ކޮލިފައިންގައި ޗައިނާ އާ ދެކޮޅަށް ރޭ ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްސީ
15 ސެޕްޓެމްބަރ 2022 - 09:56
އޭޝިއާގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް، މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ޗައިނާ އަތުން 5-0 އިން ރާއްޖެ ރޭ ބަލިވެއްޖެ އެވެ.
ސައުދީ އަރަބިއާގެ ދައްމާމްގައި ހުންނަ މުހައްމަދު ބިން ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޗައިނާގެ ޝުއަރެތު ދެ ލަނޑު ޖެހި އެވެ. ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ކޮލިފައިން ކުރިއަށް ގެންދާ ސައުދީ އަރަބިއާ އަތުން 11-0 ން ބަލިވުމުން، 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)، ރޭ ޗައިނާ އާ ދެކޮޅަށް ޓީމު އެކުލަވާލީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅުމަށެވެ.
ރާއްޖޭގެ ޑިފެންސްގައި ވިންގް ދެ ބެކާއެކު ޖުމުލަ ފަސް ޑިފެންޑަރުން ލައިގެން ކުޅުނު މެޗުގައި ޗައިނާ އަށް ރާއްޖޭގެ ގޯލް ފޫއަޅުވާލަން ގިނަ ވަގުތުތަކެއް ނެގި އެވެ. ޗައިނާގެ ފުރަތަމަ ލަނޑު ޝުއަރެތު ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ.
އެ ޓީމުގެ ދެ ވަނަ ލަޏޑު އަފްރީދެން އަންގާރު ޖެހީ މެޗުގެ 35 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ޝުއަރެތު ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
ޗައިނާއިން ކުޅުނީ ގިނަ ލަނޑުތަކެއް ޖެހުމަށް ޓާގެޓް ކޮށްގެންނެވެ. އެކަމަކު ދެ ވަނަ ހާފުގައި އެ ޓީމަށް ޖެހުނީ ދެ ލަނޑެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ޗެން ޒީހުޝިއާން އެވެ. މެޗުގެ ފަހު ވަގުތު މައުލެޓް މިޖިޓް ޗައިނާގެ ފަސް ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ރޭ އުޒްބެކިސްތާނާއި ސައުދީ ކުޅުނު މެޗު އުޒްބެިސްތާން ކާމިޔާބު ކުރީ 2-1 އިންނެވެ. ރާއްޖޭގެ ފަހު މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ މިޔަންމާ އާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް
20 September 2022
ކީޕަަރު ކުޅުން ވަރަށް މޮޅު. ހަމަނުޖެހުން ހިނގަން މެދުވެރިވީ ކީޕަރު ބޯޅަ ހިފިފަހުން ބަނޑުމަތީ އުޅަނބޮށިން ޖެހީމަ. އެއި ކުޅުމުގެ ބޭރުން ކުރި ކަމެއް. ވީމާ ހަމަނުޖެހުން ފެށީ ޗައިނާ ކުދިން. ޓީމުގަ އެންމެ މޮޅު ކުޅުމެއް ދެއްކީ ފަހު ދެމެޗު ކުޅުން ކީޕަރު ޔޫސުފް އަދި ޓީމުގެ ކައްޕި ހުމެއިދް. ލަމާނުއައް ސަޕޯޓު ކުރުން އެއި ކުޅުން އެހެން ކުދިން ދަށްކުރަންވީ ސަބަބެއް ނޫން. ލަމާންވެސް މޮޅު.
ކުޑާ
16 September 2022
ޗައިނާ އަށް ނުވިއެއްނު ކަމެއް. 10 ގޯލު ރާއްޖެ ކޮޅަށް ޖަހާނެކަމަށް ބަލއިގެން މަހުރީ.
ބަލަ
16 September 2022
ބައްސާމޫ ހަމަ ސާބަސް. ކަލޭ ޓީމުތަށް ބޭރަށް ފޮނުވުނީމާ ނިމުނީ. ކޯޗަށް މުސާރަ ދޭނެކަމެއްނެތް. އަސްލު ފުޓުބޯޅައަށް ލޯބިކުރާ ކޮންމެމީހަކުވެސް ބުނާނެ ބައްސާމު އެފް.އޭ.އެމް ހިންގަން އެރިފަހުން ދިވެހިރާއްޖޭގެ ފުޓޫބޯޅަ ބޫޓާބް ލަންކާއަށް ވުރެވެސް ދަށަޢް ވެއްޓިއްޖެއޭ. މިރީޖަނުގައި މިހާރު އެންމެ ކުރިއަރަމުން މިފެންނަނީ ބަންގުލަދޭޝް އާއި ނޭޕާލް. ޙާއްސަކޮށް ބަންގްލަދޭޝް އެމީހުންގެ ލީގުވެސް ފެންވަރު ރަގަޅުވެ ރަގަޅު ބޭރުކޯޗުންފެނޭ. ބައްސާމު ދުރުކުރަން ގޮވާލަން
އޭބީ
16 September 2022
ރާއްޖެ މޮޅުވާނެކަމަށް މިހާރު އެއްވެސް ބަޔަކު އުއްމީދެއް ނުކުރޭ….އަބަދު ބަލިވާ ވާހަކަ އަނޑުއަހާ އަހާ ފޫހިވެއްޖެ…އެފްއޭއެމް އިން ލާރި ކާލައިގެން ތިބެނީ…އެހެން ގައުމު ތަކުގެ އެފްއޭ އިން ވަރުގަދަޔަށް ހަރަދުކުރެޔޭ! އެހެންވީމަ އެހެން ޤައުމުތަކަށް އެހާބޮޑު ކުރިއެރުން ލިބެނީ….މުބާރާތެއް ކުރިމަތިވާއިރަށް މެލޭޝިއާ ނޫނީ ގަތަރަށް ގޮސް އެތާގެ އެންމެ ދަށް ފަންތީގެ ބަޔަކާއެކު ޕްރެކްޓިސް މެޗެއް ކުޅެލީމަ އެފްއޭއެމް އަށް ނިމުނީ އެމީހުންނަށް ވަރަށް ބޮޑުވަރު އެއީ ދޯ
ސިޑިބަރިން
15 September 2022
ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އަދި އެންމެ ޑިސޕްލިން ކުޅުންތެރިއާ ކަމަށްވާ ލަމާން ދަނޑުމައްޗަށް ވެއްޓި ސްޓްރެޗަރުގައި ދަނޑުން ބޭލި މަންޒަރު ފެނުނީމަ ވަރަށް ހިތަށް ތަދުވި. އެކުޅުންތެރިޔާއަށް އަވަސް ޝިފާއަކަށް އެދެން.
މާސޭ/ހުއްރިއްޔާ
15 September 2022
އޮފްސައިޑް ބޯޅައެއްގަ ދިވެހި ކީޕަރު ފައުލްކުރުމުން ހިނގި ކުޑަ އަރައިރުމުގަ ޓީމުގެ ގިނަކުޅުންތެރިން އެއްވެ ޗައިނާ ކުޅުންތެރިންގެ ގައިގަ އަތްލި މަންޒަރު ފެނުނު. ލަމާނު އެތަނަށް ނުގޮސް ދުރުގަ ހުރީ. ކެޕްޓަން ކުޅުންތެރިން ދުރުކުރުވި. އެއީ ޑިސިޕްލިން. ފުޓުބޯޅަ އަކީ މާރާމާރީ ހިންގުމެއް ނޫން. އަޚުލާގު ހިފެހެއްޓިގެން ނަތީޖާ ނެރެވޭނީ. އުއްމީދީ ކުޅުންތެރިއެއް ލަމާން އަކީ. އަނިޔާ ރަނގަޅުވެ ދަނޑުމަތިން އަލިގަދަކޮށް ފެންނާނެ ކަމަށް އުއްމީދުކުރަން.
ސަޕޯޓަރެއ
15 September 2022
އަވަސް ޝިފާ. އާމީން
ސައިދު
16 September 2022
އާމީން
ކަލޯސ
15 September 2022
އަދި އެވަރަށް ޑިފެންސް ކޮށްގެން ވެސް ވީވަރު. ދެން ވެސް ތަންކޮޅެއް ޑިސިޕްލިން ކުޅުންތެރިން އުފެއްދޭތޯ ބަލަން ވެއްޖެނުން. މިހާރު އެކަންކަން ކުރަންތިބި މީހުންނާ ހަވާލުކޮށްގެން ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަޤްބަލެއް ނެތް.
ސަޓީ
15 September 2022
ކީޕަރު މޮޅު އެކަމަކު ކަރާޓީ ކުޅުނީހެން ހީވި. ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމަކީ ދެރަކަމެއް. ކޮބާ އަހުލާގު؟ 4 ވަނަ ގޯލު ވަރަށް ހަޑި. 5 ނަމްބަރުގެ މިސްޓޭކު އެކަމު 5 ންމްބަރުގެ މަސައްކތު ރޭޓާމެދު އެވްރެޖްކޮށް ހިތްހަމަޖެހޭ. އަދި 8 ނަމްބަރުވެސް ބަރާބަރު. 3 ނަމްބރު އެބަޖެހޭ ރަނގަޅުކުރަން. ޝާކިއްޓެ ނެގި ޓީމު ބަރާބަރު. ކުރިޔަށް ކާމިޔާބު އެދެން.
ޑެބީ
15 September 2022
ރަށުތެރޭން އެހެންކަމަކާ އުޅެންވީނު.
އޮނަރަބްލް އަފީފު ދީދީ
15 September 2022
ކޮލިފައިންގައި "ޗައިނާ އަތުން" ރާއްޖެ ބަލިވެއްޖެކަމަށް އޮތުމުން ހީވަނީ އެހެން މެޗްތަކެއްގައި ރާއްޖެ މޮޅުވެފައިވާހެން!! އެކަން އޮތީ ހަމަ އެގޮތަށްތޯ.
ރަދީފްއޮފިޝަލް
15 September 2022
ބަލިވީ ހެދުނު 05 މިސްޓޭކްގެ ސަބަބުން.ހެހެހެހެހެހެ
ކަޒަކިސްތާން
15 September 2022
ނެގި ކޯނަރުގަ ދަނޑި ބަލަހައްޓަން ހުރި 5 ނަމްބަރުގެ ފައިދަށުން ބޯޅަ ވަނީ.