ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު.-- ފޮޓޯ: މިހާރު
27 ސެޕްޓެމްބަރ 2022 - 11:30
ބަޑިއެއް އޮވެދާނެތީ ރަނގަޅަށް ލަގެޖު ފާސްކުރަން އެދުނު، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކުރި މުވައްޒަފު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއާޕޯޓުގެ ރައްކާތެރިކަން ކުޑަވާ ގޮތަށް އެ މީހާގެ ބަސްމަގު ހުރުމުން ކަމަށެވެ.
އެ މައްސަލައިގައި ސުވާލުކުރުމަށް ފަހު ފުލުހުންގެ ބަންދުން އެ މީހާ ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ހައްޔަރުކުރީ ލަގެޖު ނެރެނިކޮށް، ބަޑިއެއް ވެސް އޮވެދާނެތީ އެ ރަނގަޅަށް އެ ފާސްކުރަން ބުނުމުންނެވެ.
ބައިނަލްއަގުވާމީ އޭވިއޭޝަން އުސޫލުތައް ބުނާ ގޮތުން އާއްމުންގެ ރައްކާތެރިކަމާ ގުޅުން ހުރި އެފަދަ ވާހަކަތައް ދެއްކުމަކީ މަނާ ކަމެކެވެ.
ހަނިމާދޫ އެއާޕޯޓުން މީހަކު ހައްޔަރުކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ގެންދަވަނީ ހަނިމާދޫ މަގުން ތިލަދުއްމައްޗަށް ވަޑައިގެން ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރީ
27 September 2022
މާ އަވަހީ ތި ދޫކޮއްލާލެއް، އެކަހަލަ މީހުން ޖެހޭނެ ވިސްނެންދެން ހިފާއްޓާލަން.
އައްޓަމަސް
27 September 2022
ގާނޫނުތައް ހަދާފައި ހުންނަނީ ރައްޔިތު މީހާގެ ފައިދާއަށް ގާނޫނުގައިވާގޮތައް އަމަލު ކުރިނަމަ ސަޅި
ޙަބީބު
27 September 2022
ޙަނިމޯދީ އެއާޕޯޓުން މީ ހަކު ހައްޔަރު ކުރީ ފިސްތޯލައެއްވެސް އޮވެދާނެ ކަމަށާ ރަނގަޅައް ޗެކުކުރުމައް ބުނުމުން އެއީ އެތަނުގެ މުވައްޒަފެއް ޙަނިމޯދީ އެއާޕޯޓައް އެވަގުތު އިބުރާ ހިމު ދިޔައީ ދަތުރު ކުރަމުން އަތޮޅުގެ އެންމެ އާބާދީ ބޮޑު ސިޓީކަމައްވާ ކުޅުދުއްފުށި ސިޓީ އެއާޕޯޓައް ނައީ ޔާމިނު އަޅާފައޮތް އެއާޕޯޓަކައްވެފަ އެތަން ފަނާކުރަން މިސަރުކާރުން ކުރާ މުޑުދާރު ކަންކަން ފެންނާނެތީ ސަލާމަތީ ގޮތުންނާ ހުރި ހާ ގޮތަކުންވެސްއެތަން މާރަނގަޅު