ވިޔަފާރި

ބަދިގެ ކަބަޑުސެޓް ކަސްޓަމައިޒްކޮށް ފޯރުކޮށްދޭ "ޒްބޮމް" ބްރޭންޑްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

މާލޭގައި ހުޅުވި "ޒްބޮމް" ބްރޭންޑުގެ ޝޯރޫމްގައި ހުރި ބަދިގެ ސެޓެއް ---ފޮޓޯ: އެސްޓާސް

ބަދިގޭ ކަބަޑު ސެޓް ފަދަ ތަކެތި ކަސްޓަމައިޒްކޮށް އުފައްދައިދޭ ޗައިނާގެ މަޝްހޫރު "ޒްބޮމް" ބްރޭންޑްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.

އެސްޓާސް އިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ "ޒްބޮމް" ބްރޭންޑްގެ އެ ޝޯރޫމް ހުންނާނީ އެސްޓާސް އިމާރާތުގެ ތިން ވަނަ ފްލޯގަ އެވެ. ޝޯރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެސްޓާސްގެ މާކެޓިން މެނޭޖަރު މުހައްމަދު އަސްލަމެވެ.

"ޒްބޮމް" ބްރޭންޑުގެ ޝޯރޫމްގައި ހުރި ބަދިގެ ސެޓެއް: ބޭނުންވާ މެޓީރިއަލަކަށް ބޭނުން ކުލައަކަށް ބަދިގެ ކަސްޓަމައިޒް ކުރެވޭނެ ---ފޮޓޯ: އެސްޓާސް

ރާއްޖޭގައި މަގްބޫލް އެ ބްރޭންޑުގެ އެކި ސައިޒުތަކާއި ތަފާތު މެޓީރިއަލްގެ ކަބަޑު ސެޓުތައް މިހާރު އަމިއްލަ ގެއަށާއި، ގެސްޓްހައުސްތަކާއި އަދި ރިސޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

"ޒްބޮމް" ބްރޭންޑްގެ ޕްރޮޑަކްޓެއް ކަސްޓަމައިޒްކޮށް ބޭނުންވާ މެޓީރިއަލަކަށް އޯޑަރުކުރުމުން އެއަށް އަރާނެ އަގު އަންދާޒާކުރުމާއި، އެ ބަހައްޓާނެ ސައިޓުގެ މިން ނަގައިދިނުމާއި، ތްރީ-ޑީ ކުރެހުން ޑިޒައިންކޮށްދިނުމުގެ އިތުރުން ޑެލިވަރީ ކުރުމާއި އިންސްޓޯލްކޮށްދިނުމުގެ ހިދުމަތް ވެސް އެސްޓާސް އިން ފޯރުކޮށްދޭނެ އެވެ.

އެންމެ އާދައިގެ ތަންތަނުން ފެށިގެން އެންމެ ލަގްޒަރީ ތަންތަނަށް ބޭނުންވާ ބަދިގެ ކަބަޑުސެޓުގެ އިތުރުން ބެޑްރޫމް ސެޓް، އިން-ބިލްޓް ވާޑްރޮބް ފަދަ ހޯމް ފަރުނީޗަރު ވެސް ލިބެން ހުންނާނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

ޝޯރޫމުގައި ހުރި ބެޑްރޫމް ސެޓަކާއި އިން ބިލްޓް ވާޑްރޮބެއް ---ފޮޓޯ: އެސްޓާސް

"ޒްބޮމް" އަކީ ރޭންކުގެ ގޮތުން ޗައިނާގައި ކަބަޑު ސެޓް އުފައްދާ ދެ ވަނަ ކުންފުންޏެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު އުފެދުނު އެ ބްރޭންޑުގެ ތަކެއްޗަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި "ޒްބޮމް" ބްރޭންޑުގެ 2474 ފްރަންޗައިސީސް ތިބި އިރު، ޗައިނާގެ އެކި ސަރަހައްދުތަކުގައި އެ ބްރޭންޑުގެ 3300 އަށް ވުރެ ގިނަ ފިހާރަ ހުރެ އެވެ.

"ޒްބޮމް" ޝޯރުމުގައި ދައްކާލާފައި ހުރި މެޓީރިއަލް ތައް: އެތަނަށް ގޮސް، ބޭނުންވާ ވައްތަރުގެ މެޓީރިއަލް އަކާއި ކުލައެއް ހިޔާރު ކުރެވޭނެ ---ފޮޓޯ: އެސްޓާސް

ކެނެޑާ، އޮސްޓްރޭލިއާ، އެމެރިކާ، ތައިލެންޑް، މިޔަންމާ، ކެމްބޯޑިއާ، މެލޭޝިއާ، ސިންގަޕޯ، އިންޑޮނޭޝިއާ އަދި މިހާރު ރާއްޖޭގައި "ޒްބޮމް" ބްރޭންޑްގެ ތަކެތި އެތެރެކޮށް މާކެޓު ކުރެ އެވެ. މި ބްރޭންޑުގެ ޝޯރޫމެއް ރާއްޖޭގައި ހުޅުވި މިއީ ފުރަތަމަ ފަހަރެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 13%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454