ޚަބަރު / ސިވިލް ކޯޓް

ނެކްޓަން މިޝަނަށް ޗާޓަރުކުރި ބޯޓުގެ ވެރިފަރާތުން ތެލުގެ ފައިސާ ނުދީގެން ރާއްޖޭގައި ހިފަހައްޓައިފި

ނެކްޓަން އިން ބުނީ ބޯޓު ޗާޓަރުކުރި މުއްދަތަށް ފައިސާ ދައްކާފައިވާ ކަމަށާއި ތެލުގެ ފައިސާ އަކީ އުޅަނދުގެ ވެރިފަރާތުން ދައްކަންޖެހޭ ފައިސާއަކަށް ވާތީ ނެކްޓަންގެ ޒިންމާއެއް ނެތް ކަމަށް

އޮޑިސީ ބޯޓު: ތެލަށް ފައިސާ ދައްކާ ހަލާސްކުރަން ދެން މި ބޯޓު، ރާއްޖޭގައި ހިފެހެއްޓުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައި-

ރާއްޖޭގެ ކަނޑުގެ ދިރާސާކުރުމަށް "ނެކްޓަން މޯލްޑިވްސް މިޝަން" ގައި ބޭނުންކުރި މައި އުޅަނދު "އޮޑިސީ" އަށް ޑީސަލް ވިއްކި ހޯކްސް ކުންފުންޏަށް ބޯޓުގެ ވެރިފަރާތުން ފައިސާ ނުދީގެން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެ އުޅަނދު ފުރުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެމެރިކާގެ ދި އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) އަށް ހޯކްސް ކުންފުންނިން ވިއްކި 186،900 ޑޮލަރުގެ ޑީސަލަށްވާ ފައިސާ އޯސީއީއީއެފުން ދައްކާފައިނުވާތީ އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ ހައިސިއްޔަތުން އަލްފާ + މައިކް ސާވިސަސްގެ މައްޗަށް އެ ފައިސާ އެއް ފަހަރާ ހޯދުމަށް އެދި އެތައް ފަހަރަކު ހުށަހަޅައިގެން ވެސް ފައިސާ ދައްކާފައިނުވާތީ އެވެ.

އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދޭން ހޯކްސް ކުންފުނިން އެދި ހުށަހެޅި މައްސަލާގައި ވަނީ އެ ކުންފުނިން 105،000 ލީޓަރުގެ ޑީސަލް ގަތުމަށް އޯސީއީއީއެފްގެ ފަރާތުން ސެޕްޓެމްބަރު ދެ ވަނަ ދުވަހު ހުށަހެޅުމުން ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު އެ އަދަދަށް ޑީސަލް ފޯރުކޮށްދިން ކަމަށް އޯސީއީއީއެފްގެ ޗީފް އިންޖީނިއަރު ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

އެހެންވެ އޭގެ އަގު ކަމަށްވާ 186،000 ޑޮލަރު 30 ސެޕްޓެމްބަރުގެ ކުރިން އެ ދެއްކުމަށް އަންގައި އިންވޮއިސް ފޮނުވި ނަމަވެސް އެ ފައިސާ ދެއްކުމަށް ދިން މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައިނުވާ ކަމަށާއި އެ ފައިސާ ދެއްކުމަށް އެތައް ފަހަރަކު އެންގުމުން ވެސް ފައިސާ ނުދޭ ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލައިގައިވެ އެވެ.

އެ ކުންފުނިން ފާހަގަކުރާ ކަމަކީ އޯސީއީއީއެފަކީ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ އޮންނަ އަދި ބޭރުގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏަކަށްވުމުން، ހޯކްސް އިން ފޯރުކޮށްދިން ހިދުމަތަށް ދައްކަންޖެހޭ ފައިސާ ހޯދޭނެ މަގު ގެއްލިފައިވާ ކަމަށެވެ. އެހެންވެ މިވަގުތު އެ ބޯޓު ރާއްޖޭގެ ބޯޑަރުގެ ތެރޭގައި އޮތުމުން، ފައިސާ ދައްކަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބޯޓު އޮތް ހިސާބުގައި ހިފަހައްޓައިދޭން ވަނީ އެދިފަ އެވެ.

އެ ކުންފުނިން ދެން އެދިފައި ވަނީ ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ލަޑޮސްލާވްގެ ޕާސްޕޯޓް ހިފަހައްޓައިދޭށެވެ. އަދި އެ ފަރާތުގެ ލޯކަލް އެޖެންޓަކުން އެ އުޅަނދާއި އޯސީއީއީއެފްގެ ވިޔަފާރިއާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރުން މަނާކޮށް، އެ އުޅަނދު ފުރައިގެން ދިއުމުގެ ހުއްދަ ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިމިގްރޭޝަނާއި އެމްއެމްޑީއެފްގެ މައްޗަށް އަމުރުކޮށްދިނުމަށް ހޯކްސް ކުންފުނިން އެދިފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ގާޒީ ފަރުހާދު ރަޝީދު ވަގުތީ އަމުރެއް ނެރެދެއްވީ އެ މައްސަލާގައި ފައުވާ ލިބޭ އޯސީއީއީއެފްއަކީ ރާއްޖެއިން ބޭރުގެ ކުންފުންޏަކަށްވެފައި ހޯދުމަށް އެދިފައިވާ ފައިސާއާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅި ދައުވާ ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ޝަރީއަތުން ކަނޑައަޅައިފި ހާލަތެއްގައި، ފައިސާ ދައްކާނެކަމުގެ ސެކިއުރިޓީއެއް ރާއްޖޭގައި ނެތި ބޯޓު ފުރައިގެން ގޮސްފި ނަމަ، ދައުވާކުރާ ފަރާތަށް އިޔާދަނުކުރެވޭނެ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ބުރަވެވޭތީ އެވެ.

އެހެންވެ، އެކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އޯސީއީއީއެފްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ އެ ބޯޓު ރާއްޖެއިން ފުރައިގެން ދާން އުޅެފިނަމަ، އެކަން ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަންގައި ވަނީ އަމުރު ނެރެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ނެކްޓަން މޯލްޑިވްސް މިޝަން" ގެ ނަމުގައި ފެށި ދިރާސާ ނިންމާލާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ކަނޑުގެ އެ ދިރާސާގައި ބައިވެރިވުމަށް އޮޑިސީ ބޯޓު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.

"ފައިސާ ދެއްކުމަކީ ނެކްޓަންގެ ޒިންމާއެއް ނޫން"

ކޯޓު އަމުރާ ގުޅިގެން ނެކްޓަން އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަށް އެޅި ތެލަށްވާ ފައިސާ ނުދެއްކި ލަސްވެފައިވާ ކަމަށާއި އެކަމަކު އެއީ ނެކްޓަން އިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

"ނުދައްކާ ފައިސާގެ މައްސަލާގައި ކޯޓުން ނެރުނު އަމުރު ރައްދުވަނީ ނެކްޓަން އަކަށް ނޫނެވެ. އެއީ އުޅަނދުގެ ވެރިފަރާތް ކަމަށްވާ އޯޝަން ކޮންޒަވޭޝަން އެކްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން، އޯސީއީއީއެފް، އިން ޒިންމާވާން ޖެހޭ ފައިސާ އެވެ." އިނގިރޭސި ބަހުން ނެރުނު ބަޔާނުގައިވެ އެވެ.

ނެކްޓަން އިން ޗާޓަރުކުރި މުއްދަތު މި މަހު 7 ގައި ހަމަވެފައިވާ ކަމަށާއި އެ މުއްދަތަށްވާ ފައިސާ ދައްކާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

40 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

12 October 2022

މި ބުނީ މިހާރު ހޯކްސް ކުންފުނިން ތެޔޮ ވިއްކީ ނެކްޓަނަށް ހޭ ނޫނީ ބޯޓުގެ ވެރި ފަރާތް ކަމަށްވާ އޯސީއީއީ އަށްހޭ؟ އޯސީއީއީ އަށް ވިއްކި ތެލަށްވާ ފައިސާ އެ މީހުން ނުދެއްކި ކަމަށް ވިޔަސް، އެ މުއާމަލާތަކަށް ރަހުނު ނުކުރާ މުދަލަަަަަަަަަަތެއްގައި އަތެއް ލެވޭނެ ކަމަކަށް ނުދެކެން!

The name is already taken The name is available. Register?

ނަޖްވާ އިޒް ބެކް

12 October 2022

މިކަމުގައި ނަޖްވާ އެޑްވައިޒް ގޮތުގައި މަސައްކަތް ކުރަން ފެނޭ

The name is already taken The name is available. Register?

ނަޖްވާ 1

12 October 2022

އަޅެ އެމުދާ ނަގަން އެބައުޅޭތަ؟ އެބުނީ އެ ބޯޓު ހިފަހައްޓަން ކޯޓުގަ އެދުނު ވާހަކައޭ! ތަންކޮޅެއް ރަނގަޅަށް ކިޔާލަބަލަ އަދި

The name is already taken The name is available. Register?

ފިރާ

13 October 2022

މީ ރަނގަޅު ވާހަކަ އެއް ކަމަށް ދެކެނީ! މުދަލެއް ވިއްކާފަ އަދި ފައިސާ ނުދިނުމަކުން އެމީހުންގެ މުދާ ނެގޭގޮތަށް އޮތީ ކޮން ގާނުނެއްގަ ބާ! ބޯޓު ނުފުރަން އެންގުންވެސް އެވެސް ވާނީ މުދާ ނެގުމު އަމަލަކަށް އެނގިއްޖެ!

The name is already taken The name is available. Register?

ޢިހްސާސް

11 October 2022

ކޮންމެ އަގެއް ކިޔަސް. އެއަށް ރުހިގެން ތެޔޮ ގަނެފިއްޔާ އެއަށް ފައިސާ ދޭންޖެހޭނެ.

The name is already taken The name is available. Register?

މުހައްމަދ

11 October 2022

ބާޒާރުގަ 16ރ އާއި 18ރ ދެމެދު ޑީސަލް ލީޓަރެއް ލިބޭއިރު 27ރ އަށް ޑީސަލް ލީޓަރެއް ވިއްކާފަ ދެން އެފައިސާ ނުލިބިގެން މިދަނީ ކޯޓަށް

The name is already taken The name is available. Register?

ނެކްޓަރ

11 October 2022

މިޝަން ބޯޓް އޮތް ލޮކޭޝަނަށް ގޮސް ތެޔޮ އެޅީމަ އަގު ބޮޑުވެދާނެ! އެކަމަކު މިވީ ހާދަ ހަޑި ކަމެކޭ!

The name is already taken The name is available. Register?

އަޖައިބު!

11 October 2022

ކޮންމެ އަގެއްގަ ތެޔޮ އެޅިޔަސް ލާރި ދޭންޖެހޭނެނު؟ ތިޔައީ ކޮންކަހަލަ ވިސްނުމެއް؟ ތަންކޮޅެއް ރަނގަޅު ކޮށްލަބަލަ!

The name is already taken The name is available. Register?

މުހައްމަދުޖެލަސް

11 October 2022

މުހައްމަދު ދެން ބެންކޮކް އަށް ގޮސް 5 ޑޮލަރުވެސް ނާރާ ހެދުން އެެއްޗެހި ގެނެސް 450 އަށް ވިއްކުންވެސް ހަމަ ކަޑަ

The name is already taken The name is available. Register?

މުހައްމަދު ލައިޓް

12 October 2022

އަގަކީ ދެ ކުންފުނިން އެއަބަސްވެފަ ނިންމާފަ އޮތް އެއްޗެއް ކަމަށް ބެލެވޭ. ނަމަވެސް މުހައްމަދުގެ ކުޑަ ސިކުޑިއަށް ބާރު ކުރާތީ އެ ހިތާމައިގަ އަޅުގަނޑު ބައިވެރިވަން.

The name is already taken The name is available. Register?

އިލި

11 October 2022

ޑީސަލްތޯ ރަންތޯ އެޅީވެސް ބަލަން އެބަޖެހޭ ލީޓަރެއް ޖެހިފަ މިހުރީ 27 ރުފިޔާ 45 ލާރި ހުރިހާކަމަކުން އޮޅުވާލުން

The name is already taken The name is available. Register?

ބަހީ

11 October 2022

އަގެއް ނޫނޭ މައްސަލައަކީ، ލާރި ނުދީގެން މިއުޅެނީ! ?‍♀️

The name is already taken The name is available. Register?

ޜަން

11 October 2022

ޜަން

The name is already taken The name is available. Register?

އޮޅުވާލުން ރިޓާން

12 October 2022

12000 ދެވެން އޮންނަ ދެކޮޓަރީގެ ތަނެއް 24000 އަށް މިދެނީ ރަނުން ހަދާފަ ހުންނާތީތަ . އާދެ އާދެ އޮޅުވާލުން ހުރިހާ ކަމެއްގައި

The name is already taken The name is available. Register?

ކޮންއިލި

12 October 2022

ކަނޑޫދޫ މިރުސްވެސް 100ރފ ކިލޯ. އެކަމު މައްސަލައަކަށް މިވަނީ ތެޔޮ އަގުބޮޑުކޮށް ނެކްޓަން ޗާޓަރު ބޯޓަށް ވިއްކީމަ! އޮޅުވާލައިގެން ކަމަށްވަންޔާ ކީއްކުރަންބާ ތެޔޮ ގަތީ؟ ހަމަ އެއްވެސް ވަރަކަށް ތިޔަ ދައްކާ ވާހަކައެއް ނުވިސްނުނު..

The name is already taken The name is available. Register?

އިލީ މާމަ

12 October 2022

ޗަކޮއި އެމް. އެމް އޭ ގަވަރުނަރަށް ވާން ފެނޭ. ހިދުމަތެއް ހޯދައިފިއްޔާ ލާރި ދޭންޖެހޭނެ. ސައިންޓިސްޓެށް ކީއްކުރަން ކިންގް ޗާލްސް ވިޔަސް.

The name is already taken The name is available. Register?

އިލީ ބްރޯ

12 October 2022

ޑީސަލް އިސް ލިކުއިޑް ގޯލޑް، ބްރޯ!!!

The name is already taken The name is available. Register?

ބަޑިތަކުރު

11 October 2022

ތެލުގެ ވިޔަފާރިއަކީ ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގާ އަދި އެފުރުޞަތު ބޮޑު ވިޔަފާރިއެއްކަމަށްވާއިރު، ތިޔަބުނާ މިންވަރަށް އެ ބޯޓަށް އެމުއްދަތަށް ތެޔޮ އަނދާނެތޯ ނުވަތަ ބޭނުންނުކުރެވޭ މިންވަރު ބާކީ ހުރިތޯ ބަލައިލުން ރަނގަޅެވެ. ނޫނީ ކޮންމެވެސް ބަޔަކާގުޅިގެން ނާޖާއިޒް ފައިދާއެއް ނެގުމަށް ހިންގާފައިވާ ކަމަކަށްވެސް ވެދާނެއެވެ. އެހެންނޫންނަމަ ޒިންމާވާ ފަރާތް ނޭނގޭފަދަ ގޮތަކަށް އެހާގިނަ ޢަދަދަކަށް ތެޔޮދޫކުރާނެ ބާވައެވެ.

The name is already taken The name is available. Register?

ބާކީ

12 October 2022

ބާކީ ހުއްޓަސް ނެތަސް އެގްރިމެންޓް އެއްގެ ދަށުން އަދި ނުލައި ވިޔަސް ކޮށްފައިވާ ވިޔަފާރިއަކަށްވާ ފައިސާ ދޭންޖެހޭނެ. ދިރާސާކުރިއަސް މީހަކަށް ދަރާފައި ސަލާމަތެއްނުވެވޭނެ.

The name is already taken The name is available. Register?

8765432

11 October 2022

ފުރަތަމަ މިކަހަލަ ހަދިހުތުރު ކަންކަމުން ސަލާމަތްވާނެ ގޮތުގެ ދިރާސާއެއް ހަދަން ފެނޭ.މި ފަދަ ދިރާސާގަވެސް ހުސް އަންހެން ބޭފުޅުން ނޫނީ ހުސްޒުވާނުން ގޮވައިގެން ހެޑްލައިން ލިޔެލެވޭތޯ ބަލާނީ.

The name is already taken The name is available. Register?

ބަބޫ

11 October 2022

27 ރުފިޔަައަށް ޑީސަލް ލީޓަރެއް ވިއްކާފަ ތިއޮތީ. އެއްފަހަރުން މިއްސަނދިވެފަ

The name is already taken The name is available. Register?

ބަބީ

11 October 2022

ދެންވެސް ތިހެން ނުކިޔާ މަސައްކަތެއް ފަށޭތޯ ބަލާބަލަ! އޭރުން އެކަހަލަ ލާރި ގަނޑެއް ލިބިދާނެ!

The name is already taken The name is available. Register?

ބަބޫ

12 October 2022

މާ ބޮޑަށް ކަންތައްތައް އިނގިގެން ހުޅުމަކީ ރަގަޅުކަމެއް ނޫން

The name is already taken The name is available. Register?

ބަބޫ މޮޅު

12 October 2022

ދުނިޔޭގެ ބާޒާރުގަ ތެޔޮ އެހާ އަގުބޮޑު. ނުވިތާކަށް އެހާ ޑިއުޓީ ނަގާ. ޗާޓަރު ބޯޓު އޮތްހިސާބަށް ގޮސް ތެޔޮއަޅަންވީމަ އެވަރު އަރާފާނެނު؟ ދެން ހިލޭދޯ ތެޔޮ އަޅަންވީ؟ ނޫނީ ގެއްލުމުގަތޯ؟ މިފަދަ ކަންކަމާ ވިސްނާފަ ކޮމެންޓު ކޮށްބަލަ...

The name is already taken The name is available. Register?

ބަބޫ ކާފަ

12 October 2022

ދަރިފުޅާ! މިއްސަނދިވާން ބޭބެ އަސް ދަސްކޮށްދެއްވާ. މުއްސަނދިވާން އިނގެނީ. ބޭބެ ދޭނަން 100ރ ކޮއްކޮއަށް ދިވެލިބަސް ދަސްކުރަން.

The name is already taken The name is available. Register?

ޗަކަބޫމްބޫމް

10 October 2022

ދެން ގެދޮރު ކުއްޔަށް ހިފާފާ ކަރަންޓު ބިލާ ފެން ބިލު ނުދައްކާ އުޅެންވީދޯ، ތިމަންނަ ގެޔެއްނޫނޭ ކިޔާފަ. މީހުން އަތުން ކާރު ކުއްޔަށް ނަގާފާ އެޔަށް އަޅަންވާ ޕެޓުރޯލު ދޭން ބުނަންވީ ކާރު ވެރި މީހާ ގާތުގައި ދޯ؟ ލަދުވެތި ކަންކަން މި ހުންނަނީ.

The name is already taken The name is available. Register?

ޝޯޓޭ11

11 October 2022

ކަލެއަށް ނޭނގޭ ދޯ ޗާޓަރު ކުރުމަކީ ކޮބައިކަމެއް.

The name is already taken The name is available. Register?

މުހައްމަދ ރިޓާންސް

12 October 2022

މުހައްމަދު ކަލޯ މިއައްކީކޭ ބުނާނީ؟ ދިރާސާކުރަން ކަންނޭގެ ޖެހޭނީ ދީ؟

The name is already taken The name is available. Register?

ބޮޑުމީހާ

10 October 2022

ތެލުގެ ބިލް ބޮޑުވާނެނުން...ކުރަން ނުޖެހޭ އެތައް ދަތުރެއް ކުރަން މަޖްބޫރުވި ސިޔާސީ މީހުން ސެލްފީ ނަގަން

The name is already taken The name is available. Register?

ކައްޕިން

10 October 2022

ރަނގަޅު ނޫ ނުކުރާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454