ބައެއް. ފަސްބައި ވަރަށް ސާފުވާނެ -- ސިޔާމް
ސިޔާމް ވިދާޅުވިގޮތުގައި، އެމްޑީއޭ އިން ކަންކަން ކޮށްދީފައިވާކަން ދިވެހިން ދަންނާނެ އެވެ. އަދި ދިވެހިންނަށް އެ ޕާޓީން ހޭދަކުރާ ފައިސާގެ އަދަދު ވެސް ދަންނާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް އެންމެ ގިނަ ފައިސާ ދޭ ބަޔަކީ އެމްޑީއޭ ކަމަށެވެ.
އެމްޑީއޭގައި މި އަހަރު ނިމުމުގެ ކުރިން 50،000 މެންބަރުން ތިބުމަކީ ސިޔާމްގެ އަމާޒު ކަމަށާއި އެ އަަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން ސުވާލުކުރުމުން ސިޔާމް ވިދާޅުވީ މިހާރު އޮތީ ވެރިކަން ކުރަން ރަނގަޅު ނިޒާމެއް ކަމަށެެވެ. އަދި ޗެކް އެންޑް ބެލެންސްކޮށް ވެރިކަން ކުރެވޭނީ ވެސް ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ކޮންގްރެސްއަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީއޭގެ ރައީސް އާއި ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސިޔާމް ވިދާޅުވިގޮތުގައި، ވެރިކަމުގެ ނިޒާމުގެ މައްސަލައެއް ރާއްޖޭގައި ނެތެވެ. ވިދާޅުވީ، މުހިންމީ ވެރިކަން ކުރާ ސިސްޓަމެއް ނޫން ކަމަށާއި މުހިންމީ ވެރިކަން ކުރައްވާ ބޭފުޅާ ކަމަށެވެ. އެ މީހެއްގެ ޝަހުސިއްޔަތު ރަނގަޅުވުމުން ނިމުނީކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ކުރު މުއްދަތުގެ ތެރޭގައި ދިވެހި ދައުލަތުގެ ހަޒާނާ އިން އެތަައް މިލިއަން ޑޮލަރެއް ހަރަދު ކޮށްފައި ދިވެހިރައްޔިތުން ލައްވައި ވޯޓުލައިގެން ސިސްޓަމެއް ހޯދާކަށް އަޅުގަނޑުމެންގެ އެއްވެސް އިންޓްރެސްޓެއް ނެތް،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ މިއަދުގެ ކޮންގްރެސްގައި ހުށަހެޅުނު އިސްލާހުތަކަށް ވޯޓު ނަގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރުނ
އެމްޑީއޭ އިން މިއަދު ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ ނަން ރައީސަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޕާޓީގެ ގައުމީ މަޖިލީހުން ހުށަހެޅި ހުރިހާ އިސްލާހެއް ކޮންގްރެސްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.
އެމްޑީއޭގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ސިޔާމް ގެންދަވަނީ އޭނާއަކީ ކެންޑިޑޭޓް ކަމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙާޟިރީގެ ފުލުން 1 ވަނަ
12 August 2022
މިހާރު ހީކޮށްލާ ވެރިކަމުގައޭ މިހުރީ
އަލީ12
13 August 2022
މިޤައުމު މިއޮތް ހާލަތުން ސަލާމަތް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ﷲގެ ވާގިފުޅާލައިގެން ސިޔާމެވެ. އެމަނިކުފާނަކީ މިހާރު މިޤައުމުގައި އެންމެ ގިނަ ޓެކްސްވެސް ދައްކާބޭފުޅާއެވެ. މިޤައުމުގެ ބިލިޔަނަރުވެސްމެއެވެ. އެމަނިކުފާނަށް ނިސްބަތްވާ ދާއިރާތަށް ކޮއްދެއްވި ކަންތަށްތަށް އެހެރީފެންނަންށެވެ. ރައްޔަތުން މިފަހަރު ބޭނުންވަނީ ސިޔާމް ވެރިކަމަށްގެނެސް ޤައުމުގެ އިގްތިސާދު ހަޔަކަށް އެޅުވުމަށެވެ.
މޮޔަވެއްޖެ
12 August 2022
ގިނަ މީހުންގެ ކޮމެންޓްތަކުން ޝިޔާމަށް ތާއީދު ނެތްކަން އެގިގެން ޝިޔާމްގެ ޕަޕެޓެއް ކިތަންމެ ވަރަކަށް ކޮމެންޓްކުރިޔަސް ޝިޔާމަށް ތާއީދު އޮތްކަމަކަށްނުވާނެ. 500 ޑޮލަރުން ފެށި ވިޔަފާރި 2 ބިލިޔަނަށް އަރުވާލިޔަސް، ޝިޔާމް އެއީ މިހާރުވެސް ހެޔޮވަރަކަށް ރައްޔިތުންނަށް ހަރާމްކޯރުވަމުންދާ މީހެއް. އެެތައްބައިވަރު ރައްޔިތުން ތަމްސީލްކުރަން މަޖިލިހަށް ހޮވީމަ އެތަނައް ނުދިއުމަކީ ކުރި ހުވަޔާވެސް ޚިލާފުކަމެއް.
އަލީ12
13 August 2022
މޮޔަނުވޭ މިފަހަރު ބިލިޔަނަރ ސިޔާމް
މޮޅުވެރިއެއް ބޭނުންވާ ކޮސްރައްޔިތުންނޭ!
12 August 2022
މަށަށްހެޔޮ ހެޔޮވެރިކަމެއް ކޮށްދޭނެ ކޮންމެވެރިއެއްވެސް. މިހާތަނަށްވެރިކަމުގަ ފެއިލްވެފައިތިބި މީހުނަށްވުރެ ހިންގިދާނެ އާ މީހަކަށް ވޯޓްދޭން ބޭނުމީ. އާމީހަކު ނުކުމެދާނެތީ ފެއިލަރުންގެ ގްރޫޕް އެމީހަކު ރޭރުކުރަން ހެސްކިޔާފަ ފުރައްސާރަ ކޮމެންޓް ކުރާތީ އަޖައިބު! ވެރިކަން ނުކުރެވުނު މީހުނަށް އަޅުދާސްވެފާ ތިބެގެން އެހެންމީހުން ވެރިކަމަށް ކުރިމަތިލުމާ އެދޭމީހަކަށް ވޯޓްލުމުގެ ހައްގުންވެސް ދުރުކުރަނީތަ؟ ހުރިހާކަމެއްވެސް ގަދަބާރުން ހުތުރުކޮށްތަ؟
ހޯސީ
12 August 2022
ހުވާ ކުރައްވަން ވަޑައިގަންނަވަންވާނީ އަހުގަ.
އެޗް އެމް
12 August 2022
ނަޝީދު، ޔާމީނު، ސޯލިހް ކާމިޔާބު ކޮށްފި. ދެން އުމަރު. އެސޮރު އުޅުން ރަގަޅުކޮށް، ކުރެވިފަ ހުރި ކުށްތަކަށް މާފަށް އެދިފަ، ވާދަވެރިންނަށް އަބަދު ދެރަބަސް ނުބުނެ ތިމާގެ ބަސްމަގު ރަގަޅުކޮށް ހަރުދަނާ ބިނާކުރަނިވި ވިސްނުމަކާއި އެކީ ފުރަތަމަވެސް މަސައްކަތްފެށިނަމަ ކާމިޔާބު ލިބުން ކައިރިވާނެ. އަދިވެސް ވަގުތު އެބައޮތް. ނާޒިމު ނުބައި ސިއްކައަކާއެކު ގައުމުގެ ތިންބައިކުޅަ ދެބައިމީހުން ނުރުހޭ މީހެއް. ޝިޔާމު އަދިއުޅެނި ޖާބިރަށްވުރެ ފަހަތުގަަ.
ސެމި
12 August 2022
ފުރަތަމަ މަޖްލީހަށް ބަރާބަރަށް އާދެވޭތޯ ބަލާބަލަ ތިކަންކުރުމަށްވުރެ. ސަާބަސް
ބަރުބާދު
12 August 2022
ތިޔައްވުރެބޮޑުތެދެއް މިގައުމުގަ ނުބުނެވޭނެ. ވެރިކަމައް އައުމައްޓަކާ މިގައުމުގަބޭނުންވަނީ ފައިސާ، ބަހާނެފައިސާ، ހަދިޔާދޭނެ ފައިސާ،
ޑިސްއޮނަރަބަލް ޑީޑީ
12 August 2022
ވެރިކަމަށް ކުރިމަތިލާ ނުހޮވުމަކީވެސް ވަރަށް ލާރިލިބޭ މަސައްކަތެއް. ކޮންމެއަހަރެއްގެ ޕާޓީ ލާރިއާ ނުހޮވުނީމާ އެހަދާ ކޯލިޝަނުން ތިބޭހާ ފަޅުފަޅާ ފަރުފަރާ ގިރިތަކަކީ ހުސް އެމީހެެއްގެ ޖީބަށް ވަންނަހާ ފައިސާ.
ޜޯޒަސް
12 August 2022
ތިހައި "ފަސްބައި ސާފު" މީހެއް މިގައުމަކު ނުހުންނާނެ. ސާފުކަމުން ހުދު ކުރުތާ ތުރުކުރައްވައިގެން ހުދު އަސްކޮޅަށް ސަވާރުވެ ސިޔަރަތު ކިޔުއްވަމުން ރައީސް އޮފީހަށްވެސް ވަޑައިގަންނަވާނީ، އަދީބުވެސް ބުނީ ސިޔާމުހާ ފަސްބައި ސާފު މީހަކު ނުހުންނާނޭ.. ތިމަންނާ އެމްއެމްއާރޕީސީން ދ.އަލުވިފުށްޓާއި، ނ.ދިގުރަށާ، މާލެ އަތޮޅު އޮޅުވެލި ފަޅު ދިނީމައިވެސް އޭނަ ލާފަހުރި ހުދު ކުރުތާގެ ފަސްބައި ސާފުކަމުން ދޭން ނުކެރިގެންނޯ އުޅުނީ.
ބެޓެރީ
12 August 2022
އަލާ! މީނަވެސް ކުރިމަތިފުޅު ލައްވަނީ؟ އަނެއްކާ ހަމައެއްބުރުންބާ؟ މަޖިލީހުގެ ޙާޟިރީއަށްބަލައިލީމައި، ރައްޔިތުންގެ ކަންތަކަށް ހުންނަ އަހަންމިއްޔަތުކަން ވަރަށްސާފުކޮށް ދޭހަވޭ.