ސަސް އާއި ޓީނޭޖުގެ މެޗު ހަމަހަމަވުމުން ސަސްގެ އިންތިޒާރު ވަނީ ދިގު ވެފަ
ބުރުގެ ކުޅުންތެރިން އެ ޓީމުން ކުޅުނު މެޗަށް ފަހު އުފާފާޅު ކުރަނީ: މިރޭ ގްރާންޑޭ ބަލިކޮށް އެ ޓީމުން ވަނީ ފުރަތަމަ ޑިވިޝަނަށް ވަނުމުގެ އުންމީދު ދަމަހައްޓާފަ --- ފައިލް ފޮޓޯ: ބުރު
27 އޯގަސްޓް 2022 - 23:31
ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގައި މިރޭ، ބުރު ސްޕޯޓްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކަލްބް ބަލި 3-1 ބަލި ކުރުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ވަނުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ލީގު އުސޫލުން ކުޅޭ ރެލިގޭޝަންގެ ޕްލޭއޮފުން، ދިވެހި ލީގުން ޖާގަ ލިބޭނީ އެންމެ ގަދަ ދެ ޓީމަށެވެ، ލީގުގެ ފުލަށް ދިޔަ ދެ ޓީމާއި ދެވަނަ ޑިވިޝަންގެ ގަދަ ދެ ޓީމު ކުޅޭ ލީގު ބުރުގެ އެއްވަނައިގައި މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ދެވަނައިގައި މިހާރު އޮތީ މިރޭ ގްރާންޑޭ އަތުން ހޯދި މޮޅާއެކު ތިން ޕޮއިންޓް ލިބުނު ބުރު ސްޕޯޓްސް އެވެ.
މިއަދު ހަވީރު ސަސް އާއި ދެވަނަ ޑިވިޝަންގެ ރަނަރަފް ޓީނޭޖު ބައްދަލު ކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޓީނޭޖަށް މިހާރު ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ގްރާންޑޭ އާ ދެކޮޅަށް ކުޅުނު މެޗު 2-2 ން އެއްވަރު ކޮށްފަ އެވެ. ގްރާންޑޭ އަޮތީ އެއް ޕޮއިންޓާއެކު ގުރޫޕް ފުލުގަ އެވެ. އެ ޓީމަށް ސަލާޟަތް ވުމުގެ އަމިއްލަ ބާރެއް ނެތެވެ.
އެ ޓީމުން ޖެހޭނީ ފަހު މެޗުގައި ސަސްގެ ކޮޅަށް ތިން ލަނޑަށް ވުރެ އިތުރަށް ޖަހައި އަދި ބައިކޮޅަށް އިތުރު ލަނޑެއް ނުވަދެ މެޗު ފުރިހަމަ ކުރާށެވެ. އަދި ބުރު އާއި ޓީނޭޖު ކުޅޭ މެޗު އެއްވަރު ވެގެން ނިމިއްޖެނަމަ ލަނޑުގެ ތަފާތުން ދެވަނައިގައި ގްރާންޑޭ އަށް ކުރިއަށް ދެވޭނެ އެވެ.
އެކަމަކު އަމިއްލަ ބާރު ނެތުމުން ކުރިއަށް ދިއުމުގެ ދޮރު އެ ޓީމަށް ވަނީ މުޅިންހެން ބަންދުވެފަ އެވެ. މިދިޔަ އަހަރު ތިންވަނަ ޑިވިޝަން އަދި މިއަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަކްން ހޯދި ބުރަށް މިހާރު ފުރަތަމަ ޑިވިޝަނަށް ވަނުމުގެ އުންމިދު ވަނީ ބޮޑު ވެފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރު ސްޕޯޓްސް އަށް ލިޑް ނަގައިދިނީ ޖުމައިލް ޖަމީލް އެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ އެ ހާފުގެ ކުރީ ކޮޅު ގްރާންޑޭގެ ހޫގޯ ނިކޮލަސް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަތީޖާ ހަމަހަމަ ކޮށް އޮތީ 10 މިނެޓެއް ހާއިރު އެވެ. މެޗުގެ 64 ވަނަ މިނެޓްގައި އަހުމަދު ވިސާމް ބުރަށް އަލުން ލީޑް ނަގައިދިނެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓްގައި ޖެހީ ސްޓެފަން ޑުރިޗް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަފި
28 August 2022
ދިވެހި ފުޓުބޯޅަ ފަހަތަށް ދިޔައީ ނިއު އަދި ވިކްޓަރީ ކަހަލަ ކުލަބު ތަށް ނުދެވޭ ވަރުގެ މުސާރަ ދޭން ބުނެ ނުދެވި ދަރަނިވެގެން. ގަބޫލު ކުރަން ބޭނުން ނުވިޔަސް ފުޓުބޯޅަ ހަލާކު ކުރީ ހަމަ ބޮޑު ކުލަބުތަށް
ކުލާޑީ
28 August 2022
ވަރަށް ހިތްދަތި މަންޒަރެއް މިއީ. ދިވެހި ފުޓުބޯޅަ ފަހަތަށް މިދަނީ
ޥާލުސޮރު ގެ މާމަ
28 August 2022
ރާއްޖޭގެ ފުޓްބޯލް މިހާރަށްވުރެ ބޮޑަށް ހަލާކު ވުމުގެ އަލާމާތެއް
އޯޓީ
27 August 2022
ކޮބާ ރަދީފް ފެނޭތަ؟
ރަދީފްއޮފިޝަލް
28 August 2022
ފެނޭ.ސިނަލޯއާ ކާޓެލްވެސް މެކްސިކޯ ލީގްގަ ބައިވެރިވެ ކާމިޔާބް ހޯދަންވީ.ހެހެހެހެހެހެހެހެ