އެސްޓީއޯގެ ފްރިޖު ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 5ގެ ނިޔަލަށް. ފޮޓޯ: އެސްޓީއޯ
25 ސެޕްޓެމްބަރ 2022 - 12:40
އެސްޓީއޯ އިން ހިޓާޗީ ފްރިޖުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ފެށި ޕްރޮމޯޝަންގައި ހިމެނޭ ފްރިޖުތަކުން ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ދޫކުރެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ތިން ނަސީބުވެރިއަކަށް 1،500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެއީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެއްޗަށް ދޫކުރާ ވައުޗަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy