ސާޖެންޓް އެޓް އާމްސްގެ މަގާމު ފުރުއްވި ހަލީމް: އޭނާއަކީ މަޖިލިސް އިދާރާގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިން އެމްއެންޑީއެފްގައި ވަރަށް ޒަމާންވަންދެން ހިދުމަތްކުރެއްވި ބޭފުޅެއް.
25 އޯގަސްޓް 2022 - 12:52
މުސާރަ ލިބޭ ގޮތަށް ދޮޅު އަހަރަށް ވުރެން ގިނަ ދުވަހު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް އިއްޔެ މަގާމުން ވަކިކުރީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮޓަރިތަކެއް ބަގުކުރަން އުޅުނު މައްސަލައިގައި ޒިންމާ އަދާކުރައްވާފައި ނުވާ ކަމުގެ ތުހުމަތުގައި ކަން އެނގިއްޖެ އެވެ.
މަޖިލީހަށް އައްޔަންކުރާ ތިން މަގާމުގެ ތެރެއިން ދެ ވަނަ އަށް އެންމެ އިސް މަގާމުގެ ގޮތުގައި ކަނޑައަޅާފައިވާ ސާޖެންޓް އެޓް އާމްސް ވަކިކުރި ސަބަބެއް މަޖިލީހުގެ އިދާރާ އިން މިހާތަނަށް ނުބުނެ އެވެ. އޭނާގެ މައްސަލަ އާއްމު ކޮމިޓީން ބެލީ ވެސް ސިއްރު ކޮށްގެންނެވެ.
ހަލީމަށް ތުހުމަތުކުރި މައްސަލަ ކޮމިޓީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރީގައި ބަގުކުރާ އާލާތްތަކެއް ހަރުކޮށްގެން ވާހަކަތައް އަޑުއަހަން އުޅެފައިވާ މައްސަލަ ފެންމަތިވުމުންނެވެ. އެކަން ކުރަން އުޅުނީ ކޮން ބައެއްކަން ނޭނގުނަސް ހަލީމްގެ މައްސަލައަކަށްވީ، މަޖިލީހުގެ ސެކިއުރިޓީ އިންޗާޖަކަށް ހުންނަވައި، އެ ކަން ސީރިއަސް ކަމެއްގެ ގޮތުގައި އޭނާ ނުންގެވުން ކަން އެނގިފައިވެ އެވެ.
ކޮމިޓީން ތުހުމަތުކުރާ ގޮތުގައި އެއީ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އޭނާގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާނުކުރެއްވުމެވެ.
އެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން އިއްޔެ މަޖިލީހުން ފާސްކުރީ ކޮމިޓީން އެގޮތަށް ނިންމަން ލަފާދިންތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. މަހަކު 32،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާ ސާޖެންޓް އެޓް އާމްސްއާ ދޭތެރޭގައި ދޮޅު އަހަރު ފިޔަވަޅު ނާޅައި މުސާރަ ލިބޭ ގޮތަށް ބެހެއްޓި މައްސަލައިގައި ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މުސާރަ ލިބޭ ގޮތަށް ހަލީމް ސަސްޕެންޝަންގައި ގިނަ ދުވަހު ހުރީ، ތުހުމަތުކުރި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ހުރެގެން ކަމަށެވެ.
"މަޖިލީހަށް އައްޔަންކުރާ ތިން އޮފިސަރުންގެ ތެރެއިން ސާޖެންޓް އެޓް އާމްސް ވަކިކުރާއިރު ބަލަން ޖެހޭ ކަންތައްތަކެއް ހުންނާނެ. އެ ކަންކަމަަށް ވަގުތު ނެގީ،" ޒިޔާއު ވިދާޅުވި އެވެ.
އާއްމު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގައި އޭނާއާ މަތިކޮށްފައިވާ ޒިންމާ އަދާނުކުރެއްވުމުގެ އިތުރުން ގާބިލްކަން ނެތުމާއި ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާ މަގާމުގައި ބެހެއްޓުމަށް އިތުރަށް ނުފެންނަ ކަމަށެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޫބަރު 31، 2013 ގައި އުފެއްދީއްސުރެ މިއަދާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވީ ހަލީމެވެ. އޭނާއަކީ މަޖިލިހުގެ އިދާރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން އެމްއެންޑީއެފްގައި ވަރަށް ޒަމާންވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކޯއައިލެންޑްކައްޕި
26 August 2022
އެމްޑީއެފްގައި ހަލީމް މަސައްކަތް ކޮއްފައިވަނީ ރަނގަޅު އަޚުލާގެއްގެ މަތީގައި ކޮންމެހެން ތިމާ ހިތްހަމަ ނުޖެހޭ މީހަކަށް ވީމަ އަގުވައްޓަން އުޅޭނެކަމެއްނެތް
އެމްސް
26 August 2022
އެހެނަސް ފެބްރުއަރީ 7 އަކީ ޔުނިފޯރމެއްގެ އަގު ވެއްޓުނު ދުވަހެއް!
ޢަހުމަދު.
26 August 2022
އެހެންވީމާ ތިމަޖިސް އަށް ކޮންކަމެއް ތިކުރެވުނީ. ޜައްޔިތުންގެ ފައިސާއިން އެވަރުގެ ބޮޑުމުސާރައެއް ދީފައި އޭނަގެ ޚިދުމަތެއް ނުލިބި އެހާގިނަދުވަހު ސަސްޕެންޑްގައި މުއައްޒަފަކު ބެއްޓުމުން ދައުލަތަށް ވީގެއްލުމުގެ ބަދަލު ކަމާބެހޭ ކޮމެޓިގެ މެންބަރުންގެ އަތުންނާ ނަގަން ޖެހޭނެ ކަމަށް ދެކެން. ސަބަބަކީ މައްސަލަބަލާ ގޮޔެއް ނިންމަން ހޭދަކޮށްފައިވަނީ މާދިގު މުއްދަތެއް. ކޮމެޓީ/ރިޔާސަތު ފެއިލްވެފަ.
އެމްސް
26 August 2022
ކޯޓްތަކުން ޙުކުމަކާއި ހަމައަށް ދާން ދިހަ ބާރަ އަހަރުވެސް ނަގާފަ އެބަހުރި އެހެން ނޫންތޯ؟ އެކަމަކު އެ ހުރިހާ އަހަރަކުވެސް ގާޒީން ވަނީ ހަމަ ބަރާބަރަށް މާސިންގާ މުސާރައެއް ރަޢިއްޔަތުންގެ ފައިސާއިން ނަގާފަ!
ބޮލްބީ
26 August 2022
މަށައް ދީބަލަ ތިއިން އެއްމެ މިލިޔަނެއް ހެޔޮނުވާނެ. އުކާ ވަރައް އޮތް އިރުވެސް މަށަކައް ނުދޭ. ހާދަ ދެރަ އޭ. ސޭޑް ފޭސް
ބއދ
25 August 2022
ދުވަސް ނެގިނަމަވެސް 18 މަސްދުވަހަކީ ދިގުމުއްދަތެއް. މާލިއްޔަތުން ބައިމިލިއަނަކަށްވުރެ ގިނަރުފިޔާ ތިކަމަށް ޚަރަދުވެއްޖެ. މައްސަލަ ބަލަންޙަވާލުވެފައޮންނަ ފަރާތްތަކުގެ ދޮހަޅިކަމުން ޚަރަދުތިޔަވީ ރައްޔިތުންގެ ފައިސާ. ތިކަން ބަލަންޖެހޭމީހުންގެ އެއްވެސް ޒިންމާދާރުކަމެއް ނެތް. ރައްޔިތުންނަށް ޖަވާބުދާރިވެ، ތިކަމަކީ ދެތިންމަހަކުން ބެލެންޖެހޭނެކަމެއް. ތިންމަހުގެ މުސާރައަށްވާވަރު އުނިކޮށް އިތުރަށް ދީފައިވާ ފައިސާ ކޮމިޓީގެ މެންބަރުންގެ މުސާރައިންކަނޑަންވީ.
ހުސެން
25 August 2022
ކޮޓަރިއާއި ފާހާނާ ބަގުކުރާޒަމާން މިހާރުގޮސްސިއިނގޭތޯ!! މިހާރު އަތުގައޮންނަ ފޯނުބަގުކުރީމާ ހުރިހާކަމެއްބެލޭނެ، ސަރައުންޑިން އަޑުއެހޭނެ ލޮކޭޝަންބެލޭނެ، ފޯނުގަހުރިފޮޓޯތަކާ މެސެޖުތަކާ ކީސުޓުރޯކުތައްވެސް މާނައަކީ ޕަސްވޯޑުތައްވެސް ޗެޓުތައްވެސް ބެލޭނެ ނުވަތަ ފަހުންބަލާލަން އެހެން ސާވާއަކަށް އަޕުލޯޑުވާގޮތްވެސްހަދާލެވޭނެ، މިކަންކުރަންބޭނުން ނަމަވެސް ކުރަންނޭންގޭ ބޭފުޅުން އަޅުގަނޑާ ގުޅުއްވާ :)
ޙސހސހަި
26 August 2022
ކަލޭ އަނގަޔާ ގުޅާބަލަ ކަލޭ ގެންގުޅޭ ފޯން. މާ ރީތިކޮށް އޭރަށް ސަރައުންޑިން އަދި ކަލޭގެ ހަށިގަނޑު އެތޭރޭގަ ލޭ ހިނގާގޮތާ ނޭގި ތަނަކުން ވިންދެއް ޖަހާލިޔަސް އެނގޭނެ. ނޭގެންޔާ މަށަށް ގުޅާ.
ފާސްޓް ފިކްސް
26 August 2022
ކަލޭ މާ ޗަރުކޭސް ދައްކަން އުޅޭނެކަމެއް ނެތް ހުސޭނާ.. ކަލޭތީ އަމިއްލަ ފޯނުގެ ބްލޫޓޫތު އޮންކޮށްލަން ނޭގޭ މީހެއް..
ހުސެން
26 August 2022
@ޙސހސހަި ؛ ކޮމެންޓުގައި ބުނާއެއްޗެއް ގެޓުނުވީމާ ކޮންމެވެސް ހަމަނުޖެހޭ އެއްޗެއްލިޔެފަ ރިޕުލޭއެއް ކޮށްލާކުދިންވެސް އުޅެޔޭދޯ :)
@ހުސެން
26 August 2022
ކަމެއް ދަންނަ މީހުން ނޫޅޭނެދޯ ތިވައްތަރަކަށް.
ހެޑްލައިން
25 August 2022
ސިޔާސީ މީހުން ދައްކާނީ ސިޔާސީ ވާހަކަ
އާބިދާގެ ބަޔާން
25 August 2022
ޒިންމާ އަދާކުރިތޯ ބަލަން ދޮޅު އަހަރު. ރައްޔިތުންގެ ޓެކްސް ފައިސާއިން، ވަޒީފާއަށް ނުނިކުންނަ މީހަކަށް 6ލައްކައަށްވުރެ ގިނަ ރުފިޔާ. ވަޒީފާއަށް ނުކުމެ، އަދި އިތުރުގަޑީގައި މަސައްކަތްކުރަން މަޖުބޫރުކުރުވާ މުވައްޒަފުންނަށް ދޭން ފައިސާއެއް ނެތް. މިކަހަލަ މަޖިލީހެއްގެ ރައީސް މިކިޔަނީ ބަރުލަމާނީއޭ؟
ޑަންޑަނާސް
25 August 2022
އެއަށް ކިޔަނީ ބަރުލަމާނީއެއް ނޫން. އެއީ މައްސަލަބަލަން ތިބިމީހުންގެ ފެންވަރުދައްކަމުން އަދި ޒިންމާނުވުމުގެ ސަބަބުން ހިގާކަންތައް. އެކަން އެހިގީ ރިޔާސީ ނިޒާމުގެ ތެރޭންދެއްތޯ؟
އަޙުމަދު.
26 August 2022
ބޮޑު މީހާ ގެންނަން އުޅޭނީ ބަނޑުދަމާ ނިޒާމެކެވެ. ހީވާގޮތުން އެނިޒާމުގަ އޮންނަނީ ހުރިހާކަމެއްގެ ވެރިއަކީ ބޮޑުމީހާއެވެ. .
ނަސީމްގެ ބަޔާން
26 August 2022
"އޭނާ މަގާމުން ވަކިކުރަން އިއްޔެ މަޖިލީހުން ފާސްކުރީ ކޮމިޓީން އެގޮތަށް ނިންމަން ލަފާދިންތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ." މަޖިލިސް ކޮމިޓީއަކުން މައްސަލަ ބަލާ، ވަކިކުރަން ދިޔަ ވަގުތުގެ ވާހަަކަ ނޫންތޯ؟ މިކަހަލަ ކުޑަ ކަމަކަށް ދޮޅު އަހަރު ނަގަންޏާ، ބޮޑުކަމަކަށް ކިހާ ދުވަހެއް ނަގާނެހޭ؟ އެއީ އަދި ކުރާނޭ މަސައްކަތެއް ނެތިގެން މަޖިލިސް އިރު އިރުކޮޅާ ޗުއްޓީ ނަގާ ދުވަސްވަރެއްގަ. ބަރުލަމާނީ ނިޒާމެއްގަ ވެރިކަން ކުރާނެ މަޖިލީހުގެ ފެންވަރު މިކިޔައިދިނީ!
އެކަލޯ
25 August 2022
މަ އެދެން މުސާރަ ލިބޭގޮތަށް 1 އަހަރު މަވެސް ސަސްޕެންޑްކޮށްފަ ބަހައްޓަން.
ލޮލްް
25 August 2022
އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މަޖިލީހަށް މެމްބަރުންގެ ގޮތުގައި ގޭންގުތައް ވަދެ ގައުމު ލޫޓުވާލައިގެން ދާއިރުވެސް އަޅާ ނުލާ ތިބުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. މަށަށް ފެންނަނީ މުޅި މަޖިލިސް އިދާރާ ބަގުކުރަން. އެތަނަކީ ދެމަފިރިން ރޭކުރަންދާ ތަނެއްނޫން. އެހެންވީމަ ބަގުކުރެވެންޖެހޭނެ.
ނާހަމަތެދު
25 August 2022
ތިޔައީ އެމްއެންޑީއެފްގައި ވެސް އެހާ ރަނގަޅަށް އުޅުއްވި ބޭފުޅެއް ނޫން.